އިލެކްޝަންސް ކޮމިޝަން

ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި އިދާރީ މައްސަލައެއް ހުރިނަމަ ޝަކުވާ ހުށަހެޅުުގެ ފުރުސަތު ހުޅުވާލައިފި

މިހާރު އާންމުކޮށްފައިވާ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި އެއްވެސް ކަހަލަ އިދާރީ މައްސަލައެއް ހުރި ނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު އަދި ތަރުޖަމާނު "ވަން އޮންލައިން"އަށް ރޭ ވިދާޅުވީ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި އިދާރީ މައްސަލައެއް ހުރި ނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މާދަމާ މެންދުރުފަހު 3:00އާ ހަމައަށް ކަމަށެވެ.

"އިދާރީ މައްސަލަތައް ކަމަށް އަޅުގަނޑުމެން މި ބަލަނީ އޮންނަން ޖެހޭ ގެ ނޫން ގެއެއްގައި ނަން އޮތުން، އޮންނަން ޖެހޭ ފޮށި ނޫން ފޮށްޓެއްގައި ނަން އޮތުން ފަދަ ކަންކަމަށް." އަކްރަމް ވިދާޅުވި އެވެ.

އީސީން އާންމުކޮށްފައިވާ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައިވާ ގޮތުން މިފަހަރުގެ އިންތިޚާބުގައި 264،442 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެން ވެއެވެ.

މިއިންތިހާބުގައި 387 ކެންޑިޑޭޓުން ވާދަކުރާއިރު، 505 ވޯޓް ފޮށި ބަހައްޓަން އީސީން ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުން އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.