ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: ސާބިއާ 2-3 ސްވިޒަލޭންޑް (ފުލްޓައިމް)

03 Dec 07:08

މެޗުގެ އުސްއަލިތައް

  • މެޗު ފެނުނީ ހަމަލާތައް ގިނަ، ގޯލްތައްވެސް ގިނަ މެޗެއްގެ ގޮތުގައި
  • ފުރަތަމަ މިނެޓުގައި ސްވިޒަލޭންޑް ތިން ހަމަލާއެއް އުފެއްދި، ޖަކާ އެމްބޯލޯގެ ހަމަލާތައް ކާމިޔާބެއް ނުވި
  • ސާބިއާގެ ޒިވްކޮވިޗް ޖެހި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށް
  • ސްވިޒަލޭންޑަށް ފުރަތަމަ ލީޑް ނަގައިދިނީ ޝަކީރީ، އޭގެ އިރުކޮޅެއް ފަހުން ސާބިއާވެސް ގޯލް ޖެހި
  • ސާބިއާގެ ގޯލް ޖެހީ މިޓްރޮވިޗް، އަދި އެޓީމުން ފުރަތަމަ ފަހަރަށް ލީޑު ނެގީ ވްލަހޮވިޗް
  • ހާފް ނިމެން ދަނިކޮށް ސްވިޒަލޭންޑް ކުޅުން ރަނގަޅުކޮށް، އަނެއްކާ ނަތީޖާ ހަމަހަމަ ކުރި
  • ސްވިޒަލޭންޑްގެ ދެވަނަ ގޯލް ޖެހީ އެމްބޯލޯ
  • ދެވަނަ ހާފްގެ ކުރީކޮޅުގައި ސްވިޒަލޭންޑުން އަނެއްކާވެސް ލީޑު ނެގި
  • އެ ގޯލް ޖަހައިދިނީ ފްރެއުލާ، ގޯލްގައި ރީތި ޓީމް ކުޅުމެއް ފެނިގެން ގޮސްފައިވޭ
  • އޭގެ ފަހުން މެޗުގައި ހަމަލާތައް ފެނުނީ މަދުކޮށް
  • ނަތީޖާއާއެކު ސްވިޒަލޭންޑުން ވަނީ ގަދަ 16 ޔަގީން ކޮށްފައި
  • އެއީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި
03 Dec 07:02

މި ނަތީޖާއާއެކު ސާބިއާ ކަޓައި، ސްވިޒަލޭންޑް ވަނީ ގަދަ 16 ޔަގީން ކޮށްފައި.

03 Dec 07:02

މެޗުގެ ކުޅުން ނިންމާލައިފި.

03 Dec 07:01

'90+10 - ސާބިއާގެ ރަޑޮނިޗް ޖެހި ބޯޅަ ދިޔައީ ބޭރަށް.

03 Dec 06:51

އިތުރު ވަގުތުގެ ހަތް މިނެޓް ދައްކައިފި.

03 Dec 06:51

89' - ސާބިއާ ގޯލްކީޕަރުގެ ސޭވެއް. ފަސްނަޗްޓް ބޮލުން ފޮނުވާލި ހަމަލާ ހުޝިޔާރުކަމާއެކު ނުކުމެ ޕަންޗުކޮށްލީ މިލިންކޮވިޗް-ސަވިޗް.

03 Dec 06:43

'83 - ސްވިޒަލޭންޑަށް ފުރުސަތެއް. ކޯނަރެއްގައި އަކާންޖީ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތީ ދާގަނޑަށް.

03 Dec 06:41

މިވަގުތު ދެޓީމުގެ ފަރާތުންވެސް ފެނިގެން ދަނީ ދާދި ހަމަހަމަ ކުޅުމެއް. މި ނަތީޖާއާއެކު ސްވިޒަލޭންޑަށް އޮތީ ގަދަ 16 އަށް ފަހި ފުރުސަތެއް.

03 Dec 06:32

'71 - ސާބިއާގެ ނުރައްކަލެއް. މިޓްރޮވިޗް އަރިމަތިން އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ބޭރަށް ދިޔައީ ބްލޮކް ވެގެން.

03 Dec 06:26
03 Dec 06:25

'63 - ސްވިޒަލޭންޑްގެ ގޯލްކީޕަރު ކޮބެލްގެ ރަނގަޅު ސޭވެއް. ކޮސްޓިކް ނަގައިދިން ބޯޅައިގައި މިޓްރޮވިޗް ފޮނުވާލި ހަމަލާ ކޮބެލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

03 Dec 06:23

'61 - ސާބިއާއަށް ފުރުސަތެއް. ޖޮވިޗް ކޮންޓްރޯލް ކޮށްލައި އޭރިއާ ތެރޭގައި ބޯޅަ ހިފަހައްޓާފައި ޓަޑިޗަށް ފަހިކޮށްދިން ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ މަތިން ބޭރަށް.

03 Dec 06:18

'57 - ސްވިޒަލޭންޑަށް ހުސް ފުރުސަތެއް. ބްރީލް އެމްބޯލޯ ހުސްކޮށް ހުއްޓާ އޭނާއަށް ލިބުނު ބޯޅައިގައި ފޮނުވާލި ހަމަލާ ދިޔައީ ދަނޑިމަތިން ބޭރަށް.

03 Dec 06:12

ސްވިޒަލޭންޑްގެ ތިންވަނަ ގޯލަކީ ރީތި ޓީމް ގޯލެއް. އެމްބޯލޯ ބޯޅަ ހިފަހައްޓައި ޝަކީރީއަށް ދިނުމުން އޭނާ ޖައްސާލި ބޯޅައިގައި ވާގާސް ފްލިކް ކޮށްލުމު ގޯލް ޖެހީ ފްރެއުލާ.

03 Dec 06:09

'48 - ސްވިޒަލޭންޑުން އަނެއްކާވެސް ލީޑު ނަގައިފި. އެޓީމަށް ތިންވަނަ ގޯލެއް ޖަހައިދިނީ ފްރެއުލާ.

03 Dec 06:06

ދެވަނަ ހާފްގެ ކުޅުން ފަށައިފި.

03 Dec 05:56

ފުރަތަމަ ހާފްގެ އުސްއަލިތައް

  • މެޗު ފެނުނީ ހަމަލާތައް ގިނަ، ގޯލްތައްވެސް ގިނަ މެޗެއްގެ ގޮތުގައި
  • ފުރަތަމަ މިނެޓުގައި ސްވިޒަލޭންޑް ތިން ހަމަލާއެއް އުފެއްދި، ޖަކާ އެމްބޯލޯގެ ހަމަލާތައް ކާމިޔާބެއް ނުވި
  • ސާބިއާގެ ޒިވްކޮވިޗް ޖެހި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށް
  • ސްވިޒަލޭންޑަށް ފުރަތަމަ ލީޑް ނަގައިދިނީ ޝަކީރީ، އޭގެ އިރުކޮޅެއް ފަހުން ސާބިއާވެސް ގޯލް ޖެހި
  • ސާބިއާގެ ގޯލް ޖެހީ މިޓްރޮވިޗް، އަދި އެޓީމުން ފުރަތަމަ ފަހަރަށް ލީޑު ނެގީ ވްލަހޮވިޗް
  • ހާފް ނިމެން ދަނިކޮށް ސްވިޒަލޭންޑް ކުޅުން ރަނގަޅުކޮށް، އަނެއްކާ ނަތީޖާ ހަމަހަމަ ކުރި
  • ސްވިޒަލޭންޑްގެ ދެވަނަ ގޯލް ޖެހީ އެމްބޯލޯ
03 Dec 05:49

މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިންމާލައިފި.

03 Dec 05:46

'44- ހާފް ނިމެން ދަނިކޮށް ސްވިޒަލޭންޑުން ނަތީޖާ ހަމަހަމަ ކޮށްފި. އެ ގޯލް ޖެހީ ކެމަރޫން ކޮޅަށް ފުރަތަމަ މެޗުގައި ގޯލް ޖެހި ބްރީލް އެމްބޯލޯ. އެމްބޯލޯގެ ގޯލަށް ފުރުސަތު ފަހިކޮށްދިނީ ވިޑްމާ.

03 Dec 05:43

'38 - ސްވިޒަލޭންޑްގެ ހަމަލާއެއް. ވާގާސް ފޮނުވާލި ބާރު ހަމަލާ ވެއްޓިގެންފައި ދިފާއުކުރީ ސްޓްރަހިންޖާ ޕަވްލޮވިޗް.

03 Dec 05:38

'35 - ސާބިއާއިން ފަހަތުން އަރައި ލީޑް ނަގައިފި. ޓަޑިޗް މެދުތެރެއިން ކުރިއަށް ޖެހި ދުއްވާލި ބޯޅައިގައި ސާބިއާއަށް ދެވަނަ ގޯލެއް ޖަހައިދިނީ ޔުވެންޓަސްގެ ފޯވަޑް ޑޫސާން ވްލަހޮވިޗް.

03 Dec 05:36
03 Dec 05:32

'30 - ޝަކީރީގެ އިތުރު ހަމަލާއެއް. އޭނާ އަރިމަތިން ވަދެ ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ގޯލްގެ ކައިރި ދަނޑި ކަރިން.

03 Dec 05:31
03 Dec 05:30

މިޓްރޮވިޗްގެ ގޯލް އޭނާ ބޮލުން ގޯލަށް ވައްދާލީ ޑޫސަން ޓަޑިޗް ނަގައިދިން ހިތްގައިމު ހުރަހަކުން. ސާބިއާއަށް އެންމެފަހުން ކުޅުނު ހަތް މެޗުގައި މިޓްރޮވިޗް ވަނީ ހަތް ގޯލް ޖަހައިދީފައި.

03 Dec 05:28

'27 - ސާބިއާއިން ނަތީޖާ ހަމަހަމަ ކޮށްފި. ސްޓޭޑިއަމް 974 ގައި ކުޅެމުންދާ މެޗުގައި ސާބިއާއަށް ގޯލް ޖަހައިދިނީ މިޓްރޮވިޗް.

03 Dec 05:25

ސްވިޒަލޭންޑްގެ ގޯލު ޝަކީރީ ޖަހައިދިނީ ސޯ ޖައްސާލި ޕާހަކުން ގޯލް ތެރެއަށް ބޯޅަ ވައްދާލައިގެން. އެ ބޯޅަ ކީޕަރަށް އުނދަގޫވީ ޑިފެންޑަރު ޕަވްލޮވިޗްގެ ދެފައިދެތެރެއިން ބޯޅަ ދިޔުމުން.

03 Dec 05:21

'20 - ސްވިޒަލޭންޑުން ލީޑު ނަގައިފި. ގޯލް ޖަހައިދިނީ ޒެރްދާން ޝަކީރީ.

03 Dec 05:18

'15 - ސާބިއާގެ ކޮސްޓިކަށް ކުރި ފައުލަކަށް ސްވިޒަލޭންޑްގެ ވިޑްމާއަށް ރީނދޫ ކާޑު ދައްކައިފި.

03 Dec 05:17

'14 - ސްވިޒަލޭންޑްގެ ނުރައްކަލެއް. ވާގާސް އަރިމަތިން އަރައި ނަގައިން ބޯޅައިގައި ކުޅުންތެރިންތަކުގެ ތެރެއިން ސާބިއާގެ ޝަގީރީ ފޮނުވާލި ހަމަލާ ވީ ބްލޮކް.

03 Dec 05:14

'11 - ސާބިއާގެ ނުރައްކާތެރި ހަމަލާއެއް. އަރިމަތިން ޕެނަލްޓީ އޭރިއާ ކަނުން ކަހަލަ ގޮތަކަށް ޒިވްކޮވިޗް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް. ރިބައުންސަށް ދެ ކުޅުންތެރިޔަކު މަސައްކަތް ކުރި ނަމަވެސް އެބޯޅައެއް ނުލިބުނު.

03 Dec 05:07

'5 - ސާބިއާއަށް ފުރުސަތެއް. ޓަޑިޗްގެ ކޯނަރަކުން މިލިންކޮވިޗް ކުރިއަށް އަރައި ޖެހި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައީ ކުޑަ ތަންކޮޅެއް ބޭރަށް.

03 Dec 05:04

'1 - ސްވިޒަލޭންޑަށް ފުލުފުލުގައި ތިން ފުރުސަތެއް. ގްރަނިޓް ޖަކާ ފޮނުވާލި ހަމަލާ ސާބިއާގެ ޑިފެންޑަރު ބްލޮކް ކުރި އިރު، ބްރީން އެމްބޯލޯއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ މަތަކުރީ ސާބިއާ ކީޕަރު މިލިކްކޮވިޗް ސަވިޗް. އަދި ރީބައުންސްގައި ޖަކާ ޖެހި ބޯޅަވެސް ކީޕަރު މަތަކުރި.

03 Dec 05:01

މެޗުގެ ކުޅުން ފަށައިފި.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގެ ހަވަނަ މެޗުގައި ސާބިއާއާއި ސްވިޒަލޭންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މެޗަށް ނުކުންނަ އިރު ފުރުސަތު ބޮޑުކޮށް އޮތީ ސްވިޒަލޭންޑަށް. ސްވިޒަލޭންޑުން ސާބިއާ ބަލިކޮށްފިނަމަ، އެޓީމަށް ގަދަ 16 ޔަގީން ކުރެވޭނެ. ސާބިއާއިން މިރޭގެ މެޗުން މޮޅުވިޔަސް އަނެއް މެޗަށް ބަރޯސާވާން ޖެހޭނެ. އެ މެޗު އެއްވަރުގެން ނުވަތަ ކެމެރޫން ބަލިވެގެން ނޫނީ ސާބިއާއަށް ގަދަ 16 ޔަގީން ނުކުރެވޭނެ.

2018 ގެ ވޯލްޑް ކަޕްގެ ކުރިމަތިލުމުގެ ހަނދާންތައް

  • މި ދެ ޓީމުން މިހާތަނަށް ވާދަކުރި ހަމައެކަނި މެޗަކީ 2018 ގެ ވޯލްޑް ކަޕްގައި ކުޅުނު މެޗު
  • އެ މެޗު 2-1 އިން ކާމިޔާބުކުރީ ސްވިޒަލޭންޑުން
  • ސާބިއާއާއި ސްވިޒަލޭންޑް އެފަހަރު ކުޅުނު މެޗުން ސިޔާސީ ހަލަބޮލިކަމުގެ އަސަރު ފެނިފައިވޭ
  • ސާބިއާއާއި ކޮސޯވޯގެ މައްސަލައަށް އަމާޒުކޮށް ގޯލު ސެލެބްރޭޓް ކުރިތަންވެސް އެމެޗުގައި ފެނުނު
  • ސްވިޒަލޭންޑަށް އެ މެޗުގައި ގޯލު ޖަހައިދިން ޝަގީރީއާއި ޖަކާވެސް އުފާފާޅުކުރީ އަލްބޭނިއާގެ ދަދައިގެ ނިޝާން ރަމްޒުވާހެން
  • އެކަމުގައި އެފްއޭ ޖޫރިމަނާ ކުރަންވެސް ފީފާއިން ނިންމި