ފެނަކަ ކޯޕަރޭޝަން

ރީޖަނަލް އޮފީސްތައް އުވާލުމުން އަހަރަކު 14 މިލިޔަން ސަލާމަތް ކުރެވޭ: ފެނަކަ

އިބްރާހިމް ޒަކީ

2

އެކި ރަށްރަށުގައި ގާއިމް ކޮށްފައިވާ ފެނަ ކޯޕަރޭޝަންގެ ރީޖަނަލް އޮފީސްތައް އުވާލުމުން އަހަރަކު 14 މލިޔަން ރުފިޔާ ސަލާމަތް ކުރެވޭކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުންގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާކަމަށް ބުނާ މައްސަލައަކާ ގުޅިގެން އެ ކުންފުނީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލު ތަކުގެ ތެރެއިން، ކުންފުނީގެ މާލީ ހާލަތާ ބެހޭ ގޮތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މާލީގޮތުން ކުންފުނި އޮތީ ވަރަށް ދަށު ހާލަތެއްގައިކަމަށެވެ.

އޭނަ އިތުރަށް ވިދާޅުވީ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށާއި ރީޖަނަލް އޮފީސްތައް އުވާ ލުމަކީގެ އޭގެތެރޭގައި ހިމެނޭކަމެއް ކަމަށެވެ.

އިތު ތަފްސީލް ދެއްވަމުން ޑެޕިއުޓީ ޑިރެކްޓަރު އަބުދުﷲ ވަހީދު ވިދާޅުވީ، ކުރީގެ ސަރުކާރު އޮތްއިރު ފެނަކަ ކޯޕަރޭޝަނުން ގާއިމް ކޮށްފައިވާ ރީޖަނަލް އޮފީސްތައް ގާއިމްކޮށްފައި ހުރީ ބޭނުން ނުހިފޭ ގޮތަށް ކަމަށެވެ.

އެގޮތުން ބައެއް ރަށްރަށުގައި އެންމެ އިންޖީނުގެއެއް ބެލުމަށްވެސް ރީޖަނަލް އޮފީސް ގާއިމް ކޮށްފައިވާކަމަށް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ ފުވައްމުލަކުގައި ހުންނަ އެންމެ އިންޖީނެއެއް ބެލެހެއްޓުމަށް އެތަނުގައިވެސް ރީޖަނަލް އޮފީހެއް ގާއިމްކޮށްފައިވާކަމަށެވެ. އަދި ކުރީގެ ސަރުކާރު އޮތް އިރުވެސް ރީޖަނަލް އޮފީސްތައް އުވައިލުމަށް ކުންފުނީގެ ބޯޑުގައި ދެފަހަރެއްގެމަތިން މަޝްވަރާކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟