މިނިސްޓަރު އިމްރާން އަބްދުﷲ

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހަމީދު އައްޔަންކުރެއްވުމަކީ އެޅުނު މުހިންމު ފިޔަވަޅެއް: އިމްރާން

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް، ކުރީގެ އެކްޓިން ކޮމިޝަނަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު އައްޔަން ކުރެއްވުމަކީ ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހަމީދު އައްޔަން ކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި ހަމީދަކީ އެމަގާމަށް ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި އެއީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިމްރާންގެ ޓުވީޓުގައި ވެއެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ހަމީދު ހުންނެވީ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައެވެ.