ޕޮލިސް

ކުޑަކުދިންތަކަކަށް ފެންނަގޮތަށް ޓްރެކްގައި ބަދުއަޚުލާގީ އަމަލުހިންގި މައްސަލައެއް ފެންމަތިވެއްޖެ

2

މިދިޔަ ހުކުރު ދުވަހު މާލޭ ޓްރެކް ސަރަހައްދުގެ މޫދުގައި ކުޑަކުދިންތަކަކަށް ފެންނަގޮތަށް ބަޔަކު ބަދުއަހުލާގީ އަމަލުހިންގި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޓްރެކްގެ ބޭރުގައި ޖަހާފައިވާ ބޮޑުހިލަތަކުގެ ނިވަލަށް ވަދެ އަންހެނަކާއި ފިރިހެނަކު ގައިގޯޅިވެ އުޅޭ މަންޒަރު ފެނެއެވެ.

މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ މިއަދު ނޫހުގައި ބުނެފައިވަނީ އެ އަމަލު ހިންގާފައިވަނީ ދެ ދިވެހިން ކަމަށެވެ. އަދި އެމީހުން ބޮޑުހިލަތަކުގެ ނިވަލަށް ވަނީ އެމަންޒަރު ގިނަ ބަޔަކަށް ފެނުމުން ކަމަށް ބުނެފައިވެއެވެ.

އެސަރަހައްދު ގައި ތިބި ބަޔަކު ފުލުހުންނަށް އެމައްސަލަ ރިޕޯޓްކުރި ކަމަށް ވެއެވެ.

އަދި އެވަގުތަކީ ގިނަ އަދަދެއްގެ ކުޑަކުދިން ޓްރެކަށް ގޮސް އުޅުނު ވަގުތެއް ކަމަށް މަންޒަރު ދުށް ފަރާތްތަކުން ވަނީ ބުނެފައެވެ.

ނަމަވެސް އެމައްސަލައިގައި ފުލުހުންނާއި ސުވާލު ކުރުމުން އެކަމަށް ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.

ފަހަކަށް އައިސް ހާމަތަންތަނުގައި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު އަމަލުތައް ހިންގާކަމުގެ ޝަކުވާތައް ދަނީ އިތުރުވަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟