ފުވައްމުލަކުގައި ތޫނު އެއްޗަކުން ބޮލަށް ހަމަލާދީ ކުޑަކުއްޖަކު ޒަޚަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި ޒަޚަމްކޮށްލައިފައި ވަނީ 17 އަހަރުގެ ކުއްޖެކެވެ. ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު 5:50ހާ އިރު ފުވައްމުލަކު މާދަޑު އަވަށު ގެެސްޓު ހައުސެއްގެ ކުރިމަތީގަ އެވެ.
ފުލުހުން ބުނީ ބޮލުގެ އިތުރުން އެކުއްޖާގެ އަތަށް ވެސް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށެވެ.
"އެކުއްޖާއަށް މިިހާރު އަންނަނީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން. މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރޭ." ފުލުހުންގެ މީޑިއާއިން ބުންޏެވެ.