ބޮލީވުޑް

ސެޓަލައިޓް ޝަންކަރުން ސޫރަޖް އަށް ލިބޭ އާމްދަނީ އާމީ ކޭމްޕް އަކަށް ހަދިޔާ ކުރަނީ

1

ފިލްމު ހީރޯ އަށް ފަހު ސޫރަޖް ޕަންޗޯލީ ވަނީ ސިލްވާ ސްކްރީނުން ގެއްލިފައެވެ. ނަމަވެސް އޭނާގެ ފޭނުންނަށް މިހާރު މިވަނީ އުފާވެރި ހަބަރު ލިބިފައެވެ.

ސެޓަލައިޓް ޝަންކަރު ފިލްމުގެ ލީޑް ރޯލުން ސޫރަޖް ފެނިގެންދާނެކަމެވެ. މީގެ އިތުރުން ސޫރަޖް މިވަނީ އެ ފިލްމުން އޭނާ އަށް ލިބޭ އާމްދަނީ އާމީ ކޭމްޕަކަށް ހަދިޔާ ކޮށް އޭނާގެ ފޭނުންގެ ހިތުން އިތުރަށް އިހުތިރާމް ހޯދާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމު ޝޫޓް ކޮށްފައި ވަނީ ޕަންޖާބް ސައުތް އަދި ހިމާޗަލް ކައިރީ ގައި ހުންނަ ޗައިނާ ބޯޑަރު ހިސާބުގައެވެ. އެހެން ކަމުން އެމީހުން އެ ފުރުސަތު ދިން ކަމަށްޓަކައި އެތަނުން ކޮންމެވެސް އެއް އާމީ ކޭމްޕަކަށް ސޫރަޖް އަށް ލިބޭ އާމްދަނީތައް ހަދިޔާ ކުރާނެއެވެ.

ފިލްމުގައި ސޫރަޖް ކުޅެނީ އާމީ އޮފިސަރެއްގެ ރޯލެވެ. ރޯލަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވަނީ އާމީ ބޭސް ތަކަށް ގޮސް އެކި އާމީ އޮފިސަރުންނާ އެކީ ވަގުތު ހޭދަކޮށްފައެވެ. އެގޮތުން އެ އޮފިސަރުންގެ ގެތަކަށް ޒިޔާރަތްކޮށް އެކީގައި ދިރި އުޅެ ކައި ހެދިކަމަށްވެސް ވެއެވެ.

ސޫރަޖް ބުނި ގޮތުގައި މި ފިލްމު ޝޫޓް ކުރުމުގެ މަރުލަހާ ދިޔައީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި އަސްލު އާމީ އޮސަރުންނާ ބައްދަލުވެ އެ ގޭގޭގައި ވަގުތު ހޭދަކޮށް އެމީހުންގެ ދިރިއުޅުން ދެނެގަތުމުގެ ފުރުސަތު ލިބިގެން ދިޔުން ވެގެން ދިޔައީ ވަރަށް އުފާވި ކަމެއްކަމަށެވެ. މީގެ އިތުރުން ބޯޑަރުގައި އެ ސިފައިން ކުރާ ބުރަ މަސައްކަތް އޭނާ ފާހަގަ ކުރިއެވެ. އެހެން ކަމުން އޭނާގެ އާމްދަނީ ހަދިޔާ ކުރުމަކީ އެއީ އެމީހުނަށް ކޮށްދެވޭ ވަރަށް ކުޑަ މިންވަރެއްކަމަށްވެސް ސޫރަޖް ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟