ބޮލީވުޑް

ބްރާމަސްޓްރާ ގައި ނުބައިބައި ކުޅެން ލިބުމުން ހައިރާންވި: މޯނީ

ރަންބީރު ކަޕޫރާއި އާލިޔާ ބަޓް ލީޑް ރޯލުން ފެނިގެންދާ ފިލްމު ބްރާމަސްޓްރާގައި ނުބައިބައި ކުޅެން ލިބުމުން ހައިރާންވި ކަމަށް ބަތަލާ މޯނީ ރޯއީ ބުނެފިއެވެ.

33 އަހަރުގެ މޯނީ ބޮލީވުޑަށް ވަނީ އަކްޝޭ ކުމާރުއާއެކު ކުޅުނު ފިލްމު ގޯލްޑް އިންނެވެ. މޯނީ ބުނި ގޮތުގައި އެކި ކަހަލަ ރޯލު ކުޅުމަށް އޭނާ ބޭނުންވެ އެވެ.

ފިލްމުގައި ކުޅޭ ނުބައިބައި ރޯލަކި މުޅިން ތަފާތު ރޯލެއް ކަމުން މީހުން އޭނާ ބަލައިގަންނާނެ ގޮތް އެނގެން ކެތްކަމަދު ވެފައިވާ ކަމަށް ވެސް މޯނީ ވަނީ ބުނެފައެވެ. މޯނީ އިތުރަށް ބުނީ ފިލްމުގެ ޑައިރެކްޓަރު އަޔާން މުކަރްޖީއަށް އޭނާ ނާގިން ސީރީޒްގައި ކުޅެފައިވާ ރޯލު ފެނި މި ފިލްމުގެ ލީޑް ވިލަންގެ ބައި އޭނާއަށް ކުޅެވޭނެ ކަމަށް ބަލާފައި އެ ރޯލު އޮފާ ކުރީ ކަމަށެވެ. އެކްޓަރަކަށް ވުމުން ހުރިހާ ވައްތަރެއްގެ ރޯލެއްވެސް ތަޖުރިބާ ކުރަން ތައްޔާރަށް ހުންނަންޖެހޭ ކަމަށާއި ބޮލީވުޑްގައި މީހާއަށް ފައިތިލަ ސާބިތުކޮށްގެން ހުރެވޭނީ ލިބޭ ފުރުސަތުތައް ބަލައިގަނެގެން ކަމަށް ވެސް މޯނީ ބުންޏެވެ.

ބްރާމަސްޓްރާގައި އަމީތާބް ބަޗަންވެސް ލީޑް ރޯލުން ފެނިގެން ދާއިރު ޓީމާއެކު މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ވަރަށް ތަފާތު ކަންތައްތަކެއް ދަސްވެގެން ދިޔަ ފުރުސަތެއްކަމަށް މޯނީ ފާހަގަ ކުރިއެވެ. އަދި ހުރިހާ ތަރިންވެސް އޭނާއަށް ވަރަށް އެހީތެރިވި ކަމަށާއި ވަރަށް ގިނަ ކަންކަން އެ ތަރިންގެ ފަރާތުން ދަސްވި ކަމަށްވެސް މޯނީ ބުނިއެވެ.

މޯނީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ "ރޯ، ރޯމިއޯ އަކްބަރު ވޯލްޓާ"އިންނެވެ. އެ ފިލްމުގައި ބަތަލުގެ ބައިން ފެނިގެން ދާނީ ޖޯން އަބްރަހަަމް އެވެ. އެ ފިލްމު ރިލީސް ކުރަނީ އޭޕްރިލް ފަހެއްގައެވެ.