ސާޅީސްހަވަނަ ފިލްމް ފެއާ އެވޯޑްސް އިއްޔެ ބޭއްވިގެން ދިޔަ އިރު ގިނަ ތަރިންތަކެއް ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ.
އޭގެތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ލިބިފައިވަނީ ކަރަން ޖޯހަރު، ވިނީތް ޖެއިން، ހިރޫ ޔަޝް ޖޯހަރު އަދި އަޕޫރްވަ މެހްތާ ޕްރޮޑިއުސްކޮށް ނެރެފައިވާ ސްޕައި ތްރިލާ ކަމަށްވާ ފިލްމު ރާޒީ އަށެވެ.
އާލިއާ ބަޓް އާއި ވިކީ ކުޝާލް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް އެންމެ މޮޅު ފިލްމު ލިބިފައިވަނީ ވާދަވެރި އެހެން ފިލްމު ތަކެއްގެ ތެރެއިން ނޮމިނޭޓް ވެގެންނެވެ.
ރާޒީ އަކީ 1971 ވަނަ އަހަރު ޕާކިސްތާން ހަނގުރާމަ ފެށުމުގެ ކުރިން އިންޑިއާގެ ރިސާޗް އަދި އެނާލިސިސް ވިންގް ގެ އެޖެންޓް އެއް ޕާކިސްތާނުގެ މިލިޓަރީ މައުލޫމާތު ހޯދުމަށް ޕާކިސްތާންގެ މިލިޓަރީ އާއިލާއެއްގެ އަންހެނަކާ ކައިވެނި ކޮށްގެން ދިމާވި ހަގީގީ ހާދިސާއެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.
ހަފްލާގައި ބެސްޓް ޑައިރެކްޓަރުގެ މަގާމު ލިބިފައިވަނީ ވެސް ރާޒީގެ ޑައިރެކްޓަރު ކަމަށްވާ މެގްނާ ގުލްޒާރު އަށެވެ. އަދި އެންމެ މޮޅު ބަތަލާ އަކަށް ހޮވިފައިވަނީ ފިލްމުގެ ލީޑް ބަތަލާ ކަމަަށްވާ އާލިއާ ބަޓެވެ.