ބޮލީވުޑް

ވިކީ އާއި ހަރްލީން ދުރުވީ ކެޓްރީނާއާ ހެދިބާ؟

ފިލްމު ޔޫރީގެ ކާމިޔާބީއާ އެކު ބަތަލު ވިކީ ކުޝާލްގެ ނަންވެސް ބޮލީވުޑްގައި ވިދާލައިގެންދިޔައެވެ. އޭގެ ފަހުން ވިކީ އާއި ހަރްލީން ރައްޓެހިވެގެން އުޅޭކަމުގެ ހަބަރުތައް ފެތުރިންގެން ދިޔައެވެ.

ހަރްލީން އާއި ވިކީ ވެސް އެދެތަރިންގެ ގުޅުން ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ. ވިކީ އިންޓަވިއުއެއްގައި ބުނީ ދެ ތަރިންގެ ގުޅުން ފެށުނީ މީގެ އަހަރެއް ކުރިން ކަމަށާއި، އެކުގައި އުޅެނީ ވަރަށް އުފަލުގައި ކަމަށެވެ. ގާތް ރަހުމަތްތެރިންތަކެއްގެ ފަރާތުން ދެމީހުން ދިމާވެފައިވާއިރު، ދެމީހުންގެ ދޭތެރޭގައިވެސް މާ ގިނަ ސުވާލުތަކެއް ނުއުފެދޭ ކަމަށާއި އެ ދެތަރިންނަކީ ދެމީހުންގެ އެންމެ ބޮޑު އެއް ކްރިޓިކްސްކަަމަށްވެސް ވިކީ ބުނެފައިވެއެވެ.

ވިކީ އާއި ހަރްލީންގެ ގުޅުމުގެ ވާހަކަތައް އެހާ ބޮޑަށް ފެތުރިފައިވާއިރު ދެން އިވެން ފެށީ ދެމީހުން ދުރުވި ވާހަކައެވެ. ހަރްލީންގެ އިންސްޓަގްރާމުން ވިކީ އަންފޮލޯ ކުރިކަމަށްވެސް ވެއެވެ. އަދި މި ދެތަރިން ދުރުވުމުގެ މައްސަލައަކަށްވީ ކެޓްރީނާ ކައިފް ކަމަށްވެސް ވެއެވެ.

ކަރަން ޖޯހަރުގެ ކޮފީ ވިތް ކަރަން ޝޯގައި ކެޓްރީނާ ވަނީ ވިކީ އާއި އެކު އޭނާ މާ ގުޅޭ ކަމަށް ބުނެފައެވެ. އަދި ވިކީ ކައިރީ މިވާހަކަ ހިއްސާކުރުމުން އޭނާ ސޯފާއިން ވެއްޓުނުކަމަށްވެސް ވެއެވެ. އޭގެ ފަހުން އެވޯޑު ހަފުލާއަކުން ދެ ތަރިން ބައްދަލުވި ކަމަށާއި މަޖަލަކަށް ވިކީ ވަނީ ކެޓްރީނާ ކައިރިން އިންނަން އަހާފައި ކަމަށްވެސް ވެއެވެ. "މުޖްސޭ ޝާދީ ކަރޯގީ" ލަވަ ކެޓްރީނާއަށް މަޖަލަކަށް ހަދާފަ ވިކީ އެ ހަފުލާގައި ކިޔައިދިންކަމަށް ވެސް ވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ވިކީ އާއި ކެޓްރީނާގެ މި ގުޅުން ހަރްލީންއަށް އެނގުމުން އޭނާ ދުރުވީއެވެ. އަދި ވިކީ ވަނީ ކެޓްރީނާއާ އެކު ހަރްލީންއަށް ޗީޓްކޮށްފައި ކަމަށްވެސް ރިޕޯޓްތައް ބުނެެއެވެ.

ވިކީ އާއި ހަރްލީން މިވަނީ އެކީގައި "ޓޭޕް ކާސްޓް" މިކާ ޕްރޮގްރާމަކުން ފެނިފައެވެ. އެހެން ކަމުން މިހާރު ސުވާލަކީ އެދެތަރިންގެ ދެމެދުގައި މައްސަލަ ޖެހުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ބާވައެވެ. އެއީ ޕްރޮމޯޝަނަލް ސްޓަންޓެއް ބާއެވެ؟.