ރައްޔިތުންގެ މަޖިލިސް

ވޯޓް ދޭއިރު މަޖިލީހުގައި ދީނުގެ ހުކުމްތަކާ ދެކޮޅަށް ވަކާލާތު ނުކުރާނެ މީހެއްކަން ޔަގީން ކުރައްވާ: އަނިލް

ވޯޓް ދޭ މީހަކީ ރައްޔިތުންގެ މަޖިލީހުގައި އިސްލާމް ދީނުގެ ހުކުމްތަކާ ދެކޮލަށް ވަކާލާތު ނުކުރާނެ މީހެއްކަން ޔަގީން ކުރެއްވުމަށްފަހު ވޯޓް ދިނުމަށް އައްޝައިޚު މުހައްމަދު އަނިލް ގޮވައިލައްވައިފިއެވެ.

އަނިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ވޯޓްދޭ އިރު ވޯޓް ދެވޭ މީހަކީ މަޖިލީހުގައި ހުތުރު ބަހުން އެއްޗެހި ނުގޮވާނެ، އަދި މީހުން މޫނަށް އަނގަދޮންނަ ފެން ނުޖަހާނެ ފަދަ މީހެއްކަން ޔަގީން ކުރެއްވުމަށް ގޮވާލައްވައިފައެވެ.

އަނިލް މިފަދައިން ވިދާޅުވިއިރު މިހާރު ހިނގަމުންދާ މަޖިލީހުގައި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ މޫނަށް، ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ވަނީ އަނގަ ދޮވުނު ފެން ޖަހާފައެވެ.

މީސް މީޑިއާގައި މިހާރުވެސް ދައުރުވަމުންދާ އެވީޑިއޯ އާ ގުޅިގެން ގިނަބަޔަކު ނިހާނަށް ވަނީ ވަރަށްބޮޑަށް ފާޑު ކިޔައިފައެވެ.