ބޮލީވުޑް

ޕަނިޕަޓްގައި ސަންޖޭ އަޅާ އާމާގެ ބަރުދަން 35 ކިލޯ

އަޝުތޯޝް ގޮވާރިކަރުގެ ފިލްމު "ޕަނިޕަޓް"ގެ ލީޑް ރޯލުން ސަންޖޭދަތް ފެނިގެންދާއިރު މިވަގުތު ޝޫޓިން ކުރިއަށް ދަނީ ޖައިޕޫރުގައެވެ.

ސަންޖޭއަކީ ކުޅޭ ކޮންމެ ރޯލެއްވެސް އެހާމެ ރަނގަޅަށް އަދި ކުޅޭ ރޯލު މޮޅުކުރުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރާ ތަރިއެކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ފިލްމު ޕަނިޕަޓްގެ ސީނެއްގައި ސަންޖޭ 35 ކިލޯގެ ބަރުދަންހުރި އާމާއެއް އަޅައެވެ.

ފިލްމުގައި ސަންޖޭގެ ރޯލަކީ އަފްގާންގެ ރަސްގެފާނު އަހުމަދު ޝާހު ދުރާނީއެވެ. ފިލްމުގައި އެހާ ބަރު އާމާއެއް އެޅުމަށް ޖެއިޕޫރުގައި ސަންޖޭ ޖިމަށް ގޮސް ކަސްރަތު ކުރާނެއެވެ. އާމާ ވަނީ ސަންޖޭގެ ޕާސަނަލިޓީއާ ގުޅޭ ގޮތަށް ތައްޔާރު ކޮށްފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސަންޖޭ ވަނީ މި މަސައްކަތަށް އަމިއްލަ ޖިމެއް ޖެއިޕޫރުގައި ހަދާފައެވެ. އަދި ޝޫޓިންތަކުގެ މެދުތެރެއިން ގޮސް ޓްރެއިންކޮށް ހަަދައެވެ. ސަންޖޭގެ މި ޖިމް ފިލްމުގެ އެހެން ކާސްޓުންނާއި ކްރޫއިން ބޭނުން ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ވެއެވެ.

ޕަނިޕަޓްގައި ސަންޖޭގެ އިތުރުން އަރްޖުން ކަޕޫރާއި ކްރިތީ ސަނޮން އާއި ޕަޑްމިނީގެ އިތުރުން މޮހްނިޝް ބާލް ވެސް މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ.

ކުރިއަށް ނެރެން އޮތް ފިލްމް ކަލަންކް އިންވެސް ސަންޖޭދަތް ލީޑް ރޯލުން ފެނިގެން ދާނެއެވެ.