ކެޓްރީނާ ކައިފްގެ ކުރީގެ ބޯއީފްރެންޑް ސަލްމާން ޚާން އޭނާއަށް އަލަށް ނެރުނު ރޭންޖް ރޯވާ ކާރެއް ހަދިޔާއެއްގެ ގޮތުގައި ދީފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާން ވަނީ ވަރަށް ފަހުން ހަތަރު ކާރު ގަނެފައެވެ. އޭގެ ތެރެއިން އެއް ކާރު ކެޓްރީނާއަށް ދީފައިވާއިރު އަނެއް ތިން ކާރު ވަނީ އާއިލާގެ އެކި މީހުނަށް ދީފައެވެ.
ކެޓްރީނާއަށް ލިބިފައިވާ ކާރު އޭނާ މިހާރު ދުއްވާ ކާރާ އަޅައި ކިޔައި، މީސް މީޑިއާގައި ވަނީ މީހުން ވަނީ އެވާހަކަތައް ފަތުރައިފައެވެ. ނަމަވެސް ބައެއް ނޫސްތަކުން ބުނާ ގޮތުގައި ކެޓްރީނާ ކާރު ގަނެފައިވަނީ އަމިއްލައަށެވެ.
ކެޓްރީނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސަލްމާނާ އެކު "ބާރަތް"އިންނެވެ. މި ފިލްމު ޝޫޓިން ތެރޭގައި ދެތަރިންގެ ގުޅުން އަނެއްކާވެސް ގާތް ވެފައިވާކަމަށް ހަބަރުތައް ބުނެއެވެ.