ބޮލީވުޑް

ފިލްމު ޗަޕާކްގައި ދީޕިކާގެ ފުރަތަމަ ލުކް ދައްކާލައިފި

ފިލްމު "ޗަޕާކް" ގައި ދީޕިކާ ޕަޑުކޯންގެ ފުރަތަމަ ލުކްގެ ފޮޓޯ ހިއްސާ ކުރުމާއެކު ދުނިޔޭގެ އެކި ކަންކޮޅު ތަކުން ދަނީ އޭނާއަށް ތައުރީފު އޮއްސަމުންނެވެ.

ފިލްމަކީ އިންޑިއާގައި އެސިޑް އެޓޭކް ގެ ޝިކާރައަކަށްވި ލަކްސްމީ އަގަރްވާލްގެ ދިރިއުޅުމުގެ މައްޗަށް ހަދާ ފިލްމެކެވެ.

ހަބަރުތައް ބުނާ ގޮތުގައި ދީޕިކާ ފުރަތަމަ ފަހަރަށް ލަކްސްމީއާ ބައްދަލުވީ މީގެ އަހަރުތަކެއް ކުރިން ދިއްލީގައި އޮތް އެވޯޑު ހަފްލާއެއްގައެވެ. އެ ހަފްލާގައި ދީޕިކާ އަދި ލަކްސްމީ އަށްވެސް ވަނީ އެމީހުންގެ ދާއިރާއިން އެވޯޑު ލިބިގެންގޮސްފައެވެ.

ފިލްމުގައި ދީޕިކާގެ ފުރަތަމަ ލުކް ހިއްސާ ކުރުމާއެކު ފޭނުންގެ އިތުރުން ބޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތައުރީފުވެސް ވަނީ ދީޕިކާ އަށް ލިބިފައެވެ. މިއީ ދީޕިކާ އަނެއްކާވެސް ކުޅޭނެ ވަރަށް ޗެލެންޖިން ރޯލެއް ކަަމަށް ގިނަ ބަޔަކު ދެކެއެވެ.

ދީޕިކާގެ ފުރަތަމަ ލުކް ފެންނަ ފޮޓޯ އިން ފިލްމު ބެލުމަށް ގިނަ ބަޔެއްގެ ޝައުގުވެރިކަން ވެސް އިތުރުވެގެން ވަނީ ގޮސްފައެވެ.

25 މާޗްގައި ފިލްމުގެ ޝޫޓިން ފެށިގެން ގޮސްފައިވާއިރު ދީޕިކާ ބުނާ ގޮތުގައި ލަކްސްމީގެ ވާހަކަ އަކީ އެންމެނަށް އިނގެން ޖެހޭނެ ވާހަަކައެކެވެ.