މެޗު ނިންމާލައިފި. އުރުގުއާއީއާއި ގާނާވެސް ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔައީ ދެކުނު ކޮރެއާ ޕޯޗުގަލް ބަލިކުރުމުން.
'90+5 - ގާނާގެ ގޯލްކީޕަރު ޒިގީގެ ވަރުގަދަ ސޭވެއް. ގޮމޭސް ޖެހި ބާރު ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ކީޕަރު ވަނީ ޕަންޗުކޮށްލައިފައި.
އިތުރު ވަގުގެ ގޮތުގައި އަށް މިނެޓް ދައްކައިފި.
'89 - އުރުގުއާއީގެ ނުރައްކާތެރި ހަމަލާއެއް. ކަވާނީ ޖެހި ބޯޅަ މަތަކުރީ ޒިގީ. ގްރޫޕްގެ އަނެއް މެޗުގައި ކޮރެއާއިން ޕޯޗުގަލް ކައިރިން ލީޑު ނެގުމުން އުރުގުއާއީއަށް ދެވަނައަށް އަރަން އަދި އެއް ގޯލް ބޭނުންވާނެ.
'74 - ގާނާއަށް ދެ ބަދަލެއް. ވިލިއަމްސްއާއި އަބްދުލް ސަމަދުގެ ބަދަލުގައި ކުޅެން ނުކުތީ ސެމެންޔޯއާއި ކިޔެރޭ.
'70 - އުރުގުއާއީގެ ނުރައްކާތެރި ހަމަލާއެއް. ވަލްވާޑޭ ދުރުން ވޮލީއެއްގައި ފޮނުވާލި ބާރު ހަމަލާ މަތަކޮށް ބޭރުކޮށްލީ ގާނާގެ ގޯލްކީޕަރު ޒިގީ.
'66 - އުރުގުއާއީއަށް ދެ ބަދަލެއް. ސުއަރޭޒާއި ޕެލިސްޓްރީގެ ބަދަލުގައި ކުޅެން ނުކުތީ ކަވާނީއާއި ޑެ ލަ ކްރޫސް.
'65 - އުރުގުއާއީއަށް ފުރުސަތެއް. ޕެލިސްޓްރީއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'64 - ގާނާގެ ނުރައްކާތެރި ހުރަހެއް. ސުލެމާނާ އަރިމަތިން ހުރަސްކޮށްލި ބޯޅަ އޭރިއާ ތެރެއަށް ނުރައްކާކޮށް ދިޔަ ނަމަވެސް އެ ބޯޅައަށް އެރި ބުކާރީއަށް ބޯޅައިގައި ޖެއްސޭ ގޮތެއް ނުވި.
'60 - ސުއަރޭޒަށް ރީނދޫ ކާޑު. އޭނާއަށް ރެފްރީ ކާޑު ދެއްކީ ގާނާއަށް ދިން ހިލޭ ޖެހުމަކަށް މާ ބޮޑަށް ޝަކުވާ ކުރުމުން.
'57 - އުރުގުއާއީއަށް ޕެނަލްޓީއެއް ދޭން ޖެހޭތޯ ރެފްރީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު ނިންމީ ޕެނަލްޓީއެއް ނޫން ކަމަށް. ނުނޭޒަށް އޭރިއާ ތެރެއިން ކުރި ޓެކުލް ފައުލްވި ތޯ ބަލަން ރެފްރީ ދަނޑު ބޭރުގެ މޮނީޓަރުވެސް ބެލި.
'47 - ގާނާއަށް ފުރުސަތެއް. ބަދަލަކަށް އެރި ބުކާރީއަށް ފަހިވި ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށް.
'46 - ގާނާއިން ދެވަނަ ހާފަށް ނުކުތީ ބަދަލުތަކަކާއެކު. ޖޯޑަން، އަދި އަންދްރޭ އަޔޫވެސް ބާލައި ކުޅެން އެރުވީ ސުލެމާނީއާއި ބުކާރީ.
މެޗުގެ ދެވަނަ ހާފްގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. އުރުގުއާއީ މެޗު ލީޑު ކުރަމުން ދަނީ 2-0 ގެ ނަތީޖާއަކުން.
'45+5 - އުރުގުއާއީން ހަމަލާއެއް. ވަލްވާޑޭގެ ހިލޭ ޖެހުމަކުން ހުރަސް ވެގެން ދިޔަ ބޯޅައިގައި ހިމަނޭޒް ބޮލުން ރަނގަޅަށް ޖެއްސި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށް.
'45 - ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި އަށް މިނެޓް ދައްކައިފި.
'36 - އުރުގުއާއީގެ ބެންޓަންކޫރަށް އަނިޔާވެ ބަދަލުކުރަން ޖެހިއްޖެ. ބަދަލަކަށް ކުޅެން ނުކުތީ ވެސީނޯ.
ގްރޫޕްގެ އަނެއް މެޗުގައި މިހާރު ދެކުނު ކޮރެއާއިން ވަނީ ޕޯޗުގަލްއާ ނަތީޖާ ހަމަހަމަ ކޮށްފައި. މިހާރު އޮތް ގޮތުން އުރުގުއާއީ އޮތީ ދެވަނައިގައި. އަދިވެސް އެއްވަނައިގައި އޮތީ ޕޯޗުގަލް.
'32 - އުރުގުއާއީން ދެވަނަ ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. އެ ގޯލްވެސް ޖެހީ ޑި އަރަސްކައެޓާ. މިފަހަރުވެސް ގޯލަށް ފުރުސަތު ތަނަވަސްކޮށްފިދިނީ ލުއިސް ސުއަރޭޒް.
'26 - އުރުގުއާއީން ލީޑު ނަގައިފި. ގާނާ އޭރިއާ ތެރެއަށް ހުރަސް ވެގެން އައި ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލް ކޮށްލައި ސުއަރޭޒް ފޮނުވާލި ބޯޅަ ގޯލްކީޕަރު ޒިގީ މަތަކުރި ނަމަވެސް، ރީބައުންސަށް އަރައި ޑި އަރަސްކައެޓާ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލި.
'22 - އުރުގުއާއީއަށް ހުސް ފުރުސަތެއް. ކުރިއަށް ހުސްކޮށް އަރައި ކީޕަރު ބޯ މަތިން ނުނޭޒް ގޯލަށް ޗިޕް ކޮށްލި ބޯޅަ ގޯލްގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ސާފުކޮށްލީ ޑިފެންޑަރު ސަލީސޫ.
'20 - އަންދްރޭ އަޔޫ ފޮނުވާލި ޕެނަލްޓީ ކީޕަރު މަތަކޮށްފި. ރޮޗެޓަށް ފަސޭހަ ސޭވެއް. އަޔޫގެ ޕެނަލްޓީ ފެނުނީ މާ ބޮޑު ބާރެއް ނެތް ބޯޅައެއްގެ ގޮތުގައި.
'18 - ގާނާއަށް ޕެނަލްޓީ. ރޮޗެޓް ކުޑޫސްއަށް ކުރި ފައުލަށް ފުރަތަމަ ޕެނަލްޓީ ނުދޭން ރެފްރީ ނިންމި ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ވަނީ ޕެނަލްޓީ ދީފައި.
17' - ގާނާގެ ނުރައްކާތެރި ހަމަލާއެއް. ޖޯޑަން އަޔޫ އަރިމަތިން ވަދެ، ޕެނަލްޓީ އޭރިއާ ތެރެއިން މެދަށް ޖެހި ފޮނުވާލި ބާރު ހަމަލާ ޕަންޗުކޮށް ބޭރުކޮށްލީ ރޮޗެޓް. ރީބައުންސްގައި ކުޑޫސް ފޮނުވާލަން އުޅުނު ބޯޅައަށް ހުރަސް އަޅަން އުރުގުއާއީގެ ކީޕަރު އޭނާއަށް ފައުލްކުރި.
'15 - އުރުގުއާއީއަށް ފުރުސަތެއް. ގާނާގެ ޑިފެންސްގެ ކުރިއަށް އަރައި ނުނޭޒް ފޮނުވާލި ހަމަލާ ހުޝިޔާރު ކަމާއެކު ބްލޮކް ކުރީ ޑިފެންޑަރު ސަލީސޫ.
ގްރޫޕްގައި މިވަގުތު ކުޅެމުންދާ އަނެއް މެޗުގައި ޕޯޗުގަލްއިން ވަނީ ލީޑު ނަގައިފައި. އެއާއެކު އެއްވަނަ މަގާމަށް ޕޯޗުގަލްއަށް ފުރުސަތު ވަނީ ބޮޑުވެފައި.
'10 - އުރުގުއާއީގެ ނުރައްކާތެރި ހުރަހެއް. ވަރޭލާ އަރިމަތިން ބާރު، ނުރައްކާތެރި ހުރަހެއް ނަގައިދިން ނަމަވެސް ބޯޅައަށް އެއްވެސް ކުޅުންތެރިޔަކަށް ރަނގަޅަށް ކުރިއަށް އެރިފައެއް ނުވޭ.
'7 - ސުއަރޭޒް ފައިގައި ފުރަތަމަ ބޯޅަ ޖެހުމާއެކުވެސް އަލް ޖަނޫބް ސްޓޭޑިއަމުން އިވިގެން ދިޔައީ "ބޫ" ކުރުމުގެ އަޑު. ގާނާގެ ސަޕޯޓަރުންނަަށް ސުއަރޭޒްއަކީ އެގައުމުގެ އެންމެ ބޮޑު ހަތުރު. އެކަން ގުޅިފައި ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލާ. އެ މެޗުގެ ފަހު މިނެޓް ގާނާ ޖެހި ބޯޅައެއް ގޯލް ރޮނގުމަތިން ސުއަރޭޒް އަތުން ޖައްސައި، ރަތް ކާޑު ހޯދި. އެ ޕަނަލްޓީގައި ގާނާގެ ޖިއާން ޖެހި ބޯޅަ ދަނޑީގައި ޖެހި، ގާނާ ބަލިވީ ޕެނަލްޓީއަށް ގޮސްގެން.
'5 - ގާނާގެ ރަނގަޅު ޑިފެންސެއް. ބެންޓަންކޫރް ނުނޭޒްއަށް ވައްޓާލި ބޯޅައިގައި އޭނާ މުހައްމަދު ސަލީސޫ ނައްޓާލަން މަސައްކަތް ކުރި ނަމަވެސް، ސަލީސޫ ވަނީ ރަނގަޅަށް ޓެކުލްކޮށް ބޯޅަ ބޭރުކޮށްލައިފައި.
މެޗުގެ ކުޅުން ފަށައިފި. ކުޅުން ފެށީ އުރުގުއާއީގެ ކެޕްޓަން ސުއަރޭޒް.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގެ ހަވަނަ މެޗުގައި އުރުގުއޭއާއި ގާނާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މެޗަށް ނުކުންނަ އިރު، ގާނާއަށް އޮތީ މޮޅަކާއެކު ގަދަ 16 ހޯދުން. އުރުގުއާއީއަށްވެސް އުންމީދެއް އޮތީ މޮޅެވެގެން. އެޓީމުން މޮޅުވިޔަސް ގަދަ 16 ލިބޭނީ އެ ގްރޫޕުގައި ދެކުނު ކޮރެއާ، ޕޯޗުގަލާ ދެކޮޅަށް ކުޅޭ މެޗުން ކޮރެއާ ބަލިވެގެން. ނޫނީ އެ މެޗު އެއްވަރު ވެގެން. މެޗުގެ ކުރިން އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ 2010 ވަނަ އަހަރު ވޯލްޑް ކަޕްގައި މި ދެގައުމުން ކުޅުނު މެޗަށް. އެއަހަރު ކުއާޓާ ފައިނަލުގައި ގާނާއާއި ޕޯޗުގަލް ވާދަކުރި މެޗަކީ ޑްރާމާއިން ފުރިގެންވާ މެޗެއް.