ސްޕެއިން ކަޓުވާލުމަށްފަހު، މޮރޮކޯ ކުއާޓާ ފައިނަލަށް. މިއީ މޮރޮކޯ، ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރު.
މޮރޮކޯގެ އަޝްރަފް ހަކީމީގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ސްޕެއިންގެ ކެޕްޓަން ބުސްކެޓްސްގެ ޕެނަލްޓީ، މޮރޮކޯގެ ކީޕަރު ބޯނޯ މަތަކޮށްފި.
މޮރޮކޯގެ ބެނޫންގެ ޕެނަލްޓީ، ސްޕެއިންގެ ކީޕަރު ސިމޮން މަތަކޮށްފި.
ސްޕެއިންގެ ކާލޮސް ސޮލޭގެ ޕެނަލްޓީ، މޮރޮކޯގެ ކީޕަރު ބޯނޯ މަތަކޮށްފި.
މޮރޮކޯގެ ހަކީމް ޒިޔެޗްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ސްޕެއިންގެ ޕަބްލޯ ސަރަބިއާގެ ޕެނަލްޓީ، ގޯލުގެ ދަނޑިއަށް.
މޮރޮކޯގެ ސަބީރީ ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށްފި.
އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ކުޅުން ވެސް ނިންމާލައިފި. އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ނުނެރެވުމުން ދެން ދާނީ ޕެނަލްޓީ ޝޫޓްއައުޓަށް.
'120+3 - ސްޕެއިންގެ ނުރައްކަލެއް. ސޮލޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސަރަބިއާ ފޮނުވާލި ހަމަލާ އަމާޒުވީ މޮރޮކޯ ގޯލުގެ އަރިމަތީ ދަނޑިއަށް.
'118 - ސްޕެއިނުން ބަދަލެއް. ނިކޯ ވިލިމްސްގެ ބަދަލުގައި ކުޅެން ނުކުތީ ޕަބްލޯ ސަރަބިއާ.
އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ކުޅުން ފަށައިފި.
އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ނިންމާލައިފި.
'104 - މޮރޮކޯއަށް ރަނގަޅު ފުރުސަތެއް. އޫނާހީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވާލިދް ޗެޑީރާ ފޮނުވާލި ހަމަލާ، ސްޕެއިންގެ ކީޕަރު ސިމޮން ވަނީ މަަތަކޮށްފައި.
'100 - މޮރާޓާ ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން މޮރޮކޯގެ ސަބީރީ ދިފާއުކޮށްފި.
'98 - ސްޕެއިނުން ދެ ބަދަލެއް. އަލްބާ އާއި އޮލްމޯގެ ބަދަލުގައި ކުޅެން ނުކުތީ އަލަހެންޑްރޯ ބަލްޑޭ އާއި އަންސޫ ފަޓީ.
އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ފަށައިފި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން. ނަތީޖާ ނެރުމަށް ދެން ކުޅޭނީ އިތުރު ވަގުތުގެ ދެ ހާފު.
'90+5 - ސްޕެއިންގެ އިތުރު ނުރައްކަލެއް. ހިލޭ ޖެހުމަކުން އޮލްމޯ ފޮނުވާލި ބޯޅަ، މޮރޮކޯގެ ކީޕަރު ބޯނޯ ވަނީ މަތަކޮށްފައި.
90+2 - ސްޕެއިންގެ ނުރައްކަލެއް. ކާލޮސް ސޮލާ ނަގައިދިން ހިލޭ ޖެހުމަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މޮރާޓާ ބޮލުން ފޮނުވާލި ހަމަލާ، މޮރޮކޯގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
'89 - ސްޕެއިންގެ ނުރައްކަލެއް. ކައުންޓާ އެޓޭކެއްގައި މޮރާޓާ ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ނިކޯ ވިލިއަމްސް ފޮނުވާލި ހަމަލާ، މޮރޮކޯގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.
'85 - މޮރޮކޯ އިން އިތުރު ބަދަލެއް. އެގާޑްގެ ބަދަލުގައި ކުޅެން ނުކުތީ އެލް ޔާމިގް.
'83 - މޮރޮކޯ އިން ތިން ބަދަލެއް. އާމަލާ އާއި އެން ނެސީރީ އާއި މަޒްރާއީގެ ބަދަލުގައި ކުޅެން ނުކުތީ ޗެޑީރާ އާއި އަތިއަތަﷲ އަދި ސަބީރީ.
'81 - ސްޕެއިންގެ ނުރައްކަލެއް. ނިކޯ ވިލިއަމްސް ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން މޮރާޓާ ފޮނުވާލި ބޯޅަ ދިޔައީ މޮރޮކޯ ގޯލު ކުރިމަތިން ބޭރަށް.
'78 - ސްޕެއިންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑެނީ އޮލްމޯ ފޮނުވާލި ހަމަލާ، މޮރޮކޯގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'76 - ހަކީމީއަށް ކުރި ފައުލަކާ ގުޅިގެން ސްޕެއިންގެ އޭމެރިކް ލަޕޯޓްއަށް ރީނދޫ ކާޑެއް.
'76 - ސްޕެއިނުން ބަދަލެއް. ފެރާން ޓޮރޭސްގެ ބަދަލުގައި ކުޅެން ނުކުތީ ނިކޯ ވިލިއަމްސް.
'66 - މޮރޮކޯ އިން ބަދަލެއް. ބޫފާލްގެ ބަދަލުގައި ކުޅެން ނުކުތީ އަބްދޭ އެޒަލްޒޫލީ.
'63 - ސްޕެއިނުން ދެ ބަދަލެއް. އަސެންސިއޯ އާއި ގަވީގެ ބަދަލުގައި ކުޅެން ނުކުތީ އަލްވާރޯ މޮރާޓާ އާއި ކާލޮސް ސޮލާ.
'54 - ސްޕެއިންގެ ނުރައްކާތެރި ހަމަލާއެއް. ހިލޭ ޖެހުމުން މާކޯ އަސެންސިއޯ ޖައްސާލި ބޯޅައިން ޕެނަލްޓީ އޭރިއާ ބޭރުން ޑެނީ އޮލްމޯ ފޮނުވާލި ބާރު ހަމަލާ، މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯ ވަނީ މަތަކޮށްފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.
'43 - ސްޕެއިނުން ޕާސްތަކާއެކު ކުރިއަށް ޖެހި، ނުރައްކާކުރުމަށް މަސައްކަތްކުރަމުންދާ އިރު، މޮރޮކޯ އިން އަންނަނީ ލިބޭ މަދު ފުރުސަތުތަކުގައި ސްޕެއިންގެ ގޯލަށް ނުރައްކާކުރަމުން.
'42 - މޮރޮކޯގެ ނުރައްކަލެއް. ބޫފާލް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ނަޔެފް އަގޭޑް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސްޕެއިން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'33 - މޮރޮކޯގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ނޫސައިރް މަޒްރާއީ ފޮނުވާލި ހަމަލާ، ސްޕެއިންގެ ކީޕަރު އުނައި ސިމޮން ވަނީ މަތަކޮށްފައި.
'26 - ސްޕެއިންގެ ނުރައްކަލެއް. ޖޯޑީ އަލްބާ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ މާކޯ އަސެންސިއޯ ފޮނުވާލި ހަމަލާ، މޮރޮކޯގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'22 - މޮރޮކޯގެ ނުރައްކާތެރި ހުރަހެއް. މާކޯސް ލޮރެންޓޭ ކައިރިން ނައްޓާލުމަށްފަހު ސޮފްޔާން ބުފާލް ނަގައިދިން ހުރަހުން މޮރޮކޯއަށް ނުރައްކާ ކުރެވިފައެއް ނުވޭ.
'11 - ބުފާލްއަށް ކުރި ފައުލަކާ ގުޅިގެން ނުރައްކާ ހިސާބަކުން މޮރޮކޯއަށް ހިލޭ ޖެހުމެއް. އަޝްރަފް ހަކީމީ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ސްޕެއިން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'5 - ސްޕެއިނުން ފެށީ އެޓީމުގެ ރަސްމީ ކުޅުމުން. ގިނަ ޕާސްތަކަކާއެކު މޮރޮކޯގެ ގޯލަށް ނުރައްކާކުރުމަށް ސްޕެއިނުން އަންނަނީ މަސައްކަތްކުރަމުން. ނަމަވެސް މޮރޮކޯގެ ހުރިހާ ކުޅުންތެރިން އަމިއްލަ ހާފުގައި ކުޅެމުންދާތީ އެޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ސްޕެއިނަށް އުނދަގޫތަކެއް ކުރިމަތިވާކަން ފާހަގަކޮށްލެވޭ.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްޕެއިނުން.
ގަތަރު ވޯލްޑް ކަޕް 2022ގެ ގަދަ 16ގެ ހަތްވަނަ މެޗުގައި ސްޕެއިނާއި މޮރޮކޯ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!