ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: އިންގްލެންޑް 3-0 ސެނެގާލް (ފުލްޓައިމް)

05 Dec 06:56

މެޗުގެ އުސްއަލިތައް:

  • މެޗުގެ ކުރީކޮޅުގައި އިންގްލެންޑުން ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ގޯލު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވޭ
  • ސެނެގާލުން ވެސް އިންގްލެންޑްގެ ގޯލަށް ނުރައްކާކުރި، އެގޮތުން އިސްމާއިލާ ސާއަށް ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް
  • އޭގެ ފަހުން ސެނެގާލް ފޯވަޑް ބޫލާޔޭ ޑިއާ ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޖޯޑަން ފިކްފޯޑް ވަނީ ހުޝިޔާރުމާއެކު މަތަކޮށްފައި
  • އިންގްލެންޑަށް ގޯލު ޖަހައި ލީޑު ހޯދައިދިނީ ޖޯޑަން ހެންޑަސަން
  • އިންގްލެންޑުގެ ދެވަނަ ގޯލާއެކު އެޓީމަށް ލީޑު ފުޅާކޮށްދިނީ ހެރީ ކޭން
  • ދެވަނަ ހާފުގައިވެސް އިންގްލެންޑް ފެށީ ވަރުގަދަކޮށް
  • ހާފުގެ ކުރީކޮޅުގައި ފޮޑެންގެ ބޯޅައަކުން ސަކާ ތިންވަނަ ގޯލެއް ޖެހި
  • އޭގެފަހުން މެޗުގެ ފަހުކޮޅުގައި ހަމަލާތައް މަދު
  • އިންގްލެންޑުން އޭގެ ފަހުން ހަމަޖެހިލައިގެން ނިންމާލީ ފަސޭހަ ކަމާއެކުގައި
  • އިންގްލެންޑުން ކުއާޓާ ފައިނަލްގައި ނުކުންނާނީ ފްރާންސާ ދެކޮޅަށް
05 Dec 06:53

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެން. އިންގްލެންޑް ކުއާޓާއަށް.

05 Dec 06:49

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

05 Dec 06:40

'82 - އިންގްލެންޑުން އިތުރު ބަދަލެއް. ހެންޑަސަންގެ ބަދަލުގައި ކުޅެން ނުކުތީ ކެލްވިން ފިލިޕްސް.

05 Dec 06:36

'76 - އިންގްލެންޑުން ދެ ބަދަލެއް. ބެލިންހަމް އާއި ސްޓޯންސްގެ ބަދަލުގައި މޭސަން މައުންޓާއި އެރިކް ޑަޔާ.

05 Dec 06:34

'76 - އިންގްލެންޑް ކެޕްޓަން ހެރީ ކޭންއަށް ކުރި ފައުލަކާ ގުޅިގެން ސެނެގާލް ކެޕްޓަން ކަލިދޫ ކޫލިބަލީއަށް ރީނދޫ ކާޑެއް.

05 Dec 06:32

'74 - ސެނެގާލްގެ ނުރައްކަލެއް. ޕަޕް މަޓާ ސާ ފޮނުވާލި ހިލޭ ޖެހުން ދިޔައީ އިންގްލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

05 Dec 06:30

'72 - ސެނެގާލުން ބަދަލެއް. ބޫލާޔޭ ޑިއާގެ ބަދަލުގައި ކުޅެން ނުކުތީ ފަމަރާ ޑިއެދިއޫ.

05 Dec 06:23

'65 - އިންގްލެންޑުން ދެ ބަދަލެއް. ފޮޑެން އާއި ސަކާގެ ބަދަލުގައި ކުޅެން ނުކުތީ ޖެކް ގްރީލިޝް އާއި މާކަސް ރަޝްފޯޑް.

05 Dec 06:17
05 Dec 06:16

'57 - އިންގްލެންޑުން ތިން ގޯލުގެ ލީޑެއް ހޯދައިފި. ފޮޑެން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ޖެހި ތިންވަނަ ގޯލު.

05 Dec 06:15

'56 - އިންގްލެންޑްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ހެރީ ކޭން ފޮނުވާލި ބާރު ހަމަލާ، ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ ވަނީ މަތަކޮށްފައި.

05 Dec 06:07
05 Dec 06:05

ސެނެގާލުން ދެވަނަ ހާފަށް ނުކުތީ ތިން ބަދަލަކާއެކު. އެންޑިއާޔޭ އާއި ޑިއާޓޭ އަދި ސީސްގެ ބަދަލުގައި ކުޅެން ނުކުތީ ބަމްބާ ޑިއެންގާއި ޕާޕް ގޭ އަދި ޕާޕް ސާ.

05 Dec 06:03

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

05 Dec 05:51

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗުގެ ކުރީކޮޅުގައި އިންގްލެންޑުން ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ގޯލު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވޭ
  • ސެނެގާލުން ވެސް އިންގްލެންޑްގެ ގޯލަށް ނުރައްކާކުރި، އެގޮތުން އިސްމާއިލާ ސާއަށް ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް
  • އޭގެ ފަހުން ސެނެގާލް ފޯވަޑް ބޫލާޔޭ ޑިއާ ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޖޯޑަން ފިކްފޯޑް ވަނީ ހުޝިޔާރުމާއެކު މަތަކޮށްފައި
  • އިންގްލެންޑަށް ގޯލު ޖަހައި ލީޑު ހޯދައިދިނީ ޖޯޑަން ހެންޑަސަން 
  • އިންގްލެންޑުގެ ދެވަނަ ގޯލާއެކު އެޓީމަށް ލީޑު ފުޅާކޮށްދިނީ ހެރީ ކޭން
05 Dec 05:49

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެން.

05 Dec 05:49

'45+3 - އިންގްލެންޑުން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާާކޮށްފި. ކައުންޓާ އެޓޭކެއްގައި ފިލް ފޮޑެން ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން އެޓީމުގެ ކެޕްޓަން ހެރީ ކޭން. އެ ގޯލު ޖެހުމުގައި ވެސް ބެލިންހަމްގެ ދައުރު ފާހަގަކޮށްލެވޭ. މިއީ މި ވޯލްޑް ކަޕްގައި ކޭން ޖެހި ފުރަތަމަ ގޯލު.

05 Dec 05:42

'41 - އިންގްލެންޑަށް ހުސް ފުރުސަތެއް. ބުކާޔޯ ސަކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ކެޕްޓަން ހެރީ ކޭން ފޮނުވާލި ހަމަލާ ދިޔައީ ސެނެގާލް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

05 Dec 05:39

'39 - އިންގްލެންޑުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޯޑަން ހެންޑަސަން.

05 Dec 05:32

'31 - ސެނެގާލްގެ ނުރައްކާތެރި ހަމަލާއެއް. އިސްމާއިލާ ސާ ދިން ރީތި ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ބޫލާޔޭ ޑިއާ ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

05 Dec 05:25

'23 - ސެނެގާލަށް ރަނގަޅު ފުރުސަތެއް. ހެރީ މެގުއާ އަތުން ގެއްލުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބޫލާޔޭ ޑިއާ ފޮނުވާލި ހަމަލާ، އިންގްލެންޑް ޑިފެންޑަރު ޖޯން ސްޓޯންސް ވަނީ ބްލޮކްކޮށްފައި. ޑިއާގެ ހަމަލާ ބްލޮކްކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައިން އިސްމާއިލާ ސާ ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

05 Dec 05:22

'21 - އިންގްލެންޑަށް ރަނގަޅު ފުރުސަތެއް. ފިލް ފޮޑެން ނަގައިދިން ކޯނަރަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޖޯން ސްޓޯންސް ބޮލުން ފޮނުވާލި ހަމަލާ، ސެނެގާލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

05 Dec 05:13

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ އިންގްލެންޑުން. ނަމަވެސް އިންގްލެންޑަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ. ދެ ޓީމަށް ވެސް އަދި ހަމަލާއެއް ފޮނުވައިލެވިފައެއް ނުވޭ.

05 Dec 05:05

'5 - ސެނެގާލްގެ ބޫލާޔޭ ޑިއާ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަން ނަމަވެސް، އިންގްލެންޑްގެ ހެރީ މެގުއާ އާއި ޖޯންސް ސްޓޯންސްގެ ޕްރެޝަރާ ގުޅިގެން އޭނާއަށް އެ ބޯޅައިން ނުރައްކާކުރެވޭ ގޮތެއް ނުވި.

05 Dec 05:00

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސެނެގާލުން.

ގަތަރު ވޯލްޑް ކަޕް 2022ގެ ގަދަ 16ގެ ހަތަރުވަނަ މެޗުގައި ސެނެގާލާއި އިންގްލެންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ގަދަ 16 އަށް ދެ ޓީމުން ކުރި ދަތުރު

އިންގްލެންޑް
  • އިންގްލެންޑް ގަދަ 16 އަށް ދިޔައީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި
  • އިންގްލެންޑުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން އިރާން ބަލިކުރި
  • ދެވަނަ މެޗުގައި އެމެޗުގައި އެމެރިކާ ކައިރީ ގޯލެއް ނުޖެހި އެއްވަރުވި
  • އެހެން ނަމަވެސް ތިންވަނަ މެޗުގައި ވޭލްސް ބަލިކުރީވެސް ބޮޑު ތަފާތަކުން
  • އިންގްލެންޑަކީ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަނަރަޕް ޓީމު
ސެނެގާލް
  • ސެނެގާލަކީ އެންމެފަހުން ބޭއްވި އެފްކޯންގެ ޗެމްޕިއަން ޓީމު
  • ސެނެގާލުން ވޯލްޑް ކަޕް ފެށީ ނެދަލޭންޑްސް ކައިރިން 2-0 އިން ބަލިވެގެން
  • އެހެން ނަމަވެސް އެޓީމުން ވަނީ ފަހުން ކުޅުނު ދެމެން މޮޅުވެ ގަދަ 16 ޔަގީންކޮށްފައި
  • ސެނެގާލަކީ ގްރޫޕް އޭގެ ދެވަނަ ޓީމު. އެޓީމުން ވަނީ ގަތަރާއި އެކުއެޑޯ ބަލިކޮށްފައި