ވިޔަފާރި

ރޯދަމަހު ބީއެމްއެލް ހުޅުވާނީ ހެނދުނު 9:30 އިން މެންދުރު 12 އަށް

މި ރޯދަ މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާފައި ބަހައްޓާނެ ގަޑިތައް އިއުލާންކޮށްފިއެވެ.

ބީއެމްއެލުން މިއަދު ބުނީ އެ ބޭންކު ރޯދަ މަހު ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށެވެ. އަދި ބުނީ ބޭންކުގެ ހެޑް އޮފީސްގެ އިތުރުން ހުރިހާ އެހެން ގޮފިތަކާއި ސާވިސް ސެންޓަރުތައް ވެސް ރޯދަ މަހު ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށެވެ.

މީގެ އިތުރުން ހަ ރޯދައިގައިވެސް ބޭންކު ހުޅުވާނީ އެ ގަޑިތަކުގައި ކަމަށް ބީއެމްއެލުން ބުންޏެވެ.

ރޯދަމަހު ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުންޏެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގެ ހިދުމަތްތަކާއި ބޭންކުގެ ކޮންޓެކްޓް ސެންޓަރު މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް ހިދުމަތް ދެމުންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.