ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: ޖަޕާން 1-1 ކްރޮއޭޝިއާ (1-3)

06 Dec 03:46

ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް.

06 Dec 03:43

ކްރޮއޭޝިއާގެ ޕަސަލިޗްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

06 Dec 03:43

ޖަޕާން ކެޕްޓަން ކެޕްޓަން ޔޮޝީޑާ ފޮނުވާލި ޕެނަލްޓީ ވެސް ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް މަތަކޮށްފި.

06 Dec 03:41

ކްރޮއޭޝިއާގެ ލިވާޔާގެ ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް.

06 Dec 03:40

ޖަޕާނުގެ އަސާނޯގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

06 Dec 03:40

ކްރޮއޭޝިއާގެ ބްރޮޒިވިޗްގެ ޕެނަލްޓީ ކާމިޔާބު.

06 Dec 03:39

ޖަޕާންގެ މިޓޮމާގެ ޕެނަލްޓީ ވެސް ކްރޮއޭޝިއާ ކީޕަރު ލިވަކޮވިޗް މަތަކޮށްފި.

06 Dec 03:39

ކްރޮއޭޝިއާގެ ނިކޮލާ ވްލަސިޗްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

06 Dec 03:38

ޖަޕާންގެ މިނަމީނޯ ފޮނުވާލި ޕެނަލްޓީ، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް މަތަކޮށްފި.

06 Dec 03:34

އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ކުޅުން ވެސް ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން. ދެން ނަތީޖާ ނެރުމަށް ދާން ޖެހޭނީ ޕެނަލްޓީ ޝޫޓްއައުޓްއަށް.

06 Dec 03:33

'120+1 - ކްރޮއޭޝިއާގެ ނުރައްކަލެއް. ޕެނަލްޓީ އެރިއާ ބޭރުން މާޔާ ފޮނުވާލި ހަމަލާ ދިޔައީ ޖަޕާން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

06 Dec 03:30

'119 - ކްރޮއޭޝިއާ އިން ކުރި ޖެހި ނުރައްކާކުރުމަށް މަސައްކަތްކުރަމުންދިޔަ ނަމަވެސް، ޖަޕާންގެ ޑިފެންސް ފެންނަނީ ވަރުގަދަކޮށް.

06 Dec 03:20

'105 - ކްރޮއޭޝިއާ އިން ދެ ބަދަލެއް. ބުޑިމިއާގެ ބަދަލުގައި ލިވާޔާ އަދި ޕެރިސިޗްގެ ބަދަލުގައި ކުޅެން ނުކުތީ އޯސިޗް.

06 Dec 03:19

އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ކުޅުން ފަށައިފި.

06 Dec 03:15

އިތުރު ވަގުތުގެ ފުރަތަަމަ 15 މިނެޓުގެ ކުޅުން ނިންމާލައިފި. އަދިވެސް 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު.

06 Dec 03:13

'115 - ޖަޕާނުގެ ނުރައްކާތެރި ހަމަލާއެއް. ޖަޕާންގެ ހާފްގެ ތެރެއިން ބޯޅަ ހިފައިގެން ގޮސް، ޕެނަލްޓީ އޭރިއާ ބޭރުން ކައޯރޫ މިޓޮމާ ފޮނުވާލި ބާރު ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފައި.

06 Dec 03:09

'100 - ކްރޮއޭޝިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޕެރިސިޗް ފޮނުވާލި ހަމަލާ، އިޓޯ ވަނީ ބްލޮކްކޮށްފައި.

06 Dec 03:06

'98 - ކްރޮއޭޝިއާ އިން ދެ ބަދަލެއް. ކެޕްޓަން މޮޑްރިޗާއި ކޮވިސިޗްގެ ބަދަލުގައި ކުޅެން ނުކުތީ ވްލަސިޗް އަދި މާޔާ.

06 Dec 02:57

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފަށައިފި.

06 Dec 02:53

މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. ދެވަނަ ހާފު ނިމުނު އިރު، 1-1 ގެ ނަތީޖާއަކުން އެއްވަރުފައި އޮތުމުން ދެން ކުޅޭނީ އިތުރު ވަގުތުގެ ދެ ހާފު.

06 Dec 02:45

'87 - ޖަޕާނުން ބަދަލެއް. ޑޮއާންގެ ބަދަލުގައި ކުޅެން ނުކުތީ ޓަކޫމީ މިނަމީނޯ.

06 Dec 02:40
06 Dec 02:39

'82 - ޔުރަނޮވިޗް ނަގައިދިން ހުރަހުން ޕެނަލްޓީ އޭރިއާ ތެރެއިން ޕެރިސިޗް ނުރައްކާކުރުމުގެ ކުރިން ކީޕަރު ގޮންޑާ ކުރިއަށް ނުކުމެ ބޯޅަ ދިފާއުކޮށްފި.

06 Dec 02:26
06 Dec 02:26

'68 - ކްރޮއޭޝިއާގެ ބަދަލެއް. ކްރަމަރިޗްގެ ބަދަލުގައި ކުޅެން ނުކުތީ މާރިއޯ ޕަސަލިޗް.

06 Dec 02:24

'64 - ޖަޕާނުން ދެ ބަދަލެއް. ނަގަޓޯމޯގެ ބަދަލުގައި ކައޮރޫ މިޓޯމާ، އަދި މައޭޑާގެ ބަދަލުގައި ކުޅެން ނުކުތީ ޓަކޫމާ އަސާނޯ.

06 Dec 02:22

'63 - ކްރޮއޭޝިއާގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކްރޮއޭޝިއާ ކެޕްޓަން ލޫކާ މޮޑްރިޗް ފޮނުވާލި ބާރު ހަމަލާ، ގޯލުގެ ކަނަކަށް އަމާޒުވާން ދަނިކޮށް، ޖަޕާންގެ ކީޕަރު ގޮންޑޯ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

06 Dec 02:20

'62 - ކްރޮއޭޝިއާ އިން ބަދަލެއް. ޕެޓްކޮވިޗްގެ ބަދަލުގައި ކުޅެން ނުކުތީ އަންޓޭ ބުޑިމިއާ.

06 Dec 02:15

'57 - ޖަޕާންގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އެންޑޯ ފޮނުވާލި ބާރު ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ މަތަކޮށްފައި.

06 Dec 02:14

'55 - ކްރޮއޭޝިއާ އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ޑެޖާން ލޮވްރެން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗް.

06 Dec 02:03

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

06 Dec 01:50

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗުގެ ކުރީކޮޅުގައި ދެ ޓީމަށްވެސް ފުރުސަތުތައް ލިބިފައިވޭ
  • ޖަޕާނުގެ ޓަނީގޫޗީއާއި ޑައިޗީ ކަމަޑާގެ ހަމަލާތައް ގޯލާ އަމާޒުވެފައެއް ނުވޭ
  • އަނެއްކޮޅުން ކްރޮއޭޝިއާއަށް ލިބުނު ފުރުސަތުތަކުގައި ގުވާޑިއޯލް ފޮނުވާލި ހަމަލާ ދިޔައީ ބޭރަށް
  • އިވާން ޕެރިސިޗްއަށް ލިބުނު ބޯޅައިގައި ފޮނުވާލި ހަމަލާ މަތަކުރީ ކީޕަރު ގޮންޑާ
  • ހާފު ނިމެން ދަނިކޮށް ޖަޕާނުން ލީޑު ނެގި، ގޯލު ޖެހީ މައޭޑާ
06 Dec 01:48

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖަޕާން ކުރީގައި އޮވެގެން.

06 Dec 01:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.

06 Dec 01:46
06 Dec 01:45

'43 - ޖަޕާނުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ރިޓްސޫ ޑޮއާން ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ކްރޮއޭޝިއާއަށް ދިފާއުނުކުރެވުމާއެކު ލިބުނު ބޯޅައަކުން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑައިޒެން މައޭޑާ.

06 Dec 01:41

'41 - ޖަޕާނަށް ރަނގަޅު ފުރުސަތެއް. އެންޑޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑައިޗީ ކަމަޑާ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

06 Dec 01:34
06 Dec 01:30

'29 - ބޯނާ ބޮރިސިޗް ނުރައްކާތެރި ހުރަހެއް ނެގި ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން ކްރޮއޭޝިއާ ފޯވަޑް ކްރަމަރިޗްއަށް އެ ބޯޅަ ލިބޭ ގޮތެއް ނުވި.

06 Dec 01:27
06 Dec 01:25

'24 - ކްރޮއޭޝިއާގެ ހަމަލާއެއް. ލޫކާ މޮޑްރިޗް ފޮނުވާލި ހިލޭ ޖެހުމެއްގެ ތެރެއިން ލިބުނު ބޯޅައަކުން، ޖޮސްކޯ ގުވާޑިއޯލް ހަމަލާއެއް ފޮނުވާލި ނަމަވެސް، ޖަޕާންގެ ގޯލާ އަމާޒުވެފައެއް ނުވޭ.

06 Dec 01:20

'20 - ބޮޑަށް ނުރައްކާކޮށް ފެންނަނީ ޖަޕާން. އެޓީމުން އަންނަނީ ހުރަސްތަކެއް ނަގައިގެން ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާކުރުމަށް މަސައްކަތްކުރަމުން.

06 Dec 01:14

'13 - ޖަޕާންގެ ޖުންޔާ އިޓޯގެ ނުރައްކާތެރި ބޯޅައެއް. އޭނާ ދިން ބޯޅަ، ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން މަސައްކަތްކުރި ޑައިޒެން މައޭޑާ އަދި ޔޫޓޯ ނަގަޓޯމޯގެ ފައިގައި ވެސް ލައްވާލައިފައެއް ނުވޭ.

06 Dec 01:11

'8 - ކްރޮއޭޝިއާއަށް ހުސް ފުރުސަތެއް. ޖަޕާން ޑިފެންޑަރު ޓެކެހީރޯ ޓޮމިޔާސޫ އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއިން އިވާން ޕެރިސިޗް ފޮނުވާލި ހަމަލާ، ޖަޕާން ކީޕަރު ޝުއިޗީ ގޮންޑާ ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅައަށް ކްރޮއޭޝިއާ ފޯވަޑް އަންދްރޭ ކްރަމަރިޗް މަސައްކަތްކުރި ނަމަވެސް، އޭނާއަށް އެ ބޯޅަ ނިންމައިލެވިފައެއް ނުވޭ.

06 Dec 01:03

'3 - ޖަޕާންގެ ނުރައްކަލެއް. ރިޓްސޫ ޑޮއާން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޝޮގޯ ޓަނީގޫޗީ ބޮލުން ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

06 Dec 01:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ކްރޮއޭޝިއާ އިން.

ގަތަރު ވޯލްޑް ކަޕް 2022ގެ ގަދަ 16ގެ ފަސްވަނަ މެޗުގައި ކްރޮއޭޝިއާ އާއި ޖަޕާން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ގަދަ 16 އަށް ދެ ޓީމުން ކުރި ދަތުރު

ޖަޕާން
  • ޖަޕާނުން މެޗަށް ނުކުންނާނީ ތާރީހުގައި ފުރަތަމަ ކުއާޓާ ފައިނަލް ހޯދަން
  • އެޓީމުން ގްރޫޕް ސްޓޭޖުގައި ޖަރުމަނާއި ސްޕެއިން ބަލިކުރި
  • ކޮސްޓަ ރީކާ އަތުން ބަލިވި ނަމަވެސް ޖަޕާން އޮތީ ރަނގަޅު ފޯމެއްގައި
  • ޖަޕާނުން ޖަރުމަނާއި ސްޕެއިންވެސް ބަލިކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން
  • ކޮސްޓަ ރީކާ އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުން
  • ޖަޕާނަކީ ގްރޫޕް އީގެ އެއްވަނަ ޓީމް
ކްރޮއޭޝިއާ
  • ކްރޮއޭޝިއާއަކީ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަނަރަޕް ޓީމު
  • ގްރޫޕް ސްޓޭޖުގައި އެޓީމުން ކުޅުނު ތިން މެޗުގައިވެސް ބަލިވެފައެއް ނުވޭ
  • މޮރޮކޯއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން އެއްވަރުވީ ގޯލެއް ނުޖެހި
  • ދެވަނަ މެޗުގައި 4-1 އިން ކެނެޑާ ބަލިކޮށްފައިވާ އިރު، ތިންވަނަ މެޗުގައި ބެލްޖިއަމްއާ އެއްވަރުކުރި
  • ކްރޮއޭޝިއާއަކީ ގްރޫޕް އެފްގެ ދެވަނަ ޓީމު