ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: ނެދަލޭންޑްސް 2-2 އާޖެންޓީނާ (3-4)

10 Dec 08:35

މެޗުގެ އުސްއަލިތައް:

  • މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެއް
  • ބޮޑަށް މެދުތެރެއިން ބޯޅަ ހިފަހައްޓަން ދެޓީމުންވެސް މަސައްކަތް ކުރި
  • މެޗުގެ ފުރަތަމަ ހާފުގައި ގިނަ ކާޑުތަކެއް ފެނުނު
  • އާޖެންޓީނާއިން މެޗުގައި ލީޑު ނެގީ މެސީގެ ޖާދުވީ ޕާހަކުން
  • މެދުތެރެއިން ހާވާލައި މެސީ ދިން ޕާސް ގޯލަށް ޖެހީ މޮލީނާ
  • ފަހުން ނެދަލޭންޑްސްއިން ނުރައްކާ ކުރަން މަސައްކަތް ކުރީ ހިލޭ ޖެހުންތަކުން
  • ދެވަނަ ހާފްގައިވެސް އާޖެންޓީނާއިން ނެދަލޭންޑްސްގެ އެޓޭކަށް މާ ބޮޑު ފުރުސަތެއް ނުދިން
  • ދެވަނަ ހާފްގައި އާޖެންޓީނާ ލީޑު ފުޅާކުރީ މެސީގެ ޕެނަލްޓީން
  • އެ ޕެނަލްޓީއާއެކު އާޖެންޓީނާއިން ހަމަޖެހިލި ނަމަވެސް ނެދަލޭންޑްސްއިން އާދަޔާހިލާފުކޮށް މެޗު އަނބުރާލި
  • ބަދަލަކަށް އެރި ވެގްހޯސްޓްގެ ދެ ގޯލާއެކު ނެދަލޭންޑްސްއިން ނަތީޖާ ހަމަހަމަ ކުރި
  • އޭނާގެ ފަހު ގޯލް ފެނުނީ މެޗުގެ ފަހު ސިކުންތުގައި
  • އިތުރު ވަގުތުގެ ތެރޭގައި ލައުޓާރޯ މާޓިނޭޒާއި މެސީގެ ހަމަލާތައް ނުރައްކާވި
  • އެންޒޯ ފެނާންޑޭޒް ޖެހި ބާރު ބޯޅަ އަމާޒުވީ ދަނޑިއަށް
  • އެ ހަމަލާތައް ކާމިޔާބުނުވެ، މެޗު ދިޔައީ ޕެނަލްޓީއަށް
  • ނެދަލޭންޑްސްގެ އެމިލިއާނޯ މާޓިނޭޒް ދެ ޕެނަލްޓީ މަތަކުރި، އެއާއެކު އާޖެންޓީނާ ސެމީ ޔަގީންކުރި
  • އާޖެންޓީނާ ސެމީގައި ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށް
10 Dec 07:56

ޕެނަލްޓީގައި 4-3 އިން ނެދަލެންޑްސް ބަލިކޮށް، އާޖެންޓީނާ ސެމީއަށް.

10 Dec 07:55

އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

10 Dec 07:54

ނެދަލެންޑްސްގެ ލޫކް ޑި ޔޮންގްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

10 Dec 07:54

އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްގެ ޕެނަލްޓީ ބޭރަށް.

10 Dec 07:53

ނެދަލެންޑްސްގެ ވެގްހޯސްޓްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

10 Dec 07:52

އާޖެންޓީނާގެ މޮންޓިއާލްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

10 Dec 07:51

ނެދަލެންޑްސްގެ ކޫޕްމައިނާސްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

10 Dec 07:50

އާޖެންޓީނާގެ ޕެރޭޑޭސްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

10 Dec 07:50

ނެދަލެންޑްސްގެ ބާގްހައުސް ފޮނުވާލި ޕެނަލްޓީ ވެސް އާޖެންޓީނާ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކޮށްފި.

10 Dec 07:49

އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

10 Dec 07:48

ނެދަލެންޑްސް ކެޕްޓަން ވާޖިލް ވެން ޑައިކްގެ ޕެނަލްޓީ، އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކޮށްފި.

10 Dec 07:44

އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ކުޅުން ވެސް ނިންމާލައިފި. ދެ ޓީމު 2-2 އިން އެއްވަރުވެފައިވުމުން، ނަތީޖާ ނެރުމަށް ދެން ދާނީ ޕެނަލްޓީ ޝޫޓްއައުޓަށް.

10 Dec 07:43

'120+1 - އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްގެ އިތުރު ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ނެދަލެންޑްސް ގޯލުގެ އަރިމަތީ ދަނޑިއަށް.

10 Dec 07:43

'120 - އާޖެންޓީނާގެ އިތުރު ހަމަލާއެެއް. ޕެނަލްޓީ އޭރިއާ ބޭރުން މެސީ ފޮނުވާލި ހަމަލާ، އާޖެންޓީނާގެ ޑިފެންޑަރެއް ގައިގައި ޖެހި ވަނީ ބޭރުވެފައި.

10 Dec 07:42

'119 - އާޖެންޓީނާއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ލައުޓާރޯ މާޓިނޭޒް ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް ވަނީ މަތަކޮށްފައި.

10 Dec 07:39

'117 - އާޖެންޓީނާއަށް އިތުރު ފުރުސަތެއް. ޑި މާރިއާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޖާމަން ޕެޒެލާ ބޮލުން ފޮނުވާލި ހަމަލާ، ނެދަލެންޑްސް ގޯލާ އަމާޒުވެފައެއް ނުވޭ.

10 Dec 07:38

'115 - އާޖެންޓީނާގެ އިތުރު ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން އެންޒޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ، ވެގްހޯސްޓްގެ ފައިގައި ޖެހި، ދިޔައީ ނެދަލެންޑްސް ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

10 Dec 07:37

'114 - އާޖެންޓީނާއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އެންޒޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ، ނެދަލެންޑްސް ކެޕްޓަން ވަނީ ދިފާއުކޮށްފައި.

10 Dec 07:35

'113 - ނެދަލެންޑްސް އިން ވެސް ބަދަލެއް. ގަކްޕޯގެ ބަދަލުގައި ކުޅެން ނުކުތީ ލޭންގް.

10 Dec 07:34

'111 - އާޖެންޓީނާ އިން ބަދަލެއް. ލިސާންޑްރޯ މާޓިނޭޒްގެ ބަދަލުގައި ކުޅެން ނުކުތީ އެންހެލް ޑި މަރީއާ.

10 Dec 07:32

'110 - އާޖެންޓީނާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މެސީ ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

10 Dec 07:28

އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ކުޅުން ފަށައިފި.

10 Dec 07:27

އާޖެންޓީނާ އިން ބަދަލެއް. މޮލީނާގެ ބަދަލުގައި ކުޅެން ނުކުތީ މޮންޓިއާލް.

10 Dec 07:25

އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ނިންމާލައިފި.

10 Dec 07:24

'104 - މެސީ ނަގައިދިން ހިލޭ ޖެހުން، ނެދަލެންޑްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން އޮޓަމެންޑީއަށް ލިބޭ ގޮތެއް ނުވި.

10 Dec 07:12

އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ފަށައިފި.

10 Dec 07:11
10 Dec 07:05

މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. ދެ ޓީމު ވެސް 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވުމުން ދެން ކުޅޭނީ އިތުރު ވަގުތުގެ ދެ ހާފް.

10 Dec 07:04

'90+11 - ނެދަލެންޑްސް އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ހިލޭ ޖެހުމުން ކޫޕްމައިނާސް ޖައްސާލި ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ވެގްހޯސްޓް.

10 Dec 06:52

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދިހަ މިނެޓުގެ ކުޅުން ދައްކައިފި.

10 Dec 06:49

'87 - މެސީއަށް ކުރި ފައުލަކާ ގުޅިގެން ނެދަލެންޑްސްގެ ބާގްހައުސްއަށް ރީނދޫ ކާޑެއް.

10 Dec 06:49
10 Dec 06:48

'85 - ނެދަލެންޑްސްގެ ނުރައްކާތެރި ހަމަލާއެއް. ލޫކް ޑި ޔޮންގް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބާގްހައުސް ފޮނުވާލި ބާރު ހަމަލާ، އާޖެންޓީނާގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.

10 Dec 06:45

'83 - ނެދަލެންޑްސް އިން ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފި. ސްޓީވަން ބާގްހައުސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ވޫޓް ވެގްހޯސްޓް.

10 Dec 06:43

'81 - އާޖެންޓީނާ އިން އިތުރު ބަދަލެއް. އަލްވަރޭޒްގެ ބަދަލުގައި ކުޅެން ނުކުތީ ލައިޓާރޯ މާޓިނޭޒް.

10 Dec 06:42

'78 - ނެދަލެންޑްސް އިން ވެސް ބަދަލެއް. ޑިޕާއީގެ ބަދަލުގައި ވޫޓް ވެގްހޯސްޓް.

10 Dec 06:41

'78 - އާޖެންޓީނާ އިން ދެ ބަދަލެއް. އަކޫނާ އާއި ރޮމޭރޯގެ ބަދަލުގައި ކުޅެން ނުކުތީ ޖާމަން ޕެޒެލާ އާއި ނިކޮލަސް ޓަގްލިއަފީކޯ.

10 Dec 06:34

'73 - ޕެނަލްޓީ ކާމިޔާބުކޮށް، އާޖެންޓީނާއަށް ލީޑު ފުޅާކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީ. އެ ގޯލާއެކު މެސީ މިވަނީ ވޯލްޑް ކަޕްގައި އާޖެންޓީނާއަށް އެންމެ ގިނަ ގޯލު ކާމިޔާބުކުރި ގެބްރިއަލް ބަޓިސްޓޫޓާގެ ރެކޯޑާ އަރައި ހަމަކޮށްފައި. މެސީ އަދި ބަޓިސްޓޫޓާ ވެސް ވަނީ ވޯލްޑް ކަޕް ދިހަ ގޯލު ކާމިޔާބުކޮށްފައި.

10 Dec 06:33

'71 - ޕެނަލްޓީ އޭރިއާ ތެރެއިން މާކޮސް އަކޫނާއަށް ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީޒް ކުރި ފައުލަކާ ގުޅިގެން އާޖެންޓީނާއަށް ޕެނަލްޓީއެއް.

10 Dec 06:28

'66 - އާޖެންޓީނާ އިން ބަދަލެއް. ޑި ޕޯލްގެ ބަދަލުގައި ކުޅެން ނުކުތީ ލިއާންޑްރޯ ޕަރޭޑޭސް.

10 Dec 06:26

'64 - ނެދަލެންޑްސް އިން ބަދަލެއް. ބްލިންޑްގެ ބަދަލުގައި ކުޅެން ނުކުތީ ލޫކް ޑި ޔޮންގް.

10 Dec 06:25

'63 - މެސީ ފޮނުވާލި ހިލޭ ޖެހުން ނުރައްކާ. އޭނާގެ ހިލޭ ޖެހުން، ނެދަލެންޑްސް ގޯލުގެ ހުރަސްދަނޑި ކައިރިން ބޭރަށް.

10 Dec 06:23

'61 - މެސީއަށް ވެން ޑައިކް ކުރި ފައުލަކާ ގުޅިގެން ނުރައްކާ ހިސާބަކުން އާޖެންޓީނާއަށް ހިލޭ ޖެހުމެއް.

10 Dec 06:17

'51 - ޑި ޕޯލް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީއަށް ލިބުމުގެ ކުރިން ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް ކުރިއަށް ނުކުމެ ބޯޅަ ހޯދައިފި.

10 Dec 06:13

ނެދަލެންޑްސް އިން ދެވަނަ ހާފަށް ނުކުތީ ދެ ބަދަލަކާއެކު. ބާގްވައިންގެ ބަަދަލުގައި ސްޓީވަން ބާގްހައުސް، އަދި ޑެ ރޫންގެ ބަދަލުގައި ކުޅެން ނުކުތީ ޓެއުން ކޫޕްމައިނާސް.

10 Dec 06:10

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

10 Dec 05:56

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެއް
  • ބޮޑަށް މެދުތެރެއިން ބޯޅަ ހިފަހައްޓަން ދެޓީމުންވެސް މަސައްކަތް ކުރި
  • މެޗުގެ ފުރަތަމަ ހާފުގައި ގިނަ ކާޑުތަކެއް ފެނުނު
  • އާޖެންޓީނާއިން މެޗުގައި ލީޑު ނެގީ މެސީގެ ޖާދުވީ ޕާހަކުން
  • މެދުތެރެއިން ހާވާލައި މެސީ ދިން ޕާސް ގޯލަށް ޖެހީ މޮލީނާ
  • ފަހުން ނެދަލޭންޑްސްއިން ނުރައްކާ ކުރަން މަސައްކަތް ކުރީ ހިލޭ ޖެހުންތަކުން
10 Dec 05:52
10 Dec 05:51

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެން.

10 Dec 05:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

10 Dec 05:46

'45 - ބޯޅައިގައި އަތްލުމުން އާޖެންޓީނާ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯއަށް ރީނދޫ ކާޑެއް.

10 Dec 05:45

'44 - ޑަމްފްރީސްއަށް ކުރި ފައުލަކާ ގުޅިގެން އާޖެންޓީނާގެ މޯކޮސް އަކޫނާއަށް ރީނދޫ ކާޑެއް. އާޖެންޓީނާ، ސެމީ ފައިނަލަށް ދަތުރުކޮށްފި ނަމަ، އަކޫނާއަށް އެ މެޗުގައި ނުކުޅެވޭނެ.

10 Dec 05:37

'35 - އާޖެންޓީނާ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ކެޕްޓަން ލިއޮނެލް މެސީ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ނަހުއެލް މޮލީނާ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ނެދަލެންޑްސް ގޯލުގެ ތިރީ ކަނަކަށް.

10 Dec 05:32

'33 - އާޖެންޓީނާގެ ހަމަލާއެއް. މެކް އަލިސްޓާ ދިން ބޯޅައަކުން ޑި ޕޯލް ފޮނުވާލި ހަމަލާގައި ބާރެއް ނެތް، އެ ބޯޅަ ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް ވަނީ ފަސޭހަކަމާއެކު ހޯދާފައި.

10 Dec 05:25

'24 - ނެދަލެންޑްސްގެ ހަމަލާއެއް. މެމްފިސް ޑިފާއީ ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ސްޓީވަން ބާގްވައިން ފޮނުވާލި ހަމަލާ، އާޖެންޓީނާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

10 Dec 05:23

'22 - އާޖެންޓީނާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް.

10 Dec 05:16

'16 - ޑެންޒެލް ޑަމްފްރީސް ނަގައިދިން ހުރަސް، އާޖެންޓީނާގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑެލީ ބްލިންޑްގެ ބޮލުގައި ލައްވައެއް ނުލި.

10 Dec 05:11

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ދެ ޓީމުގެ ފަރާތުން ވެސް ފެންނަނީ ދާދި ހަމަހަމަ ކުޅުމެއް. ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

10 Dec 05:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ނެދަލެންޑްސް އިން.

ގަތަރު ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ނެދަލޭންޑްސްއާއި އާޖެންޓީނާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިހާތަނަށް ދެ ޓީމުގެ ނަތީޖާތައް

ނެދަލޭންޑްސް
  • ނެދަލޭންޑްސް ގްރޫޕް ސްޓޭޖު ނިންމާލީވެސް ބަލިނުވެ
  • އެޓީމުން ސެނެގާލާއި ގަތަރު ބަލިކޮށް، އެކުއެޑޯއާ އެއްވަރުކުރި
  • ނެދަލޭންޑްސް ގަދަ 16 ގައި އެމެރިކާ ބަލިކުރީ 3-1 ގެ ނަތީޖާއަކުން
  • ނެދަލޭންޑްސް ކޮޅަށް އަދި ވަނީ އެންމެ ދެ ގޯލް، އެޓީމުން ވަނީ އަށް ގޯލު ޖަހާފައި
އާޖެންޓީނާ
  • އާޖެންޓީނާ ގްރޫޕް ސްޓޭޖު ފެށީ ސައުދީ އަތުއްވި ހައިރާންކުރުވަނިވި ބައްޔަކުން
  • އޭގެ ފަހުން މެކްސިކޯއާއި ޕޮލެންޑް 2-0 އިން ބަލިކޮށް ގަދަ 16 ހޯދި
  • ގަދަ 16ގައި އާޖެންޓީނާއިން އޮސްޓްރޭލިއާ ބަލިކުރީ 2-1 ގެ ނަތީޖާއަކުން
  • އާޖެންޓީނާއަށް މިހާތަށް ތަފާތު ދައްކަމުން ދަނީ މެސީ، އޭނާ ވަނީ ތިން ގޯލު މިހާތަނަށް ޖަހާފައި

ތާރީހީ ކުރިމަތިލުމެއް، ވޯލްޑް ކަޕްގެވެސް ތާރީހު ބޮޑު

  • ނެދަލޭންޑްސްއާއި އާޖެންޓީނާ އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ކުރިމަތިލީ 1974 ވަނަ އަހަރު
  • އެ ފަހަރު ނެދަލޭންޑްސް އިން އާޖެންޓީނާ ބަލިކުރީ 4-0ގެ ނަތީޖާއަކުން
  • އޭގެ ހަތަރު އަހަރު ފަހުން އާޖެންޓީނާ އިން ނެދަލޭންޑްސްގެ ކިބައިން ބަދަލުހިފީ އަމިއްލަ ގައުމުގައި
  • 1978 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އިތުރު ވަގުތު ދެ ގޯލު ޖަހައި އާޖެންޓީނާ އިން ނެދަލޭންޑްސް ބަލިކުރީ 3-1ގެ ނަތީޖާއަކުން
  • 20 އަހަރު ފަހުން 1998 ވަނަ އަހަރު ފްރާންސް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އަނެއްކާވެސް ނެދަލޭންޑްސް އިން އާޖެންޓީނާގެ ކިބައިން ބަދަލުހިފި
  • ފަހަރު ނެދަލޭންޑްސް އިން އާޖެންޓީނާ ބަލިކޮށް ސެމީއަށް ދިޔަ ނަމަވެސް ސެމީގައި ބްރެޒިލް އަތްދަށުވި
  • ދެ ގައުމުން ވޯލްޑް ކަޕްގައި އެންމެފަހުން 2014 ވަނަ އަހަރު ވާދަކޮށް، އާޖެންޓީނާ 1990 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ފައިނަލަށް ދިޔައީ ޕެނަލްޓީގައި ނެދަލޭންޑްސް ބަލިކޮށް
  • އެފަހަރު ފައިނަލްގައި އާޖެންޓީނާ ބަލިވީ ޖަރުމަނު އަތުން