އާލިއާ ބަޓް ވަނީ އޭނާގެ 26 ވަނަ އުފަންދުވަސް އާއިލާ އާއި ރައްޓެހިން އަދި ލޯބިވެރިޔާ ރަންބީރާ އެކު ކުލަ ގަދަކޮށް ފާހަގަ ކޮށްފައެވެ.
އާލިއާގެ އުފަންދުވަހުގެ ފޮޓޯ ތަކާއި ވީޑިއޯތައް މީސް މީޑިއާގައި ދައުރުވަމުން އަންނަ އިރު ފޭނުން އަންނަނީ އެއަށް ތައުރީފު ކުރަމުންނެވެ.
އަޑުތައް ފެތުރިފައިވާ ގޮތުގައި ރަންބީރު ވަނީ އާލިއާއަށް ވަރަށް ހާއްސަ ހަދިޔާއެއް ވެސް ދީފައެވެ. އެއީ އެމެރިކާގެ ކޮލޮރާޑާގައި ހުންނަ އެސްޕެން މައުންޓަން ސްކީ ރިސޯޓްގައި ޗުއްޓީއެކެވެ. އާލިއާގެ ފިލްމު "ކަލަންކް"ގެ ޕްރޮމޯޝަންތައް ނިމުނުހާ އަވަހަކަށް އެ ޗުއްޓީއަށް ދެތަރިން ފުރާނެ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
ކަލަންކްގައި އާލިޔާ އާއި އެކު ލީޑް ރޯލުން ވަރުން ދަވަން، އަދިތްޔަ ރޯއީ ކަޕޫރު، ސޮނާކްޝީ ސިންގް، ސަންޖޭ ދަތް އަދި މަދޫރީ ޑިކްސިޓް ފެނިގެން ދާނެއެވެ. މީގެ އިތުރުން އަޔާން މުކަރްޖީގެ ފިލްމު ބްރަހްމަސްޓްރާ ގައި ރަންބީރު އަދި އާލިއާ އަކީ ލީޑް ރޯލުން ފެނިގެން ދާނެއެވެ. އެ ފިލްމުގައި އަމީތާބް ބަޗަން އާއި ނަގަރުޖުނާ އަދި މޯނީ ރޯއީވެސް މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ.