ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތް މިނެޓުގެ ކުޅުން ދައްކައިފި.
'89 - ސްޕެއިނަށް ކައިރިކައިރީގައި ރަނގަޅު ދެ ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ފެރާން މާކޯ އަސެންސިއޯ ފޮނުވާލި ހަމަލާ އަދި ޕެނަލްޓީ އޭރިއާ ތެރެއިން އޮލްމޯ ފޮނުވާލި ހަމަލާ ވެސް ޖަޕާންގެ ކީޕަރު ގޮންޑާ ވަނީ މަތަކޮށްފައި.
އަނެއް މެޗުގައި ޖަރުމަނުން އަނެއްކާ ވަނީ ކޮސްޓަ ރީކާ ކޮޅަށް ގޯލެއް ޖަހައި، ލީޑު ހޯދާފައި. ނަމަވެސް ޖަރުމަނަށް ގަދަ 16 ގެ ޖާގައެއް އަދި ކަށަވަރެއް ނުވޭ. ގޯލުގެ ތަފާތުން ދެވަނައިގައި އޮތީ ސްޕެއިން.
މި ގްރޫޕުގައި ޖަރުމަނާއި ކޮސްޓަ ރީކާ ކުޅޭ މެޗު މިހާރު 2-2 އިން އެއްވަރު.
'75 - ސްޕެއިނުން އަންނަނީ ކުރިއަށް ޖެހި، ޖަޕާންގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުން. ނަމަވެސް ޖަޕާންގެ ޑިފެންސް ފެންނަނީ ވަރުގަދަކޮށް.
ޖަޕާނުން މިހާރު ފެންނަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅޭތަން.
'69 - ޖަޕާނުން ވެސް ބަދަލެއް. ކަމާޑާގެ ބަދަލުގައި ކުޅެން ނުކުތީ ޓޮމިޔާސޫ.
'68 - ސްޕެއިނުން އިތުރު ދެ ބަދަލު. ގަވީ އާއި ބަލްޑޭގެ ބަދަލުގައި ކުޅެން ނުކުތީ ޖޯޑީ އަލްބާ އާއި އަންސޫ ފަޓީ.
ގްރޫޕުގެ އަނެއް މެޗުގައި ކޮސްޓަ ރީކާ އިން ވަނީ ޖަރުމަން ކޮޅަށް ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްފައި. މި މެޗުގައި ސްޕެއިން ކޮޅަށް ދެ ގޯލު ޖަހައި މިވަގުތު 2-1 ގެ ނަތީޖާއަކުން ކުރީގައި ޖަޕާން. މި ނަތީޖާތަކާއެކު ނިމިއްޖެ ނަމަ، ގަދަ 16 ކަށަވަރުވާނީ ޖަޕާނާއި ސްޕެއިނަށް. އަދި ޖަރުމަނާއި ކޮސްޓަ ރީކާ ކަޓާނެ.
'57 - ސްޕެއިނުން ދެ ބަދަލެއް. މޮރާޓާ އާއި ނީކޯ ވިލިއަމްސްގެ ބަދަލުގައި ކުޅެން ނުކުތީ މާކޯ އަސެންސިއޯ އާއި ފެރާން ޓޮރޭސް.
'54 - ވީއޭއާރަށް ބެލުމަށްފަހު ޖަޕާނުގެ ގޯލެއް ކަމަށް ރެފްރީ ނިންމައިފި. ކައުރޯ މިޓޯމާ ދިން ބޯޅައަކުން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އައޯ ޓަނާކާ.
'52 - ޖަޕާނުގެ ގޯލަށް ވީއޭއާރަށް ބަލަނީ. ރެފްރީ ގޯލެއްތޯ ބެލުމަށް ވީއޭއާރަށް ބަލަނީ ގޯލު ޖެހުމުގެ ކުރިން ބޯޅަ ބޭރުވެފައިވޭތޯ ބެލުމަށް.
'48 - ޖަޕާނުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފަށް ކުޅެން ނުކުތް ރިޓްސޫ ޑޮއާން. އޭނާ އެ ގޯލު ޖެހީ ސްޕެއިން ޑިފެންޑަރު އަލެހެންޑްރޯ ބަލްޑޭ އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ބާރު ހަމަލާއަކުން.
ދެވަނަ ހާފަށް ދެ ޓީމުން ވެސް ނުކުތީ ބަދަލުތަކަކާއެކު. ދެވަނަ ހާފަށް ޖަޕާނުން ކޫބޯ އާއި ނަގަޓޯމޯގެ ބަދަލުގައި ކުޅެން ނުކުތީ ރިޓްސޫ ޑޮއޯން އާއި ކައޮރޫ މިޓޯމާ. އަދި ސްޕެއިނުން އަޒްޕިލިކުއޭޓާގެ ބަދަލުގައި ކުޅެން ނުކުތީ ޑެނީ ކާވޭހަލް.
ދެވަނަ ހާފުގެ ކުޅުން ފަށައިފި.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.
ޖަޕާނުގެ އިޓަކޫރާ އާއި ޓަނިގޫޗީއަށް ވެސް ރީނދޫ ކާޑެއް.
'42 - ބުސްކެޓްސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ސްޕެއިންގެ އޮލްމޯ ފޮނުވާލި ހަމަލާ، ޖަޕާންގެ ޑިފެންޑަރުން ދިފާއުކޮށްފި.
'39 - ޕެޑްރީއަށް ކުރި ފައުލަކާ ގުޅިގެން ޖަޕާނުގެ ކޫ އިޓަކޫރާއަށް ރީނދޫ ކާޑެއް.
'36 - ޖަޕާނުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޑައިޗީ ކަމާޑާ ފޮނުވާލި ހަމަލާ، ސްޕެއިންގެ ޑިފެންޑަރު ޕައު ޓޮރޭސް ވަނީ ދިފާއުކޮށްފައި.
'23 - ސްޕެއިންގެ އިތުރު ނުރައްކަލެއް. ގަވީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މޮރާޓާ ފޮނުވާލި ހަމަލާ އަމާޒުވީ ޖަޕާންގެ ކީޕަރު ޝުއިޗީ ގޮންޑާގެ އަތަށް.
މި ގްރޫޕުގައި ކުޅޭ އަނެއް މެޗުގައި ޖަރުމަނުން ވެސް ވަނީ ގޯލެއް ޖަހާފައި. ކޮސްޓަ ރީކާއާ ދެކޮޅަށް ކުޅޭ އެ މެޗުގައި މިވަގުތު 1-0 ގެ ނަތީޖާއަކުން ކުރީގައި އޮތީ ޖަރުމަން. ޖަރުމަންގެ ގޯލު ކާމިޔާބުކޮށްދިނީ ސާޖް ގްނާބްރީ.
'12 - ސްޕެއިނުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ސެސާ އަޒްޕިލިކުއެޓާ ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ. މިއީ މިފަހަރުގެ މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލު.
'9 - ސްޕެއިނަށް ރަނގަޅު ފުރުސަތެއް. ޑެނީ އޮލްމޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އަލްވާރޯ މޮރާޓާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ޖަޕާން ކީޕަރު ޝުއިޗީ ގުންޑޯއާ ދިމާއަށް.
'8 - ޖަޕާންގެ ހަމަލާއެއް. ސާޖިއޯ ބުސްކެޓްސް އަތުން ބޯޅަ ގެއްލުމާއެކު، އައޯ ޓަނާކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖުންޔާ އިޓޯ ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'7 - ސްޕެއިންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބުސްކެޓްސް ފޮނުވާލި ހަމަލާ ދިޔައީ ޖަޕާން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
ސްޕެއިނުން ފެށީ އެޓީމުގެ ރަސްމީ ކުޅުމުން. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން ސްޕެއިނުން އަންނަނީ މަސައްކަތްކުރަމުން.
މެޗުގެ ކުޅުން ފަށައިފި.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީގެ ފަސްވަނަ މެޗުގައި ސްޕެއިނާއި ޖަޕާން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
ޖަޕާނުން މިފަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނު ބަލިކުރި އިރު، ދެވަނަ މެޗުގައި މާޔޫސީ ބައްޔެއްވީ ކޮސްޓަ ރީކާ އަތުން. އެ ބައްޔާއެކުވެސް މިރޭގެ މެޗުގައި ސްޕެއިން ބަލިކޮށް، އެޓީމަށް އަދިވެސް އަމިއްލަ ބާރުގައި ގަދަ 16 އަށް ދެވެން އެބައޮތް. މިދިޔަ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16ގައި ބެލްޖިއަމް އަތުން ހިތްދަތިކޮށް ކަޓައިގެން ދިޔަ ޖަޕާން މިރޭ ނުކުންނާނީ އުނދަގޫ މެޗަކަށް ކަމަށް ކޯޗު މޮރިޔަސޫ ފާހަގަކޮށްފައިވާ އިރު، އޭނާ ބުނީ މެޗަށް ޕްރެޝަރެއް ނެތް ކަމަށް.
ސްޕެއިންނަށް މިރޭގެ މެޗު އެއްވަރުކޮށްލައިގެންވެސް ގަދަ 16 ޔަގީން ކުރެވެން އޮތް އިރު، އެއްވަރު ވެއްޖެ ނަމަ ގްރޫޕްގެ އެއްވަނަ އެޓީމަށް ލިބެން އޮތީ ޖަރުމަނުން ކޮސްޓަ ރީކާ ބަލިކުރުމުން.
"ދެވަނަ ހޯދަން ނުވިސްނަން. މޮޅަކަށް ކުޅޭނީ އަހަރެމެން ދެވަނަ ހޯދަން 90 މިނެޓާ ހަމައަށް ގޯލެއް ނުޖަހައި އެއްވަރުކޮށް ކުޅެނިކޮށް އަނެއް މެޗުވެސް އެނަތީޖާގައި އޮއްވައި ޖަޕާނާއި ކޮސްޓަ ރީކާ ޖަހާ ގޯލުން އަހަރެމެން ކަޓާނެ. ނޫނީ ޖަރުމަނު 5-0 ގެ ތަފާތަކުން މޮޅުވިޔަސް އެހެން އޮވެފައި ޖަޕާނުން ގޯލެއް ޖެހީ އަހަރެމެން ކެޓީ. އެހެންވީމާ އެކަމެއް ނުކުރާނަން. ކުޅޭނީ އެއްވަނަ ނަގަން. ޓީމު ރޫހު ހުންނަންވާނީ ކުޅެން ޖެހުނު ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެ ފައިނަލަށްވެސް ދާން. ބްރެޒިލާ އެކު ކުއާޓާގައި ޖެހިއްޖެއްޔާ އެއީ ޖެހުނީ. އެ މެޗު ވާނީ ވަރުގަދަ މެޗަކަށް،"
"އަހަރެން މިއަދު އައީ ބުނަން ޖެހޭނެ ބައެއް އެއްޗެހި ނޯޓު ފޮތެއްގައި ލިޔެގެން. ފުރަތަމަ ބުނަން ބޭނުންވާ އެއްޗަކީ މާޒީ ބަދަލު ނުވާނެ ކަމަށް. ދެން ބުނަން އޮތް ވާހަކަތަކަކީ ސްޕެއިނަކީ ފިޒިކަލީ، ޓެކްޓިކަލީ، ޓެންނިކަލީވެސް ވަރަށް ތަފާތު މޮޅު ޓީމެއް ކަމަށް. ހާއްސަކޮށް ކޯޗު ލުއިސް އެންރީކޭގެ ކޯޗުކަމުގައި ޖަޕާން ފެންނަނީ ވަރަށް ތަފާތުކޮށް. އެމެޗަކީ އަހަރެމެންނަށް ވަރަށް މާޔޫސީ މެޗެއް. ދެން އޮތީ އޭޝިއާ އާއި ޔޫރަޕްގެ ފުޓުބޯޅައިގެ ވާހަކަ. އެންމެން މިވަގުތު ބަލަނީ ޔޫރަޕްގެ ފުޓުބޯޯޅަ، ފޮލޯ ކުރަނީވެސް އެ ލީގުތައް. އެއީ ޓެންނިކަލީ އަދި ފިޒިކަލީވެސް ރަނގަޅުވީމަ. އެކަމަކު އެ ފަރަގު ކުޑަކުރެވޭ އެބަ. ޖަޕާނުގެ ފުޓުބޯޅައިގެ މިސްރާބު މިހުރީ 2050 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް. އެހެންވީމަ މި ވިސްނަނީ ސްޕެއިން މެޗަކީ ގްރޫޕް ސްޓޭޖުން ސަލާމަތްވެ، މުސްތަގުބަލަށް އެޅޭނެ ފިޔަވަޅަކަށް ވާނެ ކަމަށް،"