މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް ކަމުގެ މަގާމަށް އެ މަގާމު މީގެ ކުރިންވެސް އަދާކުރައްވައިފައިވާ މުހައްމަދު އަލީ ޖަނާޙް އައްޔަންކޮށްފި އެވެ.
ޖަނާހް މަސީގެ ރައީސްގެ މަގާމަށް އަލުން އައްޔަންކޮށްފައި ވަނީ ރޭ ކުރިއަށްދިޔަ މަސީގެ 17ވަނަ އަހަރީ އާންމު ޖަލްސާގައެވެ. މަސީގެ ރައީސްގެ މަގާމަށް ޖަނާހް އައްޔަން ކުރި މިއީ 7 ވަނަ ފަހަރެވެ.
2001 ވަނަ އަހަރުން ފެށިގެން ކޮންސްޓްރަންޝަން ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ޖަނާހް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަންގެ ވައިސް ޕްރެޒިޑެންޓްގެ މަގާމު އަދާކޮށްފައެވެ. ޖަނާހަކީ މިހާރު އެ ފެޑެރޭޝަންގެ ރައީސް އެވެ.