ބޮލީވުޑްގެ ލެޖެންޑުން ކަމުގައިވާ ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރުގެ ފިރިހެން ދަރި ޓައިމުރް އަކީ އޭނާގެ އުމުރަށް ބަލާ އިރު ހެޑްލައިންތަކުން އަބަދުހެން ޖާގަ ހޯދާ ކުއްޖެކެވެ.
ހާއްސަކޮށް ޓައިމުރްގެ ނަން ވެގެން ގޮސްފައި ވަނީ ގިނަ ބަޔަކަށް ވަރަށް ކޮންޓްރޮވަރޝަލް ނަމަކަށެވެ. ނަމަވެސް މިހާރު މިނަމަކީ އިންޑިޔާގައި މަގްބޫލު ނަމެެކެވެ.
ޓައިމުރް އަކީ ޕަޕަރާޒީންގެ މެދުގައި މަގްބޫލު ކުއްޖެކެވެ. އޭނާ ލާފައި ހުންނަ ހެދުން ތަކާއި ތުންފަތަށް ހަދާ ގޮތްތައް އަދި ޓައިމުރްގެ އެނޫން ވެސް ޓައިމުރްގެ ހަރަކާތްތައް ގިނަ ބަޔަކަށް ކަމުދެ އެވެ.
ޓައިމުރް މި ވަނީ އޭނާ ފަހަތުން އުޅޭ ޕަޕަރާޒީންނަށް އޭނާގެ ނަން ރަނގަޅުކޮށްދީފައެވެ. މި ޑިސެމްބަރު 20 ގައި ދެ އަހަރު ފުރޭ ޓައިމުރް، ޕަޕަރާޒީން އޭނާއަށް ގޮވަން ފެށުމުން ވަނީ 'އިޓް އިސް ޓިމް' އޭ ބުނެފައެވެ. އަދި ޕަޕަރާޒީންނަށް ވަނީ "ބައި" ކިޔާ ވޭވް ކޮށް ހަދައިފައެވެ.
ސައިފް އަދި ކަރީނާ ވަނީ މީގެ ކުރިން ގޭގައި ޓައިމުރްއަށް ޓިމް ކިޔައި މުހާތަބު ކުރާކަމަށް ބުނެފައެވެ.
ކޮންމެއަކަސް ޓައިމުރް މިވަނީ އޭނާގެ ލޯބި ކަމުން ފޭނުންގެ ހިތްތައް އަތުލައިފައެވެ.