ބޮލީވުޑް

ޖެކީ ޝްރޮފްގެ އަންހެން ދަރިވެސް ބޮލީވުޑަށް

ބީ ޓައުންއަށް ސްޓާ ކިޑްސް ތައް ޑެބިއު ކުރަމުން އަންނަ މި ދުވަސްވަރު ލިސްޓަށް މި ވަނީ އެހެން ނަމެއްވެސް އިތުރުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މަގްބޫލު ބަތަލު ޖެކީ ޝްރޮފް ގެ އަންހެން ދަރި ކްރިޝްނާ ޝްރޮފްވެސް ބޮލީވުޑަށް ނުކުތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކްރިޝްނާ އަކީ މިހާރުވެސް ސޯޝަލް މީޑިއާގައި 450،000 ފޮލޯވާސް އާއެކު ސެލެބްރިޓީ އެކެވެ.

ނަމަވެސް ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ޖެކީ ބުނި ގޮތުގައި އޭނާގެ އަންހެން ދަރިފުޅު ކެމެރާ އަށް ކުރިމަތިލުމަށް އަދި ތައްޔާރެއްނޫނެވެ. ޖެކީ ބުނި ގޮތުގައި ދެ އަހަރު ވަންދެން ކްރިޝްނާ ވަނީ ފިލްމް އުފެއްދުން ކިޔަވާފައެވެ. "ބްލެކް ޝީޕް" ގެ ނަމުގައި އޭނާ ވަނީ ޑޮކިއުމެންޓްރީއެއްވެސް ހަދައިފައެވެ.

އޭގެ ފަހުން އެއް އަހަރު ވަންދެން ކްރިޝްނާ ދިޔައީ ކިންޑަގާޑަން ކުދިންނަށް ކިޔަވައިދިނުމުގައި ކަމަށް ޖެކީ ބުންޏެވެ. އަދި އެއަށްފަހު އޭނާގެ ބޭބެ ޓައިގާ ޝްރޮފް ގެ ފިލްމް "މުންނާ މައިކެލް" ގައި ކްރިޝްނާ އެހީވެފައިވާކަމަށް ވެއެވެ. އަދި ކްރިޝްނާ އަކީ ބާސްކެޓް ކުޅެން މޮޅު މީހެއް ކަމަށާއި ކުޅިވަރުގައި "ސްޓޫޑަންޓް އޮފް ދަ އިޔާ" އޭނާ އަށް ލިބިފައިވާކަމަށް ފަހުރުވެރިކަމާއެކު ޖެކީ ވަނީ ބުނެފައެވެ.

2018 ގައި ދިން އިންޓަވިއެއްގައި ކްރިޝްނާ ބުނި ގޮތުގައި އެކްޓް ކުރުމަކީ އެހާ ކުރާ ހިތްވާ ކަމެއް ނޫނެވެ. ކްރިޝްނާ ބުނި ގޮތުގައި އޭނާ ކެމެރާ ކުރިމައްޗަށް އަރަން ތައްޔާރު ނޫނެވެ. އަދި އޭނާ އެކަމެއް ކުރުމަށް 100 ޕަސެންޓް ބޭނުން ނުވާ އެއްވެސް ކަމެއް ނުކުރާނެއެވެ. މީގެ އިތުރުން އޭނާ އަކީ ވަރަށް ކޮމްޕެޓިޓިވް މީހެއް ކަމަށާއި އެ ކަމަކުން އެންމެ ކުރި ނުހޯދޭ ކަމެއް ކުރަން ބޭނުން ނުވާކަމަށް ކްރިޝްނާ ފާހަގަ ކުރިއެވެ.

ކްރިޝްނާގެ ބޭބެ އަދި ޖެކީ ގެ ފިރިހެން ދަރި، ޓައިގާ އަކީ މިހާރު ބޮލީވުޑްގައި ނަން ހިނގާ ބަތަލެކެވެ. 2014 ވަނަ އަަހަރު ބޮލީވުޑަށް ނުކުތުމަށްފަހު ޓައިގާ ވަނީ ބޮލީވުޑްގައި އޭނާގެ ޖާގަ ހޯދާފައެވެ. މި ދުވަސްވަރު އޭނާ މަސައްކަތް ކުރަމުން ދަނީ ކަރަން ޖޯހަރުގެ ފިލްމް "ސްޓޫޑަންޓް އޮފް ދަ އިޔާ 2" ގައެވެ.

ޓައިގާ ގެ ކާމިޔާބީއާއެކު ގިނަ ބަޔަކު ތިބީ ކްރިޝްނާ ފިލްމީ ދުނިޔެއަށް ނުކުރަންނާގެ ވަގުތަކަށް އިންތިޒާރު ކުރުމުގައެވެ.