ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: ނެދަލޭންޑްސް 3-1 އެމެރިކާ (ފުލްޓައިމް)

04 Dec 02:56

މެޗުގެ އުސްއަލިތައް:

  • މެޗު އެޓޭކިން ކުޅުމެއްގައި ފެށީ އެމެރިކާއިން
  • ކުރީކޮޅުގައި ޕުލިސިޗަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ މަތަކުރީ ނޮޕާޓް
  • އެމެރިކާ ކުރިއަށް ޖެހި ކުޅެމުން ދަނިކޮށް ނެދަލޭންޑްސް ލީޑު ނެގި
  • އަރިމަތިން ޑަމްފްރީސް ނެގި ބޯޅަ ގޯލަށް ވައްދާލީ ޑިޕާއީ
  • އޭގެ ފަހުންވެސް އެމެރިކާ ނުރައްކާ ކުރި، ޓިމޮތީ ވެއާގެ ބާރު ހަމަލާވެސް މަތަކުރީ ނޮޕާޓް
  • އެމެރިކާއިން ނުރައްކާ ކުރަނިކޮށް އަނެއްކާވެސް ނެދަލޭންޑް ކައުންޓާގައި ގޯލު ޖެހި
  • ހާފް ނިމެން ދަނިކޮށް ގޯލް ޖެހީ ޑަމްފްރީސްގެ ބޯޅައިން ބްލިންޑް
  • ދެވަނަ ހާފްގެ ކުރީކޮޅުގައިވެސް އެމެރިކާއިން ހަމަލާތައް އުފެއްދި
  • ރީމްއާއި ރައިޓްގެ ހަމަލާތައް ނާކާމިޔާބި އިރު، އަނެއްކޮޅުން ޑި ރޫންއާއި ޑިޕާއީގެ ހަމަލާތައް ކީޕަރު ޓާނާ މަތަކުރި
  • އެމެރިކާއިން ގޯލެއް ޖަހައި އުންމީދުވެސް އާކުރި، އެ ގޯލް ޖެހީ ރައިޓް
  • އެހެންނަމަވެސް އަނެއްކާވެސް ނެދަލޭންޑްސްއިން ގޯލް ޖެހި
  • އެ ގޯލް ޖެހީ ކުރީ ދެގޯލަށް އެސިސްޓްކޮށްދިން ޑަމްފްރީސް
  • ނެދަލޭންޑްސްއަކީ މިފަހަރު ކުއާޓާގެ ޖާގަ ހޯދި ފުރަތަމަ ޓީމް
04 Dec 02:53

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ނެދަލެންޑްސް ކުރީގައި އޮވެގެން. ނެދަލެންޑްސް ކުއާޓާ ފައިނަލަށް.

04 Dec 02:50

'90+3 - ނެދަލެންޑްސް އިން ދެ ބަދަލެއް. ގަކްޕޯ އާއި އަކޭގެ ބަދަލުގައި ކުޅެން ނުކުތީ ވޫޓް ވެގްހޯސްޓާއި މެތިއަސް ޑި ލިޓް.

04 Dec 02:48

'90+2 - އެމެރިކާ އިން ބަދަލެއް. ރޮބިންސަންގެ ބަދަލުގައި ކުޅެން ނުކުތީ ޖޯޑަން މޮރިސް.

04 Dec 02:47

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

04 Dec 02:44

'87 - ނެދަލެންޑްސްގެ ޑި ޔޮންގްއަށް ރީނދޫ ކާޑެއް.

04 Dec 02:39

'82 - ނެދަލެންޑްސް އިން ބަދަލެއް. ޑިޕާއީގެ ބަދަލުގައި ކުޅެން ނުކުތީ ޒަވީ ސިމޮންސް.

04 Dec 02:38

'81 - ނެދަލެންޑްސް އިން ގޯލެއް ޖަހައި، އަލުން ލީޑު ފުޅާކޮށްފި. ބްލިންޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑަމްފްރީސް.

04 Dec 02:37

77 - އެމެރިކާގެ އިތުރު ނުރައްކަލެއް. ކައުންޓާ އެޓޭކެއްގައި ހާޖީ ރައިޓް ނުރައްކާކުރުމުގެ ކުރިން ކުރިއަށް ނުކުމެ، ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް ވަނީ ބޯޅަ ދިފާއުކޮށްފައި.

04 Dec 02:34

'76 - އެމެރިކާ އިން ގޯލެއް ޖަހައި، ފަރަގު ކުޑަކޮށްފި. ޕުލިސިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އެމެރިކާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހާޖީ ރައިޓް.

04 Dec 02:33

'75 - އެމެރިކާއަށް ރަނގަޅު ފުރުސަތެއް. ޑިޕާއީ ފަހަތަށް ދިން ޕާހެއް ހޯދައި ރައިޓް ނޮޕާޓް ނައްޓުވާލައި ހަނި އޭންގަލުން ގޯލަށް ފޮނުވާލި ނަމަވެސް އެ ހަމަލާ، ގޯލް ރޮނގުމަތިން ޑަމްފްރީސް ވަނީ ބޭރު ކޮށްލައިފައި.

04 Dec 02:32

'71 - ނެދަލޭންޑްސްގެ ނުރައްކާތެރި ހަމަލާއެއް. ޑި ރޫންގެ ބާރު ހަމަލާއެއް ދިފާއުކުރީ ކީޕަރު ޓާނާ، ޓާނާ އަތުގައި ޖެހިގައި ނުކުތް ބޯޅައަށް އަރައި ޑިޕާއީ ބޮލުން ބޯޅަ ފޮނުވާލުމުންވެސް މަތަކުރީ ޓާނާ.

04 Dec 02:25

'67 - އެމެރިކާ އިން ދެ ބަދަލު. ވެއާ އާއި މެކެނީގެ ބަދަލުގައި ކުޅެން ނުކުތީ ބްރެންޑަން އާރޮންސަން އާއި ހާޖީ ރައިޓް.

04 Dec 02:22
04 Dec 02:18

'61 - ނެދަލެންޑްސްގެ ނުރައްކަލެއް. ގަކްޕޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޑިޕާއީ ފޮނުވާލި ހަމަލާ، އެމެރިކާ ކީޕަރު މެޓް ޓާނާ ވަނީ މަތަކޮށްފައި.

04 Dec 02:16

'60 - ޕުލިސިޗްއަށް ކުރި ފައުލަކާ ގުޅިގެން ނެދަލެންޑްސްގެ ކޫޕްމައިނާސްއަށް ރީނދޫ ކާޑެއް.

04 Dec 02:11
04 Dec 02:11

'53 - އެމެރިކާގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މެކެނީ ފޮނުވާލި ހަމަލާ، މިފަހަރު ނެދަލެންޑްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

04 Dec 02:10

'52 - އެމެރިކާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޕުލިސިޗް ފޮނުވާލި ހަމަލާ އަމާޒުވީ ނެދަލެންޑްސް ކީޕަރު ނޮޕާޓްއާ ދިމާއަށް.

04 Dec 02:10

'51 - ނެދަލެންޑްސްގެ ނުރައްކަލެއް. ޑަމްފްރީސް ނަގައިދިން ބޯޅަ، އެމެރިކާގެ ޖިއޮވާނީ ރޭނާގެ ފައިގައި ޖެހި ބައިކޮޅަށް ވަންނަން ދަނިކޮށް، ކީޕަރު މެޓް ޓާނާ ވަނީ މަތަކޮށްފައި.

04 Dec 02:08

'49 - އެމެރިކާގެ ނުރައްކަލެއް. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޓިމް ރީމް ފޮނުވާލި ހަމަލާ، ގޯލަށް ވަންނަން ދަނިކޮށް ގޯލު ލައިން މަތިން، ނެދަލެންޑްސްގެ ކޯޑީ ގަކްޕޯ ވަނީ ދިފާއުކޮށްފައި.

04 Dec 02:03

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

04 Dec 01:53

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗު އެޓޭކިން ކުޅުމެއްގައި ފެށީ އެމެރިކާއިން
  • ކުރީކޮޅުގައި ޕުލިސިޗަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ މަތަކުރީ ނޮޕާޓް
  • އެމެރިކާ ކުރިއަށް ޖެހި ކުޅެމުން ދަނިކޮށް ނެދަލޭންޑްސް ލީޑު ނެގި
  • އަރިމަތިން ޑަމްފްރީސް ނެގި ބޯޅަ ގޯލަށް ވައްދާލީ ޑިޕާއީ
  • އޭގެ ފަހުންވެސް އެމެރިކާ ނުރައްކާ ކުރި، ޓިމޮތީ ވެއާގެ ބާރު ހަމަލާވެސް މަތަކުރީ ނޮޕާޓް
  • އެމެރިކާއިން ނުރައްކާ ކުރަނިކޮށް އަނެއްކާވެސް ނެދަލޭންޑް ކައުންޓާގައި ގޯލު ޖެހި
  • ހާފް ނިމެން ދަނިކޮށް ގޯލް ޖެހީ ޑަމްފްރީސްގެ ބޯޅައިން ބްލިންޑް
04 Dec 01:51

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނެދަލެންޑްސް ކުރީގައި އޮވެގެން.

04 Dec 01:47

'45+2 - ނެދަލެންޑްސް އިން އިތުރު ގޯލެއް ޖަހައި، ލީޑު ފުޅާކޮށްފި. ޑަމްފްރީސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑެލީ ބްލިންޑް.

04 Dec 01:43

'43 - އެމެރިކާގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޓިމޮތީ ވެއާ ފޮނުވާލި ބާރު ހަމަލާ، ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް ވަނީ މަތަކޮށްފައި.

04 Dec 01:42

'41 - ދެ ޓީމުގެ ފަރާތުން ވެސް މިހާރު ފެންނަނީ ދާދި ހަމަހަމަ ކުޅުމެއް. ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރުމަށް އުނދަގޫތަކެއް ކުރިމަތިވޭ.

04 Dec 01:32
04 Dec 01:31

'30 - ޑަމްފްރީސް ދިން ބޯޅަ، ޑެލީ ބްލިންޑަށް ލިބުމުގެ ކުރިން ނެދަލެންޑްސް ޑިފެންޑަރުން ދިފާއުކޮށްފި.

04 Dec 01:21

'21 - ނެދަލެންޑްސްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޑިޕާއީ ފޮނުވާލި ހަމަލާ، އެމެރިކާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

04 Dec 01:10

'10 - ނެދަލެންޑްސް އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޑެންޒެލް ޑަމްފްރީސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑިޕާއީ. އޭނާގެ ހަމަލާ އަމާޒުވީ އެމެރިކާ ގޯލުގެ ތިރީ ކަނަކަށް.

04 Dec 01:04

'3 - އެމެރިކާއަށް ހުސް ފުރުސަތެއް. ޔޫނުސް މޫސާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކްރިސްޓިއަން ޕުލިސިޗް ފޮނުވާލި ހަމަލާ، ނެދަލެންޑްސް ކީޕަރު އަންދްރިއޭސް ނޮޕާޓް ވަނީ މަތަކޮށްފައި.

04 Dec 01:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ނެދަލެންޑެސް އިން.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގަދަ 16 ގެ ފުރަތަމަ މެޗުގައި ނެދަލޭންޑްސް އާއި އެމެރިކާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ގަދަ 16 އަށް ދެ ޓީމުން ކުރި ދަތުރު

އެމެރިކާ
  • އެމެރިކާ ގަދަ 16 އަށް ދިޔައީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި
  • އެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައިވެސް ބަލިވެފައެއް ނުވޭ
  • އިންގްލެންޑާއި ވޭލްސްއާ އެއްވަރުކޮށް، ފަހު މެޗުގައި އިރާން ބަލިކުރީ 1-0 އިން
  • އެމެރިކާ ކޮޅަށް ޕެނަލްޓީއަކުން ފިޔަވައި، ކުޅުމުގެ ތެރެއިން އަދި ގޯލެއް ވަދެފައެެއް ނުވޭ
  • އެޓީމު ކޮޅަށް ވޭލްސްއިން ޖެހި ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެއް
  • މިއީ ވޯލްޑް ކަޕްގެ ގަދަ 16 ގައި ކުޅޭ ހަވަނަ ފަހަރު
ނެދަލޭންޑްސް
  • ނެދަލޭންޑްސް ގަދަ 16 އަށް ދިޔައީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި
  • އެޓީމުން މިހާތަނަށް ކުޅުނު ތިން މެޗުގައިވެސް ބަލިވެފައެއް ނުވޭ
  • ނެދަލޭންޑްސްއިން ގްރޫޕް ސްޓޭޖުގައި ގަތަރާއި ސެނެގާލް ބަލިކޮށް، އެކުއެޑޯއާ އެއްވަރުކުރި
  • ނެދަލޭންޑްސްއިން އެކުއެޑޯ ކައިރިން ނޫނީ ކޮޅަށް ގޯލެއް ވައްދާލާފައެއް ނުވޭ
  • ނެދަލޭންޑްސްގެ ފޯވަޑް ކޯޑީ ގަކްޕޯ ވަނީ ތިން ގޯލް ގްރޫޕް ސްޓޭޖުގައި ޖަހައިފައި
  • މިއި ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ނެދަލޭންޑްސް ކުޅޭ 11 ވަނަ ފަހަރު