މެޗުގެ ކުޅުން ނިންމާލައިފި. ބްރެޒިލްގެ މައްޗަށް ކެމަރޫނުން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުން. މިއީ ކެމަރޫނަށް ތާރީހީ މޮޅެއް. އެޓީމު ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގެ ތާރީހުގައި ބްރެޒިލް ބަލިކުރި އެފްރިކާގެ ފުރަތަމަ ޓީމަށް. ނަމަވެސް އެ މޮޅާއެކު ވެސް ކެމަރޫނަށް ގަދަ 16 ގެ ޖާގައެއް ނުލިބޭނެ. ބްރެޒިލާއެކު ގަދަ 16 އިން ޖާގަ ލިބުނީ ސްވިޒަލެންޑަށް.
'90+9 - ބްރެޒިލަށް ރަނގަޅު ފުރުސަތެއް. މާކީނިއޯސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ގިމަރޭސް ފޮނުވާލި ހަމަލާ ދިޔައީ ކެމަރޫން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
ގޯލު ޖެހުމަށްފަހު ޖާޒީ ބޭލުމުން ދެވަނަ ރީނދޫ ކާޑަކާއެކު އަބޫބަކާއަށް ރަތް ކާޑެއް.
'90+2 - ކެމަރޫނުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ކެމަރޫނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ވިންސެންޓް އަބޫބަކާ. އެއީ މި ވޯލްޑް ކަޕްގައި ބްރެޒިލް ކޮޅަށް ޖެހި ފުރަތަމަ ގޯލު.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ނުވަ މިނެޓުގެ ކުޅުން ދައްކައިފި.
'84 - ބްރެޒިލުގެ ނުރައްކަލެއް. ރަފީނިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބްރޫނޯ ގިމަރޭސް ފޮނުވާލި ހަމަލާ، ކެމަރޫންގެ ޑިފެންޑަރު ކްރިސްޓޮފާ ވޫ ވަނީ ދިފާއުކޮށްފައި.
'81 - މާޓިނެލީއަށް ކުރި ފައުލަކާ ގުޅިގެން ކެމަރޫން ކެޕްޓަން އަބޫބަކާއަށް ރީނދޫ ކާޑެއް.
'79 - ބްރެޒިލުން ބަދަލެއް. އެންޓޮނީގެ ބަދަލުގައި ކުޅެން ނުކުތީ ރަފީނިއާ.
'78 - ކެމަރޫންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އޮލިވިއާ ޗާމް ފޮނުވާލި ހަމަލާ، ބްރެޒިލްގެ ކީޕަރު އެޑަސަން ވަނީ މަތަކޮށްފައި.
'68 - ކެމަރޫނުން އިތުރު ބަދަލެއް. ކުންޑޭގެ ބަދަލުގައި ކުޅެން ނުކުތީ އޮލިވިއޭ ޗާމް.
'64 - ބްރެޒިލުން ވެސް ބަދަލެއް. ޖެސުސްގެ ބަދަލުގައި ކުޅެން ނުކުތީ ޕެޑްރޯ.
'64 - ކެމަރޫނުން ބަދަލެއް. އެމްބޫމޯގެ ބަދަލުގައި ކުޅެން ނުކުތީ ޓޮކޯ އެކާމްބީ.
'58 - ބްރެޒިލުގެ އިތުރު ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން އެންޓޮނީ ފޮނުވާލި ހަމަލާ ވެސް ކެމަރޫންގެ ކީޕަރު އެޕަސީ ވަނީ މަތަކޮށްފައި.
'57 - ބްރެޒިލަށް އިތުރު ފުރުސަތެއް. ކޯނަރެއްގެ ތެރެއިން ކެމަރޫނަށް ރަނގަޅަށް ބޯޅަ ދިފާއުނުކުރެވި ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައިން އެޑާ މިލިޓާއޯ ފޮނުވާލި ހަމަލާ، ކެމަރޫންގެ ކީޕަރު އެޕަސީ ވަނީ މަތަކޮށްފައި.
'56 - ބްރެޒިލްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މާޓިނެލީ ފޮނުވާލި ހަމަލާ، ކެމަރޫންގެ ކީޕަރު އެޕަސީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'55 - ބްރެޒިލުން ތިން ބަދަލެއް. އެލެކްސް ޓެލޭސް އާއި ފްރެޑާއި ރޮޑްރީގޯގެ ބަދަލުގައި ކުޅެން ނުކުތީ މާކީނިއޯސް އާއި ބްރޫނޯ ގިމަރޭސް އަދި އެވަޓަން ރިބޭރޯ.
'51 - ކެމަރޫންގެ ނުރައްކާތެރި ހަމަލާއެއް. ބްރަޔަން އެމްބޫމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކެމަރޫން ކެޕްޓަން ވިންސެންޓް އަބޫބަކާ ފޮނުވާލި ހަމަލާ ދިޔައީ ބްރެޒިލް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ބްރެޒިލް އަދި ކެމަރޫނަށް ވެސް ގޯލެއް ނުޖެހި ދެ ޓީމު އެއްވަރުވެގެން.
'45+3 - ކެމަރޫނަށް ހުސް ފުރުސަތެއް. ކްރިސްޓޮފާ ވޫ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބްރަޔަން އެމްބޫމޯ ބޮލުން ފޮނުވާލި ހަމަލާ، ބްރެޒިލްގެ ކީޕަރު އެޑަސަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި. އެއީ މި ވޯލްޑް ކަޕްގައި ބްރެޒިލްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނު ފުރަތަމަ ހަމަލާ.
'45+2 - ބްރެޒިލްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން މާޓިނެލީ ފޮނުވާލި ހަމަލާ ކީޕަރު އެޕަސީ ވަނީ މަތަކޮށްފައި.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'38 - ބްރެޒިލްގެ ހަމަލާއެއް. ފްރެޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެންޓޮނީ ފޮނުވާލި ހަމަލާގައި ބާރެއް ނެތް، ކެމަރޫންގެ ކީޕަރު އެޕަސީ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.
'34 - ޑެނީ އަލްވޭސް ފޮނުވާލި ހިލޭ ޖެހުން ކެމަރޫން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'32 - ރޮޑްރީގޯއަށް ކުރި ފައުލަކާ ގުޅިގެން ކެމަރޫންގެ ކޮލިންސް ފައިއަށް ރީނދޫ ކާޑެއް، ނުރައްކާ ހިސާބުން އަނެއްކާވެސް ބްރެޒިލަށް ހިލޭ ޖެހުމެއް.
'30 - ރޮޑްރީގޯ ފޮނުވާލި ހިލޭ ޖެހުން ކެމަރޫންގެ ވޯލްގައި ތިބި ކުޅުންތެރިން ގައިގައި ޖެހި ބްލޮކްވެއްޖެ.
'28 - ރޮޑްރީގޯއަށް ކުރި ފައުލަކާ ގުޅިގެން ޕިއޭ ކުންޑޭއަށް ރީނދޫ ކާޑެއް، ބްރެޒިލަށް ނުރައްކާ ހިސާބަކުން ހިލޭ ޖެހުމެއް.
'20 - ކެމަރޫންގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ނޫހޫ ޓޯލޯ ފޮނުވާލި ހަމަލާ، ބްރެޒިލްގެ ކީޕަރު އެޑަސަން ވަނީ މަތަކޮށްފައި.
މި މެޗާއެކު ޑެނީ އަލްވޭސް ވެފައިވަނީ ވޯލްޑް ކަޕްގެ މެޗެއްގައި ކުޅޭ ބްރެޒިލްގެ އެންމެ ދޮށީ ކުޅުންތެރިޔާއަށް. އޭނާގެ އުމުރަކީ 39 އަހަރާއި 210 ދުވަސް.
'14 - ބްރެޒިލަށް ރަނގަޅު ފުރުސަތެއް. ފްރެޑް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ގެބްރިިއަލް މާޓިނެލީ ބޮލުން ފޮނުވާލި ހަމަލާ، ކެމަރޫން ކީޕަރު ޑެވިސް އެޕަސީ ވަނީ މަތަކޮށްފައި.
'7 - އެން ގަނަމަލޫއަށް ކުރި ފައުލަކާ ގުޅިގެން ބްރެޒިލް ޑިފެންޑަރު މިލިޓާއޯއަށް ރީނދޫ ކާޑެއް.
'6 - އެންޓޮނީއަށް ކުރި ފައުލަކާ ގުޅިގެން ކެމަރޫންގެ ޓޯލޯއަށް ރީނދޫ ކާޑެއް.
'2 - ބްރެޒިލްގެ ނުރައްކަލެއް. އެންޓޮނީ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ފްރެޑަށް ރަނގަޅަށް ފޮނުވާލެވޭ ގޮތް ވަނީ ނުވެފައި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ބްރެޒިލުން.
މި މެޗަށް ބްރެޒިލުން ނުކުތީ ފުރަތަމަ 11 އަށް ގިނަ ބަދަލުތަކެއް ގެނެސްގެން. ކީޕަރު އެލިސަން، މާކީނޯސް، ކަސެމީރޯ، ރަފީނިއާ، ކެޕްޓަން ތިއާގީ ސިލްވާ، ވިނީޝިއަސް ޖޫނިއާ، ލޫކަސް ޕަކޭޓާ އަދި ރިޗާލިސަން ވެސް މެޗު ފެށީ ބެންޗުން. ބްރެޒިލްގެ ކެޕްޓަންގެ ދައުރު އަދާކުރަނީ ޑެނީ އަލްވޭސް.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގެ ފަސްވަނަ މެޗުގައި ބްރެޒިލާއި ކެމެރޫން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
ބްރެޒިލަށް މި މެޗުން ޕޮއިންޓެއް ހޯދައިގެންވެސް ގްރޫޕްގެ އެއްވަނަ ޔަގީން ކުރެވޭނެ. ކެމަރޫނަށް އޮތީ މޮޅެއް ހޯދުން. ކެމަރޫން މިރޭގެ މެޗުން މޮޅުވި ނަމަވެސް، އެޓީމަށް ގަދަ 16 ޔަގީން ކުރެވެން އޮތީ ސާބިއާއިން ސްވިޒަލޭންޑާ ދެކޮޅަށް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން. މެޗު ވެގެންދާނީ 2018 ވަނަ އަހަރު މި ދެ ގައުމުން ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު ކުޅެވޭ ފުރަތަމަ މެޗަށް. އެ މެޗު ބްރެޒިލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން. ބްރެޒިލާއި ކެމަރޫން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ވާދަކޮށްފައި. އެ މެޗު ބްރެޒިލުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުން.
"އަހަރެމެން ގަބޫލުކުރަނީ މި ކެމަރޫން ޓީމަށް ބްރެޒިލް ބަލިކުރެވިދާނެ ކަމަށް. އަހަރެމެން ވޯލްޑް ކަޕަށް ދިޔައީ ބައިވެރިވެލާކަށް ނޫން. އަހަރެމެންނަށްވެސް ވޯލްޑް ކަޕްގައި ބަސް ބުނެވޭނެ. ބްރެޒިލަކީ މޮޅު ޓީމަށް އެނގި ތިބެގެންވެސް ބްރެޒިލް ބަލިކުރެވޭނެ ކަމަށް އަރެމެން މި އުންމީދުކުރަނީ. އެކަމަށް ބޭނުންވާ ކަންކަން ޓީމުގެ ކިބައިގައި އެބަހުރި،"