އިންޑިއާ

މަޖިލިސް އިންތިހާބާ ގުޅޭގޮތުން ގާސިމް އާއި މިނިސްޓަރު ސުޝްމާ މަޝްވަރާކުރައްވައިފި

އަހުމަދު ޖައިޝަން

1

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅޭގޮތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ސުޝްމާ ސުވަރާޖް މަޝްވަރާކުރައްވައިފި އެވެ.

މިނިސްޓަރު ސުޝްމާ މިއަދު ވަނީ ގާސިމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީސްކުރާގޭގައި މިއަދު ބޭއްވެވި ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން ފާހަގަކުރައްވާފައިވެއެވެ. އަދި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް އަލިއަޅުއްވާލައްވައި ގާސިމް ވަނީ އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސުޝްމާ ވިދާޅުވީ އިންޑިޔާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ މަށެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟