ގާސިމް އިބްރާހިމް

އަޅުގަނޑާއި ނަހުލާ ވަކިވާނީ އެކެއްގެ ފުރާނައާ އެކުގައި: ގާސިމް

ޓްރާންސްޕޯޓު މިނިސްޓަރު އަދި އަނބިކަނބަލުން އައިޝަތު ނަހުލާ ވަކިވާނީ އެކެއްގެ ފުރާނައާއެކު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވެފައިވަނީ އދ. މާމިގިލީގައި މިރޭ ބޭއްވި ގާސިމްގެ މަޖިލިސް ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

"އެކަމަނާ ވިދާޅުވި ފަދައިން އަޅުގަނޑުމެން ވަކިވުމެއް ނެތް. އަޅުގަނޑުމެން ވަކިވާނީ އެކެއްގެ ފުރާނައާ އެކީގައި. އެއީ ކީއްވެގެންކަން އެކަމަނާ ވަނީ ވިދާޅުވެފައި،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ނަހުލާއާ ދެމެދު އޮތީ އިލާހީ ގުދުރަތީ ގުޅުމެއް ކަމަށާއި އެކަމަނާއަކީ ލޮބުވެތި ދަރިންތަކެއްގެ ލޮބުވެތި މަންމަ ކަމަށެވެ.

އޭގެ ކުރިން އެ ޖަލްސާގައި ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތް ކަމުގައިވިޔަސް ގާސިމާ ވަތްކެއް ނުވާނެ ކަމަށެވެ.