އެހެން ރަށެއްގައި ދިރިއުޅޭ ގާތްތިމާގެ މީހުންނާއި ރައްޓެހީންނާއެކު އީދު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ބޮޑު ޕްރޮމޯޝަނެއް ކޮކޯލާއިން މިއަދު ފަށައިފި އެވެ.
މިމަހުގެ 19 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލައިގެން ކުރިއަށްގެންދާ ކޮކާ ކޯލާ "ވަން ބިގް ފެމިލީ" ޕްރޮމޯޝަނަކީ އާއިލާތައް އެކީގައި ވަގުތު ހޭދަކުރުމަށް ބާރުއަޅައި އެއްތަނަކަށް ގެނެސްދޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ އޮންލައިން ފޯމެއް ފުރާލުމުން ބައިވެރިވެވޭނެ އެވެ.
އެ ފޯމުގައި އެމީހެއްގެ އަމިއްލަ މައުލޫމާތާއި އީދު ޗުއްޓީއަށް ދާން ބޭނުންވާ ރަށުގެ މައުލޫމާތުގެ އިތުރުން އެ ބަޔަކާއެކީ އީދު ޗުއްޓީ ހޭދަކުރަން ބޭނުންވާ އާއިލާގެ ފަސް މެންބަރެއްގެ މައުލޫމާތު ހިމަނައިލެވޭނެ އެވެ. ގުރުއަތުން ހޮވިއްޖެ ނަމަ، އީދު ޗުއްޓީއަށް ދާން އެދުނު ރަށަށް ފޮނުވައިދޭނެ އެވެ. ނުވަތަ އެ ފޯމުގައި ނަން ހިމަނާފައިވާ އާއިލާ މެންބަރުންނަށް ކޮކާކޯލާގެ ފަރާތުން ގިފްޓް ހެމްޕާސްވެސް ފޮނުވައިލެވޭނެ އެވެ.
ޕްރޮމޯޝަނުގައި ޖުމުލަ ފަސް ނަސީބުވެރިޔަކު ހޮވުމަށް ހަމަޖެހިފައިވާއިރު ނަސީބުވެރިން ހޮވުމަށް ބާއްވާ ގުރުނެގުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ލިންކަށް ފިއްތާލާ: https://onebigfamily.oneonline.mv