ރައްޔިތުންގެ މަޖިލިސް

ފެނަކައިގެ އެމްޑީ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު، ރައްޔިތުންގެ މަޖިލީހުގެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ސައީދު ކޮމެޓިއަށް ހާޒިރުކުރަން ނިންމީ ފެނަކައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާކަމަށް ވިދާޅުވެ ހަތަރު މެންބަރަކު ސޮއިކުރައްވައި ކޮމެޓިއަށް ހުށަހެޅުއްވި މައްސަލައިގައެވެ.

އެމައްސަލަ ހުށަހަޅުއްވާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ހޯރަފުށީ ދާއިރާގެ މެންބަރަު މުހައްމަދު އިސްމާއީލާއި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފާއި މިލަންދޫ ދާއިރާގެ މެންބަރަު ހަސަން މުފީދެވެ.

އެމައްސަލައިގައި ކޮމެޓީން ވަނީ ފެނަކައިގެ އެމްޑީގެ އިތުރުން އެކުންފުނީގެ އިސްވެރިން މާދަމާ 2:00 އަށް ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައެވެ.

ހަތަރު މެންބަރުން ސޮއިކުރައްވައި ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ ސަރުކާރުގެ އެކިއެކި ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަަކިކުރަމުންދާތީ، އެކަމުގެ ޝަކުވާ ގިނަ ފަރާތްތަކުން ކުރަމަުންދާކަމަށެވެ. އެހެންކަމުން އެމައްސަލަ ބަލަން ބޭނުންވާ ކަމަށެވެ.