ވިޔަފާރި

މޫލީން މާންދޫ މަސްދަޅު ހިމެނޭ ހަދިޔާ ޕެކްތަކެއް، ޑެލިވަރީ ހިލޭ

އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް މޫލީއާއި ހޮރައިޒަން ފިޝަރީޒް ގުޅިގެން މާންދޫ މަހުގެ އުފެއްދުންތައް ހިމެނޭ ބަންޑަލްޑް ހަދިޔާ ޕެކްތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރީދޫން ބުނީ މޫލީ ރޯދަ ބާޒާރު ޕްރޮމޯޝަންގެ ދަށުން ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ދަށުން މާންދޫގެ މަސްދަޅުތައް ހިމެނޭ ހަދިޔާ ޕެކްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ.

މޫލީ މެދުވެރިކޮށް ތަފާތު ހަތަރު ހަދިޔާ ޕެކް ގަނެވޭނެއެވެ. ހަދިޔާ ޕެކްތަކުގެ އަގުތައް ހުރީ 145 ރުފިޔާއާއި 160 ރުފިޔާއާ ދެމެދުގައިކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ރޯދަ ހަދިޔާ ޕެކް 1 ހިމެނޭ ތަކެތި/ ޕެކުގެ އަގު 150 ރުފިޔާ

  • ހަބަނޭރޯގައި ހަދާފައިވާ ތިން ދަޅު މަސް،
  • ހިކި މިރުހުގެ ކަނޑުމަސް ހަދާފައިވާ ދެ ދަޅުމަސް،
  • ކަނޑުމަސް ސަންފްލާވާ އޮއިލް އަދި ކަނޑުމަސް ބްރައިންގައި ހަދާފައިވާ އެއް ދަޅުމަސް
  • ސްހުނި އެކްސްޓްރާ އޮއިލް، މަޝުނީ ނޯމަލް އަދި މަޝުނީ ޒީރޯ ޗިލީގެ ދަޅުމަސް

އުރީދޫ ރޯދަ ހަދިޔާ ޕެކް 2 ހިމެނޭ ތަކެތި/ ޕެކުގެ އަގު 160

  • އޮލިވް އޮއިލްގައި ހަދާފައިވާ ކަޅުބިލަމަސް
  • ސަންފްލާވާ އޮއިލް އަދި ސްންޑްރައިޓް ޓޮމޯޓޯގައި ހަދާފައިވާ ކަނޑުމަސް
  • ސަންފްލާފް އޮއިލް، ލެމަން އެންޑް ޕެޕާގައި ހަދާފައިވާ ކަނޑުމަސް
  • ސަންފްލާފް އޮއިލް، ލެމަން އަދި ތައިމްގައި ހަދާފައިވާ ކަނޑުމަސް
  • ލޮނުމަދާއި ހާބް އަދި ސަންފްލާވާ އޮއިލްގައި ހަދާފައިވާ ކަނޑުމަސް ދަޅު
  • މި ޕެކުގައި ކޮންމެ ވައްތަރަކުން ދެ މަސް ދަޅު ހިމެނޭ

އުރީދޫ ރޯދަ ހަދިޔާ ޕެކް 3 ހިމެނޭ ތަކެތި/ ޕެކުގެ އަގު 145 ރުފިޔާ

  • މަސްހުނި އެކްސްޓްރާ ޗިލީ
  • މަސްހުނި
  • މަސްހުނި ޒީރޯ ޗިލާ
  • ހަބަނޭރޯގައި ހަދާފައިވާ ކަނޑުމަސް ދަޅު
  • ސަންފްލާވާ އޮއިލްގައި ހަދާފައިވާ ކަނޑުމަސް ދަޅު
  • މި ޕެކުގައި ހިމެނެނީ ކޮންމެ ވައްތަރަކުން އެއް ދަޅުމަސް

އުރީދޫން ބުނީ ރޯދަ ހަދިޔާ ޕެކް ހަތަރެއްގައި ހަދިޔާ ޕެކް 1،2،3 ގައި ހިމެނޭ ހުރިހާ ރަހައެއްގެ ކޮންމެ ވައްތަރަކުން އެއް ދަޅު މަސް ހިމެނޭ ކަމަށާއި ހަދިޔާ ޕެކު ހަތަރެއްގެ އަގަކީ 150 ރުފިޔާ ކަމަށެވެ.

ރޯދަ ހަދިޔާ ޕެކް https://www.moolee.mv/merchant-profile/horizon_fisheries_pvtltd ވެބްސައިޓުން ގަނެވެން ހުންނާނެއެވެ.