ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިތުރު 11 މެމްބަރެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އަނބުރާ ގެނެސްފިއެވެ.
އެ ދައުވާ އަނބުރާ ގެނެސްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ސަރަހައްދުން ފުލުހުންގެ ސަފުތައް ފަޅާލި ކަމަށް ބުނެ އުފުލި ދައުވާއެވެ. އެ މައްސަލާގައި އުފުލީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާއެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އޭރު ބުނަމުންދިޔަ މެމްބަރުން މަޖިލީހުގެ ތެރެއަށް ގަދަކަމުން ވަނުމުން ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެ މެމްބަރުންގެ މައްޗަށް އުފުލިއެވެ.
މިއީ މިވެރިކަމުގައި އިބޫގެ މައްޗަށް އުފުލި ހަމައެކަނި ދައުވާއެވެ.
އިބޫގެ އިތުރުން އެ މައްސަލާގައި ދައުވާ ކޮށްފައި ވަނީ
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް