މަގްބޫލު ތަރިންތަކެއް ފެނިގެންދާ ފިލްމު ޕާގަލްޕަންތީ ރިލީސް ކުރުން ނޮވެމްބަރު 22 އަށް އަވަސް ވެއްޖެއެވެ.
އަނިލް ކަޕޫރު، ޖޯން އަބްރަހަމް އަދި އިލީނާ ޑި ކްރޫޒް ލީޑް ރޯލުން ފެނިގެންދާ މި ފިލްމު މީގެ ކުރިން ރިލީސް ކުރާ ގޮތަށް އޮތީ ޑިސެމްބަރު ހައެއްގައެވެ.
ފިލްމު އުފައްދާ ފަރާތުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ފިލްމު ރިލީސް ކުރުން އަވަސްވި ކަމަށް ބުނެފައިވާއިރު އޭގެ ސަބަބެއް އެނގޭކަށް ނެތެވެ. ނަމަވެސް ފިލްމުގެ ތަރިން މިވަގުތު ތިބީ ލަންޑަނުގައި ފިލްމުގެ ޝޫޓިންގައި ކަމަށްވެއެވެ.
ފިލްމުގައި އަރްޝަދް ވާރްސީ އަދި އުރްވަޝީ ރައުޓެއްލާވެސް ސަޕޯޓިން ރޯލުން ފެނިގެންދާނެއެވެ.