ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: ކްރޮއޭޝިއާ 0-0 ބެލްޖިއަމް (ފުލްޓައިމް)

02 Dec 03:45

މެޗުގެ އުސްއަލިތައް:

  • މެޗުގެ ކުރީކޮޅުގައި ނުރައްކާކޮށް ފެނުނީ ކްރޮއޭޝިއާ
  • މެޗު ފެށިގެން ގިނައިރުތަކެއް ނުވެ، ކްރޮއޭޝިއާއަށް ހުސް ފުރުސަތެއް ވެސް ލިބުނު
  • ޕެރިސިޗް ފޮނުވާލި އެ ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ
  • ޕެނަލްޓީ އޭރިއާ ތެރެއިން ފައުލުކުރުމުން ކްރޮއޭޝިއާއަށް ޕެނަލްޓީއެއް ވެސް ލިބުނު، ނަމަވެސް ފަހުން ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ނިންމީ އޭގެ ކުރިން ކްރޮއޭޝިއާގެ ލޮވްރެން އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް
  • ދެވަނަ ހާފުގައި ބެލްޖިއަމުން ގޯލެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި
  • އެޓީމުން ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައި
  • ބެލްޖިއަމް ފޯވަޑް ލުކާކޫއަށް ހުސް ތިން ފުރުސަތެއް ލިބުނު ނަމަވެސް، އޭނާއަށް އޭގެ ބޭނުން ހިފިފައެއް ނުވޭ
02 Dec 03:00

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ ކްރޮއޭޝިއާ އަދި ބެލްޖިއަމަށް ވެސް ގޯލެއް ނުޖެހި އެއްވަރުވެގެން. އެ ނަތީޖާއާއެކު ކްރޮއޭޝިއާއަށް ވަނީ ގަދަ 16 ގެ ޖާގައެއް ލިބިފައި. ނަމަވެސް ބެލްޖިއަމަށް ވަނީ ފުރުސަތު ގެއްލިފައި.

02 Dec 02:52

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

02 Dec 02:50

'90 - ބެލްޖިއަމަށް ހުސް ފުރުސަތެއް. ތޯގަން ހަޒާޑް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ލުކާކޫއަށް ލިބުނު ނަމަވެސް އޭނާއަށް ނިންމައިނުލެވުނު.

02 Dec 02:47
02 Dec 02:46

'87 - ބެލްޖިއަމުން ބަދަލެއް. މުނިއޭގެ ބަދަލުގައި ކުޅެން ނުކުތީ އެޑެން ހަޒާޑް.

02 Dec 02:32
02 Dec 02:28

'67 - ކްރޮއޭޝިއާއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މޮޑްރިޗް ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައި.

02 Dec 02:26

'67 - ކޮވަސިޗްއަށް ކުރި ފައުލަކާ ގުޅިގެން ބެލްޖިއަމްގެ ޑެންޑޮންކާއަށް ރީނދޫ ކާޑެއް.

02 Dec 02:23

'64 - ކްރޮއޭޝިއާ އިން ދެ ބަދަލެއް. ކްރަމަރިޗާއި ލަވާޔާގެ ބަދަލުގައި ކުޅެން ނުކުތީ ޕަސަލިޗް އާއި ޕެޓްކޮވިޗް.

02 Dec 02:22

'62 - ބެލްޖިއަމްގެ އިތުރު ނުރައްކަލެއް. ޑި ބްރޭނާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ލުކާކޫ ބޮލުން ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

02 Dec 02:21

'60 - ބެލްޖިއަމަށް ހުސް ފުރުސަތެއް. ޑި ބްރޭނާ ދިން ބޯޅައަކުން ކަރަސްކޯ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ޔުރަނޮވިޗް ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބެލްޖިއަމް ފޯވަޑް ލުކާކޫ ފޮނުވާލި ހަމަލާ އަމާޒުވީ ކްރޮއޭޝިއާ ގޯލުގެ އަރިމަތީ ދަނޑިއަށް.

02 Dec 02:18

''58 - ބެލްޖިއަމުން ބަދަލެއް. ޓްރޮސާޑްގެ ބަދަލުގައި ކުޅެން ނުކުތީ ތޯގަން ހަޒާޑް.

02 Dec 02:14

'55 - އަނެއްކާވެސް ކްރޮއޭޝިއާއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލޫކާ މޮޑްރިޗް ފޮނުވާލި ހަމަލާ ވެސް ބެލްޖިއަމް ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައި.

02 Dec 02:13

'54 - ކްރޮއޭޝިއާގެ އިތުރު ނުރައްކަލެއް. ކޮވަސިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މާސެލޯ ބްރޮޒޮވިޗް ވަނީ މަތަކޮށްފައި.

02 Dec 02:10

'50 - ކްރޮއޭޝިއާގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން މަޓިއޯ ކޮވަސިޗް ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުވާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

02 Dec 02:08

'48 - ބެލްޖިއަމަށް ރަނގަޅު ފުރުސަތެއް. ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ލުކާކޫ ބޮލުން ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ މަތަކޮށްފައި.

02 Dec 02:06

ދެވަނަ ހާފަށް ބެލްޖިއަމުން ނުކުތީ ބަދަލަކާއެކު. މާޓެންސްގެ ބަދަލުގައި ކުޅެން ނުކުތީ ރޮމެލޫ ލުކާކޫ.

02 Dec 02:05

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

02 Dec 01:50

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗުގެ ކުރީކޮޅުގައި ނުރައްކާކޮށް ފެނުނީ ކްރޮއޭޝިއާ
  • މެޗު ފެށިގެން ގިނައިރުތަކެއް ނުވެ، ކްރޮއޭޝިއާއަށް ހުސް ފުރުސަތެއް ވެސް ލިބުނު
  • ޕެރިސިޗް ފޮނުވާލި އެ ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ
  • ޕެނަލްޓީ އޭރިއާ ތެރެއިން ފައުލުކުރުމުން ކްރޮއޭޝިއާއަށް ޕެނަލްޓީއެއް ވެސް ލިބުނު، ނަމަވެސް ފަހުން ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ނިންމީ އޭގެ ކުރިން ކްރޮއޭޝިއާގެ ލޮވްރެން އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް
  • ހާފުގެ ފަހުކޮޅުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެއް
02 Dec 01:50

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ބެލްޖިއަމް އަދި ކްރޮއޭޝިއާއަށް ވެސް ގޯލެއް ނުޖެހި އެއްވަރުވެގެން.

02 Dec 01:49

'45+2 - ކްރޮއޭޝިއާއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ޔުރަނޮވިޗް ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

02 Dec 01:45

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

02 Dec 01:44
02 Dec 01:41

'39 - މިހާރު ދެ ޓީމުގެ ފަރާތުން ފެންނަނީ ދާދި ހަމަހަމަ ކުޅުމެއް. ދެ ޓީމުން ވެސް މަސައްކަތްތަކެއް ކުރި ނަމަވެސް، ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރުމަށް އުނދަގޫތަކަކާ ކުރިމަތިވޭ.

02 Dec 01:28
02 Dec 01:25

މި ގްރޫޕުގައި ކުޅޭ އަނެއް މެޗުގައި ބައްދަލުކުރަނީ މޮރޮކޯ އާއި ކެނެޑާ. އެ މެޗުގައި މިވަގުތު 2-0 ގެ ނަތީޖާއަކުން ކުރީގައި އޮތީ މޮރޮކޯ. މިހާރު ޕޮއިންޓް ތާވަލުގައި މޮރޮކޯ އޮތީ އެއްވަނައިގައި. ދެވަނައިގައި ކްރޮއޭޝިއާ އަދި ތިންވަނައިގައި ބެލްޖިއަމް. ފުލުގައި އޮތީ ކެނެޑާ.

02 Dec 01:23
02 Dec 01:18

'18 - ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑެއް ކަމަށް. އެހެންކަމުން ކްރޮއޭޝިއާއަށް ޕެނަލްޓީ ދީފައެއް ނުވޭ. އޮފްސައިޑް މަގާމެއްގައި ހުރީ ކްރޮއޭޝިއާ ޑިފެންޑަރު ޑެޖާން ލޮވްރެން.

02 Dec 01:17

ޕެނަލްޓީ ފޮނުވާލުމުގެ ކުރިން ރެފްރީ ވީއޭއާރަށް ބަލަނީ. ރެފްރީ ވީއޭއާރުގެ އެހީ ހޯދަނީ މޮޑްރިޗް ހިލޭ ޖެހުން ނަގައިދިން އިރު، ކްރޮއޭޝިއާގެ ކުޅުންތެރިޔަކު އޮފްސައިޑް މަގާމެއްގައި ހުރިތޯ ބެލުމަށް.

02 Dec 01:16

'15 - ކްރޮއޭޝިއާއަށް ޕެނަލްޓީއެއް. އެ ޕެނަލްޓީ ދީފައިވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ކްރަމަރިޗްއަށް ބެލްޖިއަމްގެ ކަރަސްކޯ ކުރި ފައުލަކާ ގުޅިގެން.

02 Dec 01:14

'14 - ބެލްޖިއަމްގެ އިތުރު ނުރައްކަލެއް. ކެވިން ޑި ބްރޭނާ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ މާޓެންސް ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

02 Dec 01:13

މި މެޗުގައި ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ފެށީ ބެންޗުން. މިވަގުތު ކެޕްޓަންގެ ދައުރު އަދާކުރަނީ ކެވިން ޑި ބްރޭނާ.

02 Dec 01:12

'11 - ބެލްޖިއަމްގެ ނުރައްކަލެއް. ޑްރައެސް މާޓެންސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކަރަސްކޯ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ޖޮސިޕް ޔުރަނޮވިޗް ވަނީ ބްލޮކްކޮށްފައި.

02 Dec 01:01

'1 - ކްރޮއޭޝިއާ އިން ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޕެރިސިޗް ފޮނުވާލި ހަމަލާ، ބެލްޖިއަމް ގޯލާ އަމާޒުވެފައެއް ނުވޭ.

02 Dec 01:00

މެޗުގެ ކުޅުން ފަށައިފި.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގެ ފަސްވަނަ މެޗުގައި ކްރޮއޭޝިއާއާއި ބެލްޖިއަމް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަށް ނުކުންނަ އިރު، ދެޓީމަށްވެސް ޔަގީންކޮށް، ހަމަޖެހިލައިގެން ގަދަ 16 ހޯދެން އޮތީ މޮޅެއް ހޯދައިގެން. ގްރޫޕް އެފްގައި މިރޭ ބެލްޖިއަމް ނުކުންނާނީ އެޓީމުން މިދިޔަ މެޗުގައި މޮރޮކޯ އަތުންވި ބަލި ހަނދާން ނައްތާލުމަށް. ފުރަތަމަ މެޗުގައި ބެލްޖިއަމުން 1-0 އިން ކެނެޑާ ބަލިކުރި ނަމަވެސް މޮރޮކޯ ކައިރިން ބަލިވީ 2-0ގެ ނަތީޖާއަކުން.

ކްރޮއޭޝިއާއިން ގްރޫޕްގައި ފުރަތަމަ ކުޅުނު މެޗުގައި 0-0 އިން މޮރޮކޯއާ އެއްވަރުވި ނަމަވެސް ދެވަނަ މެޗުގައި ފަހަތުން އަރައި 4-1 އިން ކެނެޑާ ބަލިކުރި.

ދެޓީމުގެ ކޯޗުންގެ ބަހާއި، ހާލަތު އޮތް ގޮތް ކިޔާލުމަށް