ބޮލީވުޑް

ސޫރްޔަވަންޝީގައި އަކްޝޭއާއެކު ޖަކްލީން

ރޯހިތު ޝެޓީގެ ފިލްމު ސޫރްޔަވަންޝީގެ އައިޓީއެސް ޗީފްގެ ރޯލުން އަކްޝޭ ކުމާރު ފެނިގެން ދާނެކަން ވަނީ ފިލްމު ސިމްބާ ނިމުނުއިރު އިއުލާން ކޮށްފައެވެ.

ފިލްމުގެ ޕޯސްޓަރު ރިލީސްކުރުމާއެކު ފިލްމުގެ ބަޒް ވަނީ އުފެދިންގެން ގޮސްފައެވެ. އަދި މިހާރު މިވަނީ ފިލްމުގެ ލީޑް ބަތަލާވެސް އިއުލާނުކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެންމެ ފަހުން ރޭސް ތިނަކުން ފެނިގެން ދިޔަ ބަތަލާ ޖަކްލީން ފެނާންޑީޒް ވަނީ މި ފިލްމުގެ ލީޑް ބަތަލާއަކަށް ނަގައިފައެވެ. މީގެ ކުރިން އަކްޝޭއާއެކު ޖަކްލީން ވަނީ ފިލްމު "ބްރަދާސް" އާއި "ހައުސްފުލް 3" ގައި މަސައްކަތް ކޮށްފައެވެ.

ސޫރްޔަވަންޝީއަކީ ރޯހިތު ޝެޓީ ފުލުހުންގެ މަސައްކަތަށް ހަދާ ފިލްމު ސީރީޒްތައް ކަމަށްވާ އަޖޭ ދޭވްގަންގެ ސިންގަމް އާއި ރަންވީރުގެ ސިމްބާގެ ބައެކެވެ.

މީގެ ކުރިން މި ފިލްމުގެ ބަތަލާގެ ރޯލުން ކެޓްރީނާ ކައިފް ފެނިގެންދާނެ ކަމަށްވެސް ވަނީ އަޑުފެތުރިފައެވެ. ނަމަވެސް ރޯހިތު ވަނީ އެކަން ދޮގުކޮށްފައެވެ. އަދި ސޯނަމް ކަޕޫރުވެސް ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނެ ކަމުގެ އަޑުތައް ކުރިން ވަނީ ފެތުރިފައެވެ.

މި ފިލްމަކީ އަކްޝޭ އާއި ރޯހިތު އެކީގައި ފުރަތަމަ މަސައްކަތް ކުރާ ފިލްމެވެ.

އަކްޝޭ މިހާރު މަސައްކަތް ކުރަމުން އަންނަނީ އަނުރާގް ސިންގްގެ "ކޭސަރީ" ގައެވެ. އެ ފިލްމުގައި އަކްޝޭއާއެކު ޕަރިނިތީ ފެނިގެން ދާނެއެވެ. ޖަކްލީން މަސައްކަތް ކުރަމުން އަންނަނީ ސުޝާންތް ސިންގް ރާޖްޕުތްއާއެކު ފިލްމު "ޑްރައިވް" ގައެވެ.