ތިންފަރާތަކަށް ޢުމްރާ ދަތުރެއް ލިބޭގޮތަށް "ރެއިންބޯ ރަމަޟާން ސޭލް 2019" ފަށައިފިއެވެ.
މިއަހަރުގެ "ރެއިންބޯ ރަމަޟާން ސޭލް 2019" ފަށައިފައި ވަނީ މިމަހު 25 އިން ފެށީގެންނެވެ.
ރެއިންބޯއިން ބުނީ 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް، މި ސޭލްގައި ބައިވެރި ވެވޭގޮތަށް ކޫޕަނެއް ލިބޭނެ ކަމަށެވެ.
ރެއިންބޯ އެންޓަރޕްރައިސަސްގެ ފަރާތުން ހިންގާ، ރެއިންބޯ ލިވިންގް މޯލް، ރެއިންބޯ ބިލްޑްވެއަރ، ރެއިންބޯ ޝޮޕް، ރެއިންބޯ ތިނަދޫ، ރެއިންބޯ އޮފީސް ސިސްޓަމް އަދި ރެއިންބޯ އޮންލައިން ސްޓޯރގައި 25 މާރޗުން ފެށިގެން 31 މެއިގެ ނިޔަލަށް މި ސޭލް ކުރިޔަށް ދާނެއެވެ.
މި ސޭލްގައި ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް ޢުމްރާ ދަތުރެއް، އިތުރު ބޭފުޅަކާ އެއްކޮށް ލިބިވަޑައިގަންނާނެއެވެ.
މިސޭލްގެ ގުރުއަތު ނެގުން އޮންނާނީ 29 ޖޫން 2019 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 9:00 ގައި ރެއިންބޯ ލިވިންގ މޯލްގައެވެ.
ރެއިންބޯއަކީ އެކި އެކި މުނާސަބަތާ ގުޅިގެން ބޮޑެތި އިނާމުތަކާއެކު އެކިއެކި ސޭލްތައް ކުރިއަށް ގެންދާ ތަނެކެވެ.
ހާއްސަކޮށް ބޮޑެތި އިނާމްތައް ހިމަނައިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް ހާއްސަ ކޮށްގެން އެތަނުން ކުރިއަށް ގެންދާ ސޭލް ފާހަގަ ކޮށްލެވެއެވެ.