ރ. އުނގޫފާރުގައި 550،000 އަށްވުރެ ގިނަ ފައިސާއާއެކު ވަގަށް ނެގި ތިޖޫރީ ފައިސާއާއެކު ހޯދައިފި އެވެ.
ފުލުހުން ބުނީ އުނގޫފާރުން ފައިސާއާއެކު އިއްޔެ ވަގަށް ނަގާފައިވާ ތިޖޫރީގެ މައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެރަށު ފަޅު ގޯއްޗެއް ބަލައި ފާސްކުރި އިރު އެގޯތި ތެރެއަށް ތިޖޫރީ އެއްލައިލާފައިވާކަމަށެވެ.
އަދި ތިޖޫރި ހުޅުވަން މަސައްކަތްކުރި ނަމަވެސް ހުޅުވިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އިއްޔެ 13:32 ހާއިރު ވަގަށް ނަގާފައިވާ ތިޖޫރީއަކީ އެރަށު ވެސްޓް ބީޗް ރެސްޓޯރަންޓް ހިންގާ ފަރާތުގެ ގޭގައި ހުރި ތިޖޫރީއެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި ތިޖޫރީ ވަގަށްނެގި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 27 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.