ޝިފާ މުހައްމަދު

ގިނަ އަދަދެއްގެ މާލޭގެ ރަށްވެހިން މަގުމަތިވެ ގެދޮރު ގެއްލިފައިވޭ: ޝިފާ

މާލޭގެ ގިނަ އަދަދެއްގެ ރަށްވެހިން މަގުމަތިވެ ގެދޮރު ގެއްލިފައިވާކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހާލަތު ހުންނަ ގޮތުން ވަކީލުން ހޯދުމުގެ ދަތިކަން ބޮޑު ކަމަށާއި ބިކަވެ ހާލުގައި ޖެހުނީމައި ވަކީލުންނަށް ދޭނެ ފައިސާ ވެސް ނުހުންނަ ކަމަށެވެ.

އަދި މައިން ބަފައިންގެ މުދާ މުޅިން އެހެން ފަރާތްތަކެއްގެ އަމިއްލަ އެއްޗަކަށްހަދާފަހަރު ވެސް މަދު ނޫން ކަމަށް ޝިފާ ވިދާޅުވިއެވެ.