މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެން. އިންގްލެންޑްގެ ވޯލްޑް ކަޕް ދަތުރަށް ނިމުމެއް، ފްރާންސް ސެމީއަށް.
90+11 - އިންގްލެންޑްގެ ހިލޭ ޖެހުން ނުރައްކާ. ރަޝްފާޑް ފޮނުވާލި ހިލޭ ޖެހުން ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.
'90+9 - މެގުއާއަށް ފްރާންސްގެ ކޯމަން ކުރި ފައުލަކާ ގުޅިގެން ނުރައްކާ ހިސާބަކުން އިންގްލެންޑަށް ހިލޭ ޖެހުމެއް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އަށް މިނެޓުގެ ކުޅުން ދައްކައިފި.
'90 - ގްރީޒްމަންއަށް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑް ޑިފެންޑަރު މެގުއާއަށް ރީނދޫ ކާޑެއް.
'85 - އިންގްލެންޑުން އިތުރު ބަދަލެއް. ފޮޑެންގެ ބަދަލުގައި ކުޅެން ނުކުތީ މާކަސް ރަޝްފާޑް.
'84 - އިންގްލެންޑް ކެޕްޓަން ހެރީ ކޭން ފޮނުވާލި ހިލޭ ޖެހުން ބޭރަށް.
'81 - ޕެނަލްޓީ އޭރިއާ ތެރެއިން މައުންޓަށް ފްރާންސްގެ ތިއޯ ހެނާންޑޭޒް ކުރި ފައުލަކާ ގުޅިގެން ވީއޭއާރަށް ބެލުމަށްފަހު އިންގްލެންޑަށް ރެފްރީ ޕެނަލްޓީއެއް ދީފި.
'80 - ފްރާންސުން ބަދަލެއް. ޑެމްބެލޭގެ ބަދަލުގައި ކިންގްސްލީ ކޮމާން.
'79 - ފްރާންސުން ދެ ބަދަލެއް. ހެންޑަސަންގެ ބަދަލުގައި މޭސަން މައުންޓް، އަދި ސަކާގެ ބަދަލުގައި ކުޅެން ނުކުތީ ރަހީމް ސްޓާލިން.
'78 - ފްރާންސުން ގޯލެއް ޖަހައި އަލުން ލީޑު ހޯދައިފި. އެންޓޮއިން ގްރީޒްމަން ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އޮލިވިއާ ޖިރޫ.
'78 - ފްރާންސްގެ ނުރައްކަލެއް. ޑެމްބެލޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮލިވިއާ ޖިރޫ ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައި.
'72 - އިންގްލެންޑްގެ އިތުރު ނުރައްކަލެއް. ޝޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސަކާ ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'70 - އިންގްލެންޑްގެ ނުރައްކާތެރި ހަަމލާއެއް. ޖޯޑަން ހެންޑަސަން ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އިންގްލެންޑް ޑިފެންޑަރު ހެރީ މެގުއާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ފްރާންސް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'62 - އިންގްލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ހެރީ ކޭން ފޮނުވާލި ހަމަލާގައި ބާރެއް ނެތް، ފްރާންސް ކީޕަރު ލޮރިސް ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.
'60 - އިންގްލެންޑަށް ރަނގަޅު ފުރުސަތެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ސަކާ ފޮނުވާލި ހަމަލާގައި ބާރެއް ނެތް، ފްރާންސް ކީޕަރު ލޮރިސް ވަނީ އެ ބޯޅަ ފަސޭހަކަމާއެކު ހޯދާފައި.
'55 - ފްރާންސަށް ހުސް ފުރުސަތެއް. ކޫންޑޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރާބިއޯ ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފައި.
'54 - ޕެނަލްޓީ ކާމިޔާބުކޮށް، އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ހެރީ ކޭން. އެ ގޯލާއެކު އޭނާ ވަނީ އިންގްލެންޑަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ވޭން ރޫނީގެ ރެކޯޑާ އަރައި ހަމަކޮށްފައި. ކޭން އަދި ރޫނީ ވެސް އިންގްލެންޑް ގައުމީ ޖާޒީގައި ވަނީ 53 ގޯލު ކާމިޔާބުކޮށްފައި.
'52 - ޕެނަލްޓީ އޭރިއާ ތެރެއިން ސަކާއަށް ފްރާންސްގެ ޗުއަމެނީ ކުރި ފައުލަކާ ގުޅިގެން އިންގްލެންޑަށް ޕެނަލްޓީއެއް.
'47 - އިންގްލެންޑްގެ ނުރައްކާތެރި ހަމަލާއެއް. ލޫކް ޝޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޖޫޑް ބެލިންހަމް ފޮނުވާލި ބާރު ހަމަލާ، ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފައި.
'46 - ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ފްރާންސްގެ ޑެމްބެލޭއަށް ރީނދޫ ކާޑެއް.
ދެވަނަ ހާފުގެ ކުޅުން ފަށައިފި.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'43 - ކައިލް ވޯކާއަށް ކުރި ފައުލަކާ ގުޅިގެން ފްރާންސްގެ އެންޓޮއިން ގްރީޒްމަންއަށް ރީނދޫ ކާޑެއް.
'39 - ފްރާންސަށް ރަނގަޅު ފުރުސަތެއް. ތިއޯ ހެނާންޑޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'29 - އިންގްލެންޑްގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ހެރީ ކޭން ފޮނުވާލި ބާރު ހަމަލާ، ގޯލުގެ ކަނަކަށް އަމާޒުވާން ދަނިކޮށް، ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ ފައުލެއް ނޫން ކަމަށް.
'25 - ހެރީ ކޭންއަށް ފްރާންސް ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ ފައުލުކުރިތޯ ބަލައި، ޕެނަލްޓީއެއް ދޭން ޖެހޭތޯ ބެލުމަށް ރެފްރީ ވީއޭއާރަށް ބަަލަނީ.
'22 - އިންގްލެންޑްގެ ނުރައްކަލެއް. ބުކަޔޯ ސަކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހެރީ ކޭން ފޮނުވާލި ހަމަލާ، ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅައިން ލިބުނު ފުރުސަތުން ނުރައްކާކުރެވިފައެއް ނުވޭ.
'21 - ލޫކް ޝޯ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ފްރާންސް ކީޕަރު ހޫގޯ ލޮރިސްއާ ދިމާއަށް.
'19 - ބުކަޔޯ ސަކާއަށް އެޑްރިއެން ރާބިއޯ ކުރި ފައުލަކާ ގުޅިގެން ނުރައްކާ ހިސާބަކުން އިންގްލެންޑަށް ހިލޭ ޖެހުމެއް.
'17 - ފްރާންސުން ގޯލެއް ޖަހައި ލީޑު ހޯދައިފި. އެންޓޮއިން ގްރީޒްމަން ދިން ބޯޅައަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އޯރެލިއެން ޗުއަމެނީ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އިންގްލެންޑް ގޯލުގެ ތިރީ ކަނަކަށް.
'11 - ފްރާންސްގެ ނުރައްކަލެއް. އޮސްމާން ޑެމްބެލޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ވެއްޓިލާފައި، އޮލިވިއާ ޖިރޫ ފޮނުވާލި ހަމަލާ އަމާޒުވީ އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑްއާ ދިމާއަށް.
'9 - ޑެމްބެލޭ ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ފްރާންސް ފޯވަޑް އޮލިވިއާ ޖިރޫއަށް ލިބުމުގެ ކުރިން އިންގްލެންޑް ޑިފެންޑަރު ޖޯން ސްޓޯންސް ދިފާއުކޮށްފި.
'3 - އިންގްލެންޑުގެ ހަމަލާއެއް. ހެންޑަސަން ދިން ބޯޅައަކުން ފޮޑެން ފޮނުވާލި ހަމަލާ، ފްރާންސް ޑިފެންޑަރު ކޫންޑޭ ވަނީ ބްލޮކްކޮށްފައި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ފްރާންސުން.
ގަތަރު ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލް ހަތަރުވަނަ މެޗުގައި އިންގްލެންޑާއި ފްރާންސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!