ގާސިމް އިބްރާހިމް

''ދިވެހި ބިން ދިވެހިންނަށް'' ޝިއާރާއެކު ގާސިމްގެ ކެމްޕެއިން ލޯންޗްކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

1

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްގެ މަޖިލިސް ކެމްޕެއިން، ''ދިވެހި ބިން ދިވެހިންނަށް'' ޝިއާރާއެކު މިރޭ ލޯންޗްކޮށްފިއެވެ.

މިރޭ އދ. މާމިގިލީގައި ބޭއްވި ކެމްޕެއިން ޝިއާރާއި އިންތިޚާބުގައި ބޭނުންކުރާ ލަވަ ލޯންޗްކޮށްދެއްވީ ގާސިމް އިބްރާހީމެވެ.

މިރޭގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. އަދި މިރޭ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވީ ވެސް އެކަމަނާއެވެ.

ނައިބު ރައީސް ފައިސަލް ނަސީމާއި އަދި ކުރީގެ ދެ ނައިބު ރައީސުން ކަމަށްވާ ޑރ. މުހައްމަދު ޖަމީލާއި އަބްދުﷲ ޖިހާދުގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ބައިވެރިވިއެވެ.

ގާސިމްގެ ކެމްޕެއިން ލަވައެއްގެ ގޮތުގައި ބޭނުން ކުރަނީ ''ދިވެހި ބިން މީ އުފަން މަގޭބިން''، އެ ލަވައެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޖޭޕީއާ ގުޅިގެން އިންތިހާބު ކާމިޔާބުކުރާ ފަރާތްތަކުން އެ ޝިއާރާއި ލަވަ ބޭނުންކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟