އަކްޝޭ ކުމާރާއި ޕަރިނިތީ ޗޯޕްރާ ލީޑް ރޯލުން ފެނިގެން ދާ ފިލްމު ކޭސަރީ ރިލީސްކުރުމުގެ ކުރިން ލީކް ކޮށްލައިފިއެވެ.
21 ސިކް ސިފައިން 10،000 އަފްގާން ޓްރައިބަލް ހަނގުރާމަ ވެރިންނާ އެކީ ކުރި ހަނގުރާމައިގެ ހާދިސާގެ މައްޗަށް ހަދާފައިވާ މި ފިލްމު ރިލީސް ކުރަން ހަމަޖެހިފައި އޮތީ 21 މާރޗްގައެވެ. ނަމަވެސް ރިލީސްކުރުމުގެ ކުރިން ފިލްމު ވަނީ އޮންލައިން ސައިޓް ތަކުގައި ލީކް ކޮށްލައިފައެވެ.
މި ފަހަކަށް އައިސް ހިންދީ ފިލްމުތައް ލީކް ވުން ވަނި އާންމުވެފައެވެ. އެ ގޮތުން ސިމްބާ، ޓޯޓަލް ދަމާލް، މަނިކަރްނިކާ ފަދަ ގިނަ ފިލްމުތަކެއް ވަނީ ރިލީސްކުރުމުގެ ކުރިން ލީކް ކޮށްލައިފައެވެ. ހަބަރުތައް ބުނާ ގޮތުގައި ފިލްމު އިންޑަސްޓްރީ އިން ދަނީ މި ކަންތައް ހުއްޓުވުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ނަމަވެސް އަދި ހައްލެއް ލިބޭ ގޮތެއް ނުވެއެވެ.
ކޭސަރީ ލީކް ކޮށްލި ނަމަވެސް ފިލްމު އެޅުވި ފުރަތަމަ ދުވަހުވެސް ފިލްމަށް ލިބިފައިވާ ތަރުހީބުން ފިލްމު ބްލޮކްބަސްޓާ އަކަށް ވެގެން ދާނެ ކަމަށް ފިލްމު ކްރިޓިކްސުން ބުނެއެވެ.