ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: އާޖެންޓީނާ 2-1 އޮސްޓްރޭލިއާ (ފުލްޓައިމް)

04 Dec 07:12

މެޗުގެ އުސްލިއަތައް:

  • މެޗުގެ ކުރީކޮޅުގައި ދެޓީމުންވެސް ކުޅުނީ ދާދި ހަމަހަމަ ކުޅުމެއް
  • އާޖެންޓީނާއަށްވެސް ކުރީކޮޅުގައި އެންމެ ރަނގަޅު ހަމަލާއެއް ވެސް އުފެއްދިފައެއް ނުވޭ
  • އޮސްޓްރޭލިއާ ޑިފެންސް ކުރަމުން ދަނިކޮށް، އެ ޑިފެންސް ފޫއަޅުވާލީ މެސީ
  • މެސީއަށް ގޯލު ތަނަވަސްކޮށްދިނީ މެކް އަލިސްޓާ
  • މެޗުގެ ފުރަތަމަ ހާފުގައި އިތުރު ހަމަލާއެއްވެސް ފެނިފައެއް ނުވޭ
  • ދެވަނަ ހާފުވެސް ފުރަތަމަ ކޮޅުގައި ފެނުނީ ހަމަލާތައް މަދުކޮށް
  • އެހެން ދަނިކޮށް އާޖެންޓީނާ ލީޑު ފުޅާކުރި އޮސްޓްރޭލިއާ ގޯލްކީޕަރު ރަޔަންގެ ބޮޑު ގޯހަކުން
  • ރަޔަންގެ ގޯހުގެ ފައިދާ ނަގައި ގޯލް ޖެހީ އަލްވަރޭޒް
  • މެޗު އިތުރަށް ފޯރިގަދަ އާޖެންޓީނެގ އެންޒޯ ފެނާންޑޭޒް ގައިގައި ޖެހި ބައިކޮޅަށް ވަން ގޯލުން އޮސްޓްރޭލިއާ އުންމީދެއް ހޯދުމުން
  • އޭގެ ފަހުން އޮސްޓްރޭލިއާގެ ބެހިޗްގެ ނުރްކާތެރި ހަމަލާއެއް ނާކާމިޔާބުވި
  • އަނެއްކޮޅުން ލައުޓާރޯ މާޓިނޭޒަށް ހުސް ދެ ފުރުސަތު ލިބި ބޭކާރުވި
  • އާޖެންޓީނާއިން ގޯލަކަށް ކުރި މަސައްކަތުގައި މެސީ ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށް
  • މެޗުގެ ފަހު މިނެޓުގައި އޮސްޓްރޭލިއާގެ ގަރަންގް ކުއޯލަށް ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ހަމަލާ މާޓިނޭޒް ދިފާއުކުރި
  • އާޖެންޓީނާ ކުއާޓާގައި ނުކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށް
04 Dec 06:57

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެން. އާޖެންޓީނާ ކުއާޓާއަށް.

04 Dec 06:56

'90+7 - އޮސްޓްރޭލިއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ގަރަންގް ކުއޯލް ފޮނުވާލި ހަމަލާ، އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

04 Dec 06:54

'90+4 - އާޖެންޓީނާއަށް އިތުރު ފުރުސަތެއް. މެސީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލައުޓާރޯ މާޓިނޭޒް ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ކީޕަރު މެތިއު ރަޔަން ވަނީ މަތަކޮށްފައި.

04 Dec 06:53

'90+4 - އާޖެންޓީނާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން މެސީ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

04 Dec 06:52

'90+3 - އާޖެންޓީނާއަށް އިތުރު ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ލައުޓާރޯ މާޓިނޭޒް ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ކީޕަރު މެތިއު ރަޔަން ވަނީ މަތަކޮށްފައި.

04 Dec 06:49

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތް މިނެޓުގެ ކުޅުން ދައްކައިފި.

04 Dec 06:48

'89 - އާޖެންޓީނާއަށް ހުސް ފުރުސަތެއް. މެސީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ލައުޓާރޯ މާޓިނޭޒް ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

04 Dec 06:41

'81 - އޮސްޓްރޭލިއާއަށް ރަނގަޅު ފުރުސަތެއް. އާޖެންޓީނާގެ ހަތަރު ކުޅުންތެރިއެއްގެ ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ވަދެ، ބެހިޗް ފޮނުވާލި ހަމަލާ، އާޖެންޓީނާގެ ޑިފެންޑަރު ލިސެންޑްރޯ މާޓިނޭޒް ވަނީ ދިފާއުކޮށްފައި.

04 Dec 06:40

'80 - އާޖެންޓީނާ އިން އިތުރު ދެ ބަދަލު. މޮލީނާގެ ބަދަލުގައި ގޮންގާލޯ މޮންޓިއޭލް އަދި މެކް އެލިސްޓާގެ ބަދަލުގައި ކުޅެން ނުކުތީ ގޮންޒާލޯ މޮންޓިއޭލް.

04 Dec 06:37

'76 - އޮސްޓްރޭލިއާ އިން ގޯލެއް ޖަހައި، ފަރަގު ކުޑަކޮށްފި. އެ ގޯލަކީ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ގޯލެއް. ޕެނަލްޓީ އޭރިއާ ބޭރުން އޮސްޓްރޭލިއާގެ ކްރެއިގް ގުޑްވިން ފޮނުވާލި ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައިވަނީ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްގެ ގައިގައި ޖެހިފައި.

04 Dec 06:33

'72 - އޮސްޓްރޭލިއާ އިން ތިން ބަދަލެއް. ޑޫކް އާއި ލެކީ އަދި ޑެގެނެކްގެ ބަދަލުގައި ކުޅެން ނުކުތީ ޖެމީ މެކްލެރަން އާއި ފްރޭން ކަރަޗިޗް އަދި މެވިއެން ކުއޮލް.

04 Dec 06:31

'71 - އާޖެންޓީނާ އިން ދެ ބަދަލެއް. އަލްވަރޭޒާއި އަކޫނިއާގެ ބަދަލުގައި ކުޅެން ނުކުތީ ނިކޮލަސް ޓަގްލިއަފީކޯ އާއި ލައުޓާރޯ މާޓިނޭޒް.

04 Dec 06:26

'66 - މެސީ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

04 Dec 06:25

'65 - އާޖެންޓީނާގެ ނުރައްކަލެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، މެސީ ހަމަލާއެއް ފޮނުވާލުމުގެ ކުރިން މިލޮސް ޑެގެނެކް ވަނީ ދިފާއުކޮށްފައި.

04 Dec 06:19

'58 - އޮސްޓްރޭލިއާ އިން ދެ ބަދަލެއް. މެކްގްރީގެ ބަދަލުގައި ކްރެއިގް ގުޑްވިން އަދި ބަކުސްގެ ބަދަލުގައި އައިޑިން ހުރޫސްޓިޗް.

04 Dec 06:17

'57 - އާޖެންޓީނާ އިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. އޮސްޓްރޭލިއާގެ ކީޕަރު މެތިއު ރަޔަންއަށް ޕެނަލްޓީ އޭރިއާ ތެރެއިން ހެދުނު ގޯހަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޫލިއަން އަލްވަރޭޒް.

04 Dec 06:10

'51 - އާޖެންޓީނާގެ ހަމަލާއެއް. މެކް އަލިސްޓާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ބޭރުން މެސީއަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި. އެ ބޯޅަ، އޮސްޓްރޭލިއާގެ ކީޕަރު މެތިއު ރަޔަން ވަނީ ފަސޭހަކަމާއެކު ހޯދާފައި.

04 Dec 06:08

'50 - އާޖެންޓީނާ އިން ބަދަލެއް. ގޮމޭޒްގެ ބަދަލުގައި ކުޅެން ނުކުތީ ލިސެންޑްރޯ މާޓިނޭޒް.

04 Dec 06:04

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

04 Dec 05:52

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗުގެ ކުރީކޮޅުގައި ދެޓީމުންވެސް ކުޅުނީ ދާދި ހަމަހަމަ ކުޅުމެއް
  • އާޖެންޓީނާއަށްވެސް ކުރީކޮޅުގައި އެންމެ ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވޭ
  • އޮސްޓްރޭލިއާ ޑިފެންސް ކުރަމުން ދަނިކޮށް، އެ ޑިފެންސް ފޫއަޅުވާލީ މެސީ
  • މެސީއަށް ގޯލު ތަނަވަސްކޮށްދިނީ މެކް އަލިސްޓާ
  • މެޗުގެ ފުރަތަމަ ހާފްގައި އިތުރު ހަމަލާއެއްވެސް ފެނިފައެއް ނުވޭ
04 Dec 05:48
04 Dec 05:48

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެން. މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރެއްގެ މެޗެއްގައި މެސީ ޖެހި ފުރަތަމަ ގޯލު.

04 Dec 05:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.

04 Dec 05:39
04 Dec 05:39

'38 - އަކޫނިއާއަށް ކުރި ފައުލަކާ ގުޅިގެން އޮސްޓްރޭލިއާގެ މިލޮސް ޑެގެނެކްއަށް ރީނދޫ ކާޑެއް.

04 Dec 05:36

'35 - އާޖެންޓީނާ އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. އެލެކްސިސް މެކް އަލިސްޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އޮސްޓްރޭލިއާ ގޯލުގެ ތިރީ ކަނަކަށް.

04 Dec 05:32

'31 - މެޗުގައި އާޖެންޓީނާ ކެޕްޓަން މެސީގެ ނުރައްކަލެއް އަދި ނުފެނޭ. އޭނާ އަތުން ފަސޭހައިން ބޯޅަ ގެއްލޭކަން ފާހަގަކޮށްލެވޭ.

04 Dec 05:26
04 Dec 05:18

'17 - ޕެނަލްޓީ އޭރިއާ ބޭރުން އާޖެންޓީނާގެ އަލެހެންޑްރޯ ގޮމޭޒް ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ގޯލާ އަމާޒެއް ނުވި.

04 Dec 05:16

'15 - މާކޮސް އަކޫނިއާއަށް ކުރި ފައުލަކާ ގުޅިގެން އޮސްޓްރޭލިއާގެ ޖެކްސަން އާވައިންއަށް ރީނދޫ ކާޑެއް.

04 Dec 05:11

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ އާޖެންޓީނާ. ނަމަވެސް އެއްވެސް ޓީމެއްގެ ހަމަލާއެއް އަދި ނުފެނޭ.

04 Dec 05:11

'10 - އޮޓަމެންޑީ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އާޖެންޓީނާ ފޯވަޑް ޖޫލިއަން އަލްވަރޭޒަށް ކޮންޓްރޯލެއް ނުވި.

04 Dec 05:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އޮސްޓްރޭލިއާ އިން.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގަދަ 16 ގެ ދެވަނަ މެޗުގައި އާޖެންޓީނާއާއި އޮސްޓްރޭލިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ގަދަ 16 އަށް ދެ ޓީމުން ކުރި ދަތުރު

އާޖެންޓީނާ
  • އާޖެންޓީނާ މިފަަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ހައިރާން ކުރުވަނިވި ގޮތަކަށް ސައުދީ އަތުން ބަލިވި
  • އެހެން ނަމަވެސް އެ ބަލި ހަނދާން ނައްތާލައި ދެން ޖެހިގެން އައި ދެ މެޗުން އާޖެންޓީނާ މޮޅުވި
  • އާޖެންޓީނާ ދެވަނައަށް ކުޅުނު މެޗުގައި މެކްސިކޯ ބަލިކުރީ 2-0 ގެ ނަތީޖާއަކުން
  • ފަހު މެޗުގައި ޕޮލެންޑް ބަލިކުރީވެސް 2-0 ގެ ނަތީޖާއަކުން
  • މިއީ އާޖެންޓީނާގެ ތާރީހުގައި ވޯލްޑް ކަޕް ދެވަނަ ބުރަށް ނުކުންނަ 16 ވަނަ ފަހަރު
  • މިރޭގެ މެޗަށް އާޖެންޓީނާގެ މެސީ ނުކުންނާނީ ކެރިއަރުގެ 1000 ވަނަ މެޗަށް
އޮސްޓްރޭލިއާ
  • އޮސްޓްރޭލިއާއިން ގަދަ 16 އަށް ނުކުތީ ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައި
  • މިއީ އެގައުމުގެ ތާރީހުގައިވެސް ގަދަ 16 ގައި ކުޅޭ ދެވަނަ ފަހަރު
  • އޮސްޓްރޭލިއާއިން ގްރޫޕް ޑީގައި ފުރަތަމަ ކުޅުނު މެޗުގައި 4-1 ބަލިވީ ފްރާންސް އަތުން
  • ދެން ކުޅުނު ދެ މެޗުގައި ޓިއުނީޝިއާއާއި ޑެންމާކް ވެސް ބަލިކުރީ 1-0 ގެ ނަތީޖާއަކުން