ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: އާޖެންޓީނާ 3-0 ކްރޮއޭޝިއާ (ފުލްޓައިމް)

14 Dec 07:07

މެޗުގެ އުސްއަލިތައް:

  • މެޗުގެ ކުރީކޮޅުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ކްރޮއޭޝިއާ
  • މެދުތެރެއިން އެޓީމުން ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ހަމަލާއެއް ނުފެނޭ
  • އާޖެންޓީނާގެ ފުރަތަމަ ހަމަލާ އެންޒޯ ފެނާންޑޭޒް ފޮނުވާލުމުން ކީޕަރު ލިވަކޮވިޗް މަތަކުރި
  • އޭގެ ފަހުން އާޖެންޓީނާ ކުޅުން ރަނގަޅު ކުރި، އެޓީމުން ލީޑު ނެގީ ޕެނަލްޓީއެއްގައި
  • ޕެނަލްޓީ ޖަހައި މެސީ ވަނީ އާޖެންޓީނާއަށް ވޯލްޑް ކަޕްގައި 11 ގޯލު ހަމަކޮށް، ރެކޯޑު ހަދާފައި
  • އާޖެންޓީނާގެ ދެވަނަ ގޯލަކީ އަލްވަރޭޒް ޖެހި ހިތްގައިމު ސޯލޯ ގޯލެއް
  • ދެވަނަ ހާފަށް ނުކުމެ އާޖެންޓީނާއިން ޑިފެންސަށް ވިސްނި
  • އެހެން ނަމަވެސް ކްރޮއޭޝިއާއަށް ރަނގަޅު ހަމަލާއެއް އުފެއްދުނުތަނެއް ނުފެނުނު
  • އަނެއްކާވެސް ގޯލް ޖެހީ ކައުންޓާ އެޓޭކެއްގައި
  • އެ ގޯލަކީ މެސީ އަރިމަތިން ޑިފެންޑަރު ނައްޓާލައި ތަނަވަސްކުރި ފުރުސަތަކުން އަލްވަރޭޒް
  • އެ ގޯލާއެކު އާޖެންޓީނާ ހަމަޖެހިލާފައި ޑިފެންސް ކުރި
  • މިރޭގެ މޮޅާއެކު އާޖެންޓީނާ ދަތުރުކޮށްފައި ވަނީ އެގައުމުގެ ހަވަނަ ވޯލްޑް ކަޕް ފައިނަލަށް
  • އާޖެންޓީނާ ފައިނަލްގައި ނުކުންނާނީ މާދަމާ ރޭ ފްރާންސާއި މޮރޮކޯ ވާދަކުރާ ސެމީން މޮޅުވާ ޓީމަކާ ދެކޮޅަށް
14 Dec 06:55

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެން. އާޖެންޓީނާ ފައިނަލަށް.

14 Dec 06:50

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

14 Dec 06:41

'81 - ކްރޮއޭޝިއާގެ ބަދަލެއް. މޮޑްރިޗްގެ ބަދަލުގައި ކުޅެން ނުކުތީ ލޮވްރޯ މަޔާ.

14 Dec 06:38
14 Dec 06:38

'78 - ކްރޮއޭޝިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އޯސިޗް ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވޭ.

14 Dec 06:36

'75 - އާޖެންޓީނާ އިން ދެ ބަދަލެއް. ޑި ޕޯލްގެ ބަދަލުގައި އެޒެކީލް ޕަލޭސިއަސް، އަދި އަލްވަރޭޒްގެ ބަދަލުގައި ކުޅެން ނުކުތީ ޕައުލޯ ޑިބާލާ. މިއީ މި ވޯލްޑް ކަޕްގައި ޑިބާލާ ކުޅޭ ފުރަތަމަ މެޗު.

14 Dec 06:33

'72 - ކްރޮއޭޝިއާ އިން ބަދަލެއް. ކްރަމަރިޗްގެ ބަދަލުގައި ކުޅެން ނުކުތީ މާކޯ ލިވާޔާ.

14 Dec 06:31

'70 - އާޖެންޓީނާ އިން އިތުރު ގޯލެއް ޖަހައި، ތިން ގޯލުގެ ލީޑެއް ހޯދައިފި. ކްރޮއޭޝިއާގެ ޑިފެންޑަރު ޖޮސްކޯ ގުވާޑިއޯލް ކައިރިން ނައްޓާލައި، ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މެސީ ދިން ބޯޅައަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން އަލްވަރޭޒް.

14 Dec 06:23

'62 - ކްރޮއޭޝިއާގެ ނުރައްކަލެއް. ހިލޭ ޖެހުމަކުން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޑެޖާން ލޮވްރެން ބޮލުން ފޮނުވާލި ހަމަލާ، އާޖެންޓީނާ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފައި.

14 Dec 06:21

'61 - އާޖެންޓީނާ އިން ބަދަލެއް. މިޑްފީލްޑަރެއްގެ ބަދަލުގައި ޑިފެންޑަރެއް. ޕަރޭޑޭސްގެ ބަދަލުގައި ކުޅެން ނުކުތީ ލިސާންޑްރޯ މާޓިނޭޒް.

14 Dec 06:20
14 Dec 06:17

'58 - އާޖެންޓީނާގެ ނުރައްކަލެއް. އެންޒޯ ފެނާންޑޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، މެސީ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް ވަނީ މަތަކޮށްފައި.

14 Dec 06:10

'50 - ކްރޮއޭޝިއާ އިން އިތުރު ބަދަލެއް. ބްރޮޗިވިޗްގެ ބަދަލުގައި ކުޅެން ނުކުތީ ބްރޫނޯ ޕެޓްކޮވިޗް.

14 Dec 06:09

'49 - އާޖެންޓީނާގެ ހަމަލާއެއް. ޑި ޕޯލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ލިއާންޑްރޯ ޕަރޭޑޭސް ފޮނުވާލި ހަމަލާ އަމާޒުވީ ކްރޮއޭޝިއާ ކީޕަރު ލިވާކޮވިޗްގެ އަތަށް.

14 Dec 06:06

ކްރޮއޭޝިއާ އިން ދެވަނަ ހާފަށް ނުކުތީ ދެ ބަދަލަކާއެކު. ސޯސާގެ ބަދަލުގައި މިސްލާވް އޯސިޗް އަދި ޕަސަލިޗްގެ ބަދަލުގައި ކުޅެން ނުކުތީ ނިކޮލާ ވްލަސިޗް.

14 Dec 06:05

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

14 Dec 05:57

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗުގެ ކުރީކޮޅުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ކްރޮއޭޝިއާ
  • މެދުތެރެއިން އެޓީމުން ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ހަމަލާއެއް ނުފެނޭ
  • އާޖެންޓީނާގެ ފުރަތަމަ ހަމަލާ އެންޒޯ ފެނާންޑޭޒް ފޮނުވާލުމުން ކީޕަރު ލިވަކޮވިޗް މަތަކުރި
  • އޭގެ ފަހުން އާޖެންޓީނާ ކުޅުން ރަނގަޅު ކުރި، އެޓީމުން ލީޑު ނެގީ ޕެނަލްޓީއެއްގައި
  • ޕެނަލްޓީ ޖަހައި މެސީ ވަނީ އާޖެންޓީނާއަށް ވޯލްޑް ކަޕްގައި 11 ގޯލް ހަމަކޮށް، ރެކޯޑު ހަދާފައި
  • އާޖެންޓީނާގެ ދެވަނަ ގޯލަކީ އަލްވަރޭޒް ޖެހި ހިތްގައިމު ސޯލޯ ގޯލެއް
14 Dec 05:49

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެން.

14 Dec 05:47

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

14 Dec 05:46

'45 - ކްރޮއޭޝިއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޔޯސިޕް ޔުރަނޮވިޗް ފޮނުވާލި ހަމަލާ، އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ހަނި އޭންގަލަކުން މާރިއޯ ޕަސަލިޗް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.

14 Dec 05:43

'42 - އާޖެންޓީނާގެ ނުރައްކަލެއް. މެސީ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އެލެކްސިސް މެކް އެލިސްޓާ ބޮލުން ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

14 Dec 05:40
14 Dec 05:39

'39 - އާޖެންޓީނާ އިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. އާޖެންޓީނާގެ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ފޮނުވާލި ހަމަލާއަކުން އެޓީމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަލްވަރޭޒް.

14 Dec 05:37

އެ ގޯލާއެކު މެސީ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގައި އާޖެންޓީނާއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއަށް. މެސީ ވަނީ ވޯލްޑް ކަޕްގައި 11 ގޯލު ޖަހާފައި. ކުރިން އެ ރެކޯޑު އޮތީ ދިހަ ގޯލު ކާމިޔާބުކުރި އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް ގެބްރިއަލް ބަޓިސްޓޫޓާގެ އަތުގައި.

14 Dec 05:34

'34 - އާޖެންޓީނާ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ޕެނަލްޓީ އަމާޒުކޮށްލީ ކްރޮއޭޝިއާ ގޯލުގެ މަތީ ކަނަކަށް.

14 Dec 05:33

'33 - އާޖެންޓީނާއަށް ޕެނަލްޓީއެއް. އެ ޕެނަލްޓީ ދީފައިވަނީ އާޖެންޓީނާ ފޯވަޑް ހޫލިއަން އަލްވަރޭޒަށް ކްރޮއޭޝިއާ ކީޕަރު ލިވާކޮވިޗް ކުރި ފައުލާ ގުޅިގެން.

14 Dec 05:32

'31 - ކްރޮއޭޝިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އިވާން ޕެރިސިޗް ފޮނުވާލި ހަމަލާ ދިޔައީ އާޖެންޓީނާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

14 Dec 05:28
14 Dec 05:25

'25 - އާޖެންޓީނާގެ ހަމަލާއެއް، މެޗުގެ ފުރަތަމަ ހަމަލާ. ޕެނަލްޓީ އޭރިއާ ބޭރުން އެންޒޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވާކޮވިޗް ވަނީ މަތަކޮށްފައި.

14 Dec 05:19

'18 - ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނީ ކްރޮއޭޝިއާ. އެޓީމުގެ ހުނަރުވެރި މިޑްފީލްޑަރުން، ކެޕްޓަން ލޫކާ މޮޑްރިޗާއި މާސެލޯ ބްރޮޒޮވިޗް އަދި މަޓިއޯ ކޮވިސިޗް ބޭނުންކޮށްގެން އަންނަނީ އެޓޭކުގައި ނުރައްކާކުރުމަށް މަސައްކަތްކުރަމުން. ނަމަވެސް ގޯލު ޖަހާނެ ފުރުސަތެއް އަދި ތަނަވަސްކުރެވިފައެއް ނުވޭ.

14 Dec 05:16
14 Dec 05:09

'9 - ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދަނީ ދާދި ހަމަހަމަ ކުޅުމެއް. އާޖެންޓީނާ އަދި ކްރޮއޭޝިއާއަށް ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

14 Dec 05:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ކްރޮއޭޝިއާ އިން.

ގަތަރު ވޯލްޑް ކަޕް 2022ގެ ސެމީ ފައިނަލުގައި އާޖެންޓީނާއާއި ކްރޮއޭޝިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ދެޓީމުން ސެމީއަށް ކުރި ދަތުރު

އާޖެންޓީނާ
  • އާޖެންޓީނާ ގްރޫޕް ސްޓޭޖު ފެށީ ސައުދީ އަތުންވި ހައިރާންކުރުވަނިވި ބައްޔަކުން
  • އޭގެ ފަހުން މެކްސިކޯއާއި ޕޮލެންޑް 2-0 އިން ބަލިކޮށް ގަދަ 16 ހޯދި
  • ގަދަ 16ގައި އާޖެންޓީނާއިން އޮސްޓްރޭލިއާ ބަލިކުރީ 2-1 ގެ ނަތީޖާއަކުން
  • އާޖެންޓީނާއަށް މިހާތަށް ތަފާތު ދައްކަމުން ދަނީ މެސީ، އޭނާ ވަނީ ހަތަރު ގޯލު މިހާތަނަށް ޖަހާފައި
  • ކުއާޓާގައި އާޖެންޓީނާ ވަނީ ނެދަލޭންޑްސް ކައިރިން ޕެނަލްޓީ ޖަހައިގެން މޮޅުވެފައި
  • އެ މެޗު ވެގެން ދިޔައީ ފޯރިގަދަ މެޗަކަށް، ގިނަ ކާޑުތަކެއް މެޗުގައި ފެނުނު
ކްރޮއޭޝިއާ
  • ކްރޮއޭޝިއާ ގްރޫޕް ސްޓޭޖުގައި ބެލްޖިއަމާއި މޮރޮކޯ ކައިރީ އެއްވަރުވީ ގޯލެއް ނުޖެހި
  • އެޓީމުން ގަދަ 16 ޔަގީންކުރީ ކެނެޑާ ކައިރިން ހޯދި ބޮޑު މޮޅާއެކު
  • ގަދަ 16ގައި ކްރޮއޭޝިއާ ވަނީ ޕެނަލްޓީ ޖަހައިގެން ޖަޕާން ކަޓުވާލައިފައި
  • ކްރޮއޭޝިއަކީ މިދިޔަ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަނަރަޕް ޓީމު
  • އެޓީމަކީ ނޮކްއައުޓްގައި ކާމިޔާބު ޓީމެއް، ހާއްސަކޮށް ޕެނަލްޓީއަށް ކާމިޔާބު
  • އެޓީމުން ކުއާޓާގައި ފެވަރިޓް، ބްރެޒިލް ބަލިކުރީވެސް ޕެނަލްޓީގައި
  • އެ މެޗު ކްރޮއޭޝިއާއިން އިތުރު ވަގުތުގެ ފަހު ވަގުތުގައި އެއްވަރުކުރީ 1-1 އިން

ތާރީހަށް ނަޒަރެއް

  • އާޖެންޓީނާއާއި ކްރޮއޭޝިއާ މީގެ ކުރިން ވާދަކުރި ފަސް މެޗު
  • އޭގެ ތެރެއިން ތިން މެޗަކީ އެކުވެރިކަމުގެ ތިން މެޗެއް
  • އެކުވެރިކަމުގެ ފުރަތަމަ މެޗަށް ދެގައުމުން ނުކުތި 1994 ގައި، އެ މެޗު ވީ ގޯލެއް ނުޖެހި އެއްވަރު
  • ދެން ކުޅުނީ 2006 ވަނަ އަހަރު، އެ މެޗުން ކްރޮއޭޝިއާ މޮޅުވީ 3-2 ގެ ނަތީޖާއަކުން
  • 2014 ވަނަ އަހަރުވެސް ދެގައުމުން އެކުވެރިކަމުގެ މެޗެއް ކުޅުނު، އެ މެޗު 2-1 އިން ކާމިޔާބުކުރީ އާޖެންޓީނާ
  • ކްރޮއޭޝިއާއާއި އާޖެންޓީނާ ވޯލްޑް ކަޕްގައި ކުރިމަތިލީ ދެ ފަހަރު
  • ފުރަތަމަ މެޗަކީ 1998 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު މެޗު
  • އެ މެޗު 1-0 އިން އާޖެންޓީނާ ކާމިޔާބުކުރި ނަމަވެސް، މި ޖީލުގެ ކުރިމަތިން 2018 ވަނަ އަހަރު ދިޔައީ މުޅިން އަނެއް ކޮޅަށް
  • ރަޝިއާ ވޯލްޑް ކަޕްގައި ކުޅުނު މެޗު ކްރޮއޭޝިއާއިން ކާމިޔާބުކުރީ އާޖެންޓީނާ ލަދުގަންނަވާލައި، 3-0 ގެ ނަތީޖާއަކުން