ބޮލީވުޑް

ސްރީދޭވީގެ ބައޯޕިކް ކުޅުމަށް ވިދްޔާ ތައްޔާރު

ލެޖެންޑަރީ ބަތަލާ ސްރީދޭވީ މިދިޔަ އަހަރު ކުއްލިގޮތަކަށް މަރުވެފައިވާއިރު، އޭނާގެ ބައޯޕިކްއެއް ހެދުމުގެ ވާހަކަތައް ދެކެވޭތާ ވަނީ ދުވަސްކޮޅެއް ވެފައެވެ. ނަމަވެސް އެ ފިލްމު ހަދާނެ ކަމުގެ ރަސްމީ ބަހެއް އަދި ވަނީ ނުލިބިއެވެ.

ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ބަތަލާ ވިދްޔާ ބާލަން ވަނީ ސްރީދޭވީގެ ބައޯޕިކްގައި ސްރީދޭވީގެ ރޯލު ކުޅުމަށް އޭނާ ތައްޔާރު ކަމަށާއި، އެ ފިލްމު ވެގެން ދާނީ ސްރީދޭވީއަށް ދެވޭ ޓްރިބިއުޓެއް ކަމަށް ބުނެފަ އެވެ.

ވިދްޔާ އިތުރަށް ބުނީ ސްރީދޭވީ އަކީ ވިދްޔާގެ ދިރިއުޅުމުގައި އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށާއި، އެހެން ކަމުން އެ ފިލްމުގައި އޭނާގެ ހިއްސާ ބޮޑުވެގެން ދާނެ ކަން ޔަގީންވާ ކަމަށެވެ. އަދި އެ ފިލްމު ކުޅެން ހާއްސަކޮށް ސީދާ ސްރީދޭވީގެ ރޯލު ކުޅުމަށް ވަރަށް ބޮޑަށް ޖެހިލުން ކުޑަ ވާން ޖެހޭ ކަމަށާއި ނަމަވެސް ސްރީދޭވީއަށް ޓަކައި އެކަން ކުރުމުގެ އުފާލިބިގަންނަން ތައްޔާރަށް ހުރި ކަމަށެވެ.

މީގެ އިތުރުން ފިލްމު އިޝްގިޔާ ކުޅެން ފުރުސަތު ލިބުމުން އޭގެ ސްކްރިޕްޓް ކީ ކަމަށާއި، އަންހެނުން އެހާ މުހިއްމު ރޯލު ތަކުން ފެންނަ ސްކްރިޕްޓްތައް ފެންނަނީ ވަރަށް މަދުން ކަމަށް އޭނާ ބުންޏެވެ.

ވިދްޔާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ޓެލިނގު ފިލްމެއް ކަމަށްވާ "އެން ޓީ އާރު ކަތަނަޔަކުޑޫ" އާއި ހިންދީ ފިލްމު "މިޝަން މަންގަލް" ގައެވެ. މިޝަން މަންގަލް ރިލީސް ކުރަން ހަމަޖެހިފައި ވަނީ އޯގަސްޓް މަހުއެވެ.