ބަނގްލަދޭޝްގެ ޑާކާ އިން: އަހުމަދު ޔަޝާއު ވަން އޮންލައިން
ސާފް ސުޒުކީ ކަޕް ސެމީފައިނަލް ފުރަތަމަ މެޗުގައި ފަސޭހަމާއެކު ވަރުގަދަ ނޭޕާލްގެ ބަލިކޮށް، ދިވެހިރާއްޖެ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ބަންގްލަދޭޝްގެ ޑާކާގެ ބަންގްބަންދު ނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ރާއްޖެ ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގައި ރާއްޖެ ސެމީފައިނަލާ ހަމައަށް ދަތުރުކުރީ މެޗަކުން މޮޅުނުވެ، ގޯލެއްވެސް ކާމިޔާބު ނުކުރެވިއެވެ. މިއަދުގެ މެޗަށް ރާއްޖެ ނިކުތީ އާއްމުގޮތެއްގައި ފުރަތަމަ އެގާރައިގައި ހިމެނޭ މުޙައްމަދު އާރިފް (ބަކާ) އާއި މުޙައްމަދު އިރުފާން (އިރޭ) ބެންޗުގައި ބައިންދައިގެންނެވެ.
މެޗުފަށައިގެން ގިނަ ހަމަލާތައް އުފެއްދީ ރާއްޖެ ޓީމުންނެވެ. އެގޮތުން، މެޗުގެ ވަރަށް ކުރީކޮޅު ރާއްޖެއިން ލަނޑެއްޖަހާ ލީޑު ނެގިއެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ރާއްޖެއަށް މިލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަކްރަމް އަބްދުލްޤަނީއެވެ. ނޭޕާލްގެ ޕެނަލްޓީ އޭރިޔާގެ ކަނާތްފަރާތުން އަލީ ފާސިރު އަށް ނޭޕާލް ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ހިލޭޖެހުމެއް އަކޫ ވަނީ ގޯލުގެ ދުރުކަނަށް އަމާޒުކޮށްލާފައެވެ. ރާއްޖޭގެ މި ލަނޑާއެކު ނޭޕާލުން ކުރިއަށްޖެހި ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް، ވެހެމުންދިޔަ ބޯވާރޭގައި އެކަން ވާގޮތެއް ނުވިއެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ރެފްރީވަނީ ބޯވާރޭގައި ވިދާ ގުގުރާތީ މެޗު 30 މިނެޓަށް މެދުކަނޑާލާފައެވެ. ކުޅުން މެދުކަނޑާލުމަށްފަހު ދެން ފެނިގެންދިޔައީ ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޭޕާލްއަށޤ ނަތީޖާ ހަމަހަމަ ކުރަން އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ އެޓީމުގެ ކެޕްޓަން ބަރަތް ހަވާސް އަށެވެ. ބިމާލް މަގަރް ފޮނުވާލި ބޯޅަ ރާއްޖޭގެ ގޯލް ކީޕަރު ފައިސަލްގެ އަތުގައި ޖެހިފައި ވެއްޓުމުން، ބަރަތު މުޅިން ހުސްކޮށްހުރެ ފޮނުވާލި ބޯލަ ދިޔައީ އަރިމަތިން ބޭރަށެވެ. މެޗުގެ ފުރތަމަ ހާފު ނިމިގެން ގޮސްފައިވަނީ 0-1 ރާއްޖެ ކުރީގައި އޮވެގެންނެވެ.
ދެވަނަހާފު ފެށިތަނާ މާގިނައިރެއްނުވެ ރާއްޖެ ޓީމުގެ ހަސަން ނާއިޒުއަށް ލީޑު ފުޅާކުރަން ރަނުގެ ފުރުޞަތެއް ލިބި ބޭކާރުވިއެވެ. މުޅިން ހުސްކޮށްހުރެ އޭނާ ފޮނުވާލި ބޯޅަ ނޭޕާލްގެ ގޯލްކީޕަރު ކިރަން ކުމާރުވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. މެޗުގެ ފަހު ދިހަ މިނެޓުގައި ނޭޕާލުން ނަތީޖާ ހަމަހަމަކުރެވޭތޯ ކުރިއަށްޖެހި ވަރަށް މަސައްކަތްކުރިއެވެ. އެވަގުތުކޮޅުގެ ތެރޭގައި ރާއްޖެއިން ފުލުފުލު ދެގޯލް ޖަހާ ނަތީޖާ 0-3 އަށް ބަދަލުކޮށްލިއެވެ.
މެޗުގައި ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަސަދުﷲ އަބްދުﷲ ތަނަވަސްކުރި ދެފުރުޞަތުގައި އިބްރާހީމް ވަހީދުވަނީ ތިން މިނެޓު ތެރޭ ދެލަނޑު ދެލަނޑުޖަހާ ރާއްޖެ ފައިނަލަށް ގެންގޮސްދީފައެވެ.
ފައިނަލުގައި ރާއްޖެ ބައްދަލުކުރަންޖެހޭނީ މިއަދު ކުޅޭ ދެވަނަ ސެމީގައި އިންޑިއާ އާއި ޕާކިސްތާން ކުޅޭ މެޗުން މޮޅުވާ ބަޔަކާއެވެ.