އައިޑިއުކްސް އިންކް އާއެކު އާރްއޯއެލް އިން ޕާޓްނާރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރޭ ކުރިއަށްދިޔަ ހަފްލާއެއްގައި އާރުއޯއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އާރުއޯއެލްގެ އެސިސްޓަންޓް މެނޭޖަރ އޮފް ސޭލްސް އަހުމަދު ޔާޝިފެވެ. އަދި އައިޑިއުސް އިންކްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އައިޑިއުކްސް އިންކްގެ ފައުންޑާ އަދި ސީއީއޯ މުހައްމަދު ނަޖްވާނެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަދައްކަވަމުން ނަޖްވާން ވިދާޅުވީ އާރްއޯއެލްއާއެކު ވެވުނު އެއްބަސްވުމަކީ ހާތްތެރި މި ސީރީސްގެ ކުރިއަށްއޮތް ސީޒަންތަކަށް މިއީ ލިބުނު ވަރަށްބޮޑު އެއްބާރުލުމެއް ކަމަށެވެ. އަދި އާރްއޯއެލް ފަދަ ބޮޑު ކުންފުންޏަކުން ހަތްތެރި ފަދަ ކުޑަ ސީރީޒްއަކަށް ދޭ އެއްބާރުލުމަކީ އަބަދުވެސް ހާތްތެރި ޓީމުން ބަލައިގަންނާނެ ކަމެއްކަމަށް ނަޖްވާން ވިދާޅުވިއެވެ. މީގެ އިތުރުން ހާތްތެރި ޓީމުގެ ފަރާތުން އާރުއޯއެލްއަށް ދެވެން ހުރި ހުރިހާ އެހީއެއް ދޭނެކަމަށް ނަޖްވާން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔާޝިފް ވިދާޅުވީ އާރްއޯއެލްގެ ބްރޭންޑް ޒުވާނުންގެ ތެރޭގައި އިތުރަށް އެވެއާ ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި ހާތްތެރިއާއެކު ވެވުނު މި އެއްބަސްވުމުން މިކަމަށް މަގުފަހިވާނެ ކަމަށް ޔާޝިފް ވިދާޅުވިއެވެ. އަދި މިއީ އާރުއޯއެލްގެ ޕްރޮޑަކްޓްތައް ތަފްސީލީ މައުލޫމާތު ޒުވާނުންނަށް ފޯރުކޮށްދޭން ލިބޭ ފުރުސަތެއް ކަމަށް ޔާޝިފް ވިދާޅުވިއެވެ.
އާރުއޯއެލް އިން އައިޑިއުކްސް އިންކް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އައިޑީއުކްސްގެ ހާތްތެރި ވެބް ސީރީސްގެ ޕަވާޑް ބައި ޕާޓްނާޝިޕަކަށެވެ. މީގެ އިތުރުން އައިޑިއުކްސް އިންކް އިން ކުރިއަށް ހުރި ހުރިހާ ޕްރޮޖެކްޓްތަކުގެ ޕަވާޑް ބައި ޕާޓްނަރުންނަކީ އާރްއޯއެލް ކަމަށް ނަޖްވާން ވިދާޅުވިއެވެ.
ހާތްތެރި އަކީ ޒުވާނުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ފެށި ފުރަތަމަ ވެބް ސީރީޒް އެވެ. މި ވެބް ސީރީޒްގެ އެކްސްކްލޫސިވް މީޑީއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.