މާލޭގައި ފިހާރައެއް ފަޅާލައި ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ގަލޮޅުގައި ހުރި ''އެމްއޭ ސާވިސަސް ކޮމްޕްލީޓް ޑައިވިން ސޮލިއުޝަން'' ފިހާރަ އިން ވައްކަންކޮށް، 2600 ޑޮލަރާއި 13،500ރ. ވަގަށް ނަގާފައިވާ ކަމަށެވެ. ފިހާރައަށް ވަގުން ވަދެ ނެގި ފައިސާގެ އަދަދު 53،000ރ. އަށް ވުރެ ގިނަ އެވެ.
މިއަދު ހެނދުނު މާލޭގައި ފިހާރައަކުން ބައިމިލިއަން ރުފިޔާ ވަގަށްނެގިއިރު ރޭގެ ވަގުތެއްގައި ރ. އުނގޫފާރުގައި ގެއެއްގެ ތެރޭގައި ހުރި ތިޖޫރީ އެއް ވަގަށް ނަގާފައިވެއެވެ.
އެ ތިޖޫރީގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހުރިއިރު ތިޖޫރީ ހުޅުވަން މަސައްކަތްކޮށް އެކަން ނުވުމުން ވަގުން ވަނީ ފަޅު ގޯއްޗެއްގެ ތެރެއަށް ތިޖޫރީ އެއްލައިލާފައެވެ.
އަދި އެތިޖޫރި ހޯދުމަށްފަހު ވެރިފަރާތާ ފުލުހުން ހަވާލުކޮށްފައިވަނީ މިއަދު ހެނދުނުއެވެ.
ފަހަކަށް އައިސް މާލެ އާއި އަތޮޅު ތެރޭގައި ވަށްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.