މެޗު ނިމިއްޖެ. ގްރޫޕްގެ އަނެއް މެޗުގައި ޖަޕާނުން ސްޕެއިން ބަލިކުރުމާއެކު ޖަރުމަނު ވަނީ ކަޓައިފައި.
'89 - ޖަރުމަނުން އަނެއްކާވެސް ގޯލު ޖަހައި، ލީޑު އިތުރަށް ފުޅާކޮށްފި. ގޯލު ޖެހީ ބަދަލަކަށް ނުކުތް ނިކްލަސް ފުލްކްރަގް.
'85 - ޖަރުމަނުން ފަހަތުން އަރައި ލީޑު ނަގައިފި. މިފަހަރުވެސް ގޯލު ޖަހައިދިނީ ކައި ހަވާޓްސް. ޖަރުމަނަށް އަދިވެސް ސްޕެއިން އެއްވަރު ކޮށްފިނަމަ ގަދަ 16 ލިބޭނެ ފަސޭހަ މަގެއް އެބައޮތް.
'76 - ނަވާސްގެ މޮޅު ސޭވެއް. ކައުންޓާގައި ޖަރުމަނުގެ ސާނޭ ޖެހި ބާރު ހަމަލާ ބޭރަށް ދިޔައީ ނަވާސް މޫނުގައި ޖެހިފައި.
'72 - ކައި ހަވާޓްސް ޖަރުމަނަށް އަނެއްކާވެސް ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދީފި.
'70 - ކޮސްޓަ ރީކާ ފަހަތުން އަރައި ލީޑް ނަގައިފި. އެ ގޯލު ޖަހައިދިނީ ވާގާސްއެވެ. ހިލޭ ޖެހުމަކުން ވާގާސް ބޮލުން ޖެހި ބޯޅަ ވައްދާލީ މަތީ ކަނަށެވެ.
'62 - ޖަރުމަނުން އަނެއްކާވެސް ދަނޑިއަށް. މިފަހަރު ކިމިޗްގެ ބޯޅަކުން ރުޑިގާ ޖެހި ބޯޅަ އަމާޒުވީ ދަނޑިއަށް.
'61 - ޖަރުމަނުގެ ނުރައްކާތެރި ހަމަލާއެއް. މުސިއާލާ އަރިމަތިން ވަދެ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށް.
'58 - ކޮސްޓަ ރީކާއިން ނަތީޖާ ހަމަހަމަ ކޮށްފި. ވަސްޓޮން ބޮލުން ޖެހި ބޯޅަ ނޯޔާ މަތަކުރި ނަމަވެސް ރީބައުންސްގައި ޓެޖެޑާ ވަނީ ބޯޅަ ގޯލަށް ވައްދާލާފައި.
މި ގްރޫޕްގައި މިވަގުތު ކުޅެމުންދާ އަނެއް މެޗުގައި ޖަޕާނުން ވަނީ ފުލުފުލުގައި ދެ ގޯލު ޖަހައި 2-1 ގެ ނަތީޖާއަކުން ފަހަތުން އަރައި ލީޑު ނަގައިފައި. އެ ނަތީޖާއާއެކު ޖަރުމަނަށް ދެން އޮތީ އުނދަގޫ މަގެއް.
'53 - މުސިއާލާ އޭރިއާ ތެރެއަށް ވަންނަން މަސައްކަތް ކުރި ބޯޅަ ކޮސްޓަ ރީކާ ޑިފެންސުން ސާފުކޮށް ބޭރު ކޮށްލައިފި.
މެޗުގެ ދެވަނަ ހާފްގެ ކުޅުން ފަށައިފި.
ފުރަތަމަ ހާފްގެ ކުޅުން ނިންމާލައިފި.
'45 - ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓް ދައްކައިފި.
'42 - ކޮސްޓަ ރީކާއަށް ރަނގަޅު ފުރުސަތެއް. މަތިން ވައްޓާލި ބޯޅައެއްގައި ޖަރުމަނުގެ ފަހަތުން ރުޑިގާ އަތުން ހެދުނު ގޯހެއްގެ ބޭނުން ހިފައި، ފުލާ އޭރިއާ ތެރެއަށް ވަދެ ޖެހި ބޯޅާ ހުޝިޔާރުކަމާއެކު މަތަކުރީ ކީޕަރު ނޯޔާ.
'40 - ޖަރުމަނުގެ ނުރައްކާތެރި ހަމަލާއެއް. އަރިމަތިން އޭރިއާ ތެރެއަށް ވަދެ ޑިފެންޑަރު ނައްޓާލުމަށްފަހު ގްނަބްރީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށް. އޭނާ ޖެހި ބޯޅަ ދިޔައީ ގޯލްގެ ދުރު ކަނާ ދިމާލަށް.
'36 - ޖަރުމަނަށް އަނެއްކާވެސް ހުސް ފުރުސަތެއް. ބަޔާން މިއުނިކްގެ މުސިއާލާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށް. އޭނާއަށް ހުރަސް އަޅަން ހުރީ ހަމައެކަނި ގޯލްކީޕަރު ނަވާސް.
'34 - ޖަރުމަނުގެ ހަމަލާއެއް. ދުރުން ކިމިޗް ފޮނުވާލި ހަމަލާ ކޮސްޓަ ރީކާ ގޯލްކީޕަރު ނަވާސްއާ ދިމަލަށް ދިޔަ ނަމަވެސް، ފުދޭ ވަރަކަށް ބާރު ހަމަލާއެއް. ނަވާސްއަށް ރަނގަޅަށް ބޯޅަ ހިފުނީ ދެވަނަ ފުރުސަތެއްގައި.
'30 - ޖަރުމަނަށް ފުރުސަތެއް. ގްނަބްރީއަށް އޭރިއާ ތެރެއިން ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ކޮސްޓަ ރީކާ ޑިފެންޑަރު ފައިގައި ޖެހިފައި.
'29 - ކޮސްޓަ ރީކާގެ އެޓޭކެއް. އޮވިއޭޑޯގެ ހުރަހަށް ކޭމްބެލް މަސައްކަތް ކުރި ނަމަވެސް، އެ ބޯޅައިގައި ލައްވައެއް ނުލި.
ފުރަތަމަ ހާފްގެ 25 އަކަށް މިނެޓްގެ ކުޅުން ނިމިފައިވާ އިރު، މެޗުގެ ކޮންޓްރޯލް އޮތީ ޖަރުމަނު އަތުގައި. އެޓީމުން ދަނީ ނުރައްކާތެރި އެޓޭކްތަކަކަށް ފުރުސަތު ތަނަވަސްކުރަމުން.
މި ގްރޫޕްގައި މިވަގުތު ކުޅެމުންދާ އަނެއް މެޗުގައި ސްޕެއިން ވަނީ ޖަޕާން ކައިރީގައި 1-0 ގެ ލީޑެއް ނަގާފައި. އެ ނަތީޖާއާއެކު މިވަގުތު އޮތް ގޮތުން ގަދަ 16 ގެ ޖާގަތަކުގައި އޮތީ ސްޕެއިނާއި ޖަރުމަނު.
10' - ޖަރުމަނުން ލީޑު ނަގައިފި. ގްނަބްރީ ޖެހި ގޯލަކީ ރައުމްގެ ހުރަހެއް ކޯނުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ޖެހި ގޯލެއް. އެ ގޯލަކީ ގްނަބްރީ ގައުމީ ޖާޒީގައި ޖެހި 21 ވަނަ ގޯލް.
'8 - ޖަރުމަނަށް ހުސް ފުރުސަތެއް. ކިމިޗް އަރިމަތިން ނަގައިދިން ހުރަސް މުލާ ހުސްކޮށް ހުއްޓާ ބޮލުން ފޮނުވާލަން ލިބުނު ނަމަވެސް، އޭނާ ޖެހި ބޯޅަ ދިޔައީ ބޭރަށް.
'5 - ޖަރުމަނުގެ ނުރައްކަލެއް. ހުސްކޮށް ކުރިއަށް ދުއްވާލި ބޯޅައިގައި ކުރިއަށް ޖެހި ގްނަބްރީ ޖެހި ބޯޅަ މަތަކުރީ ނަވާސް. އެ ބޯޅައަށް މަސައްކަތް ކުރިއިރު ގްނަބްރީ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް ބަލައި ލައިންސްމަން ވަނީ ދިދަ ނަގާފައި.
'2 - ޖަރުމަނުގެ ނުރައްކާތެރި ހަމަލާއެއް. މުސިއާލާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ މަތަކުރީ ކޮސްޓާ ރީކާގެ ގޯލްކީޕަރު ނަވާސް.
މެޗުގެ ކުޅުން ފަށައިފި.
މެޗުގެ ކުޅުން ފަށައިފި.
ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީގެ ހަވަނަ މެޗުގައި ޖަރުމަނާއި ކޮސްޓަ ރީކާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
ޖަރުމަނަށް އަމިއްލަ ބާރުގައި ގަދަ 16 އަށް ދެވެން އޮތީ މިރޭގެ މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ކޮސްޓަ ރީކާ ބަލިކޮށްގެން އެކަނި. އެހެން ނަމަވެސް ސްޕެއިނުން ޖަޕާނާ ދެކޮޅަށް ކުޅޭ މެޗުގައި ސްޕެއިން މޮޅުވެއްޖެނަމަ، ޖަރުމަނަށް މޮޅަކާއެކު ގަދަ 16 ލިބޭނެ. ނޫން ނަމަ ޖެހޭނީ އަށްވަރަކަށް ގޯލުގެ ތަފާތަކުން މޮޅުވާން.
އިދިކޮޅަށް ނުކުންނަ ކޮސްޓަ ރީކާގެ ކޯޗު ލުއިސް ފެނާންޑީ ސުއަރޭސް ބުނީ ޖަރުމަނު ކަޓުވާލެވުމަކީ ފަހުރުވެރިވާނެ ކާމިޔާބީއަކަށް ވާނެ ކަމަށާއި، އެކަން ކުރަން އަޒުމެއްގައި ޓީމު ތިބި ކަމަށް.