ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: ނެދަލޭންޑްސް 2-0 ގަތަރު (ފުލްޓައިމް)

30 Nov 03:02

މެޗުގެ އުސްއަލިތައް:

  • ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާކޮށް ފެނުނީ ނެދަލެންޑްސް
  • މެޗުގެ ކުރީކޮޅުގައި ނެދަލެންޑްސްގެ ބްލިންޑާއި މެމްފިސް ޑިޕާއީއަށް ރަނގަޅު ފުރުސަތެއް ލިބުނު
  • ބްލިންޑް ފޮނުވާލި ހަމަލާ ގަތަރު ކީޕަރު ބާޝަމް މަތަކުރި އިރު، ޑިޕާއީގެ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ
  • ނެދަލެންޑްސްގެ ގޯލު ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯ
  • ދެވަނަ ހާފު ފެށިތާ ގިނައިރުތަކެއް ނުވަނީސް ނެދަލެންޑްސް އިން ވަނީ ލީޑު ފުޅާކޮށްފައި
  • ނެދަލެންޑްސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ފްރެންކީ ޑި ޔޮންގް
  • މެޗުގައި ގަތަރަށް ނެދަލެންޑްސްގެ ގޯލަށް ނުރައްކާކުރެވިފައެއް ނުވޭ
30 Nov 02:56

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނެދަލެންޑްސް ކުރީގައި އޮވެގެން. ނެދަލެންޑްސްއަށް ވަނީ ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ގަދަ 16 އިން ޖާގައެއް ލިބިފައި.

30 Nov 02:50

'90+2 - ނެދަލެންޑްސްގެ ނުރައްކާތެރި ހަަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ބާގްހައުސް ފޮނުވާލި ހަމަލާ އަމާޒުވީ ގަތަރު ގޯލުގެ ހުރަސްދަނޑިއަށް.

30 Nov 02:49

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

30 Nov 02:48

'88 - ގަތަރުގެ ހަމަލާއެއް. އަކްރަމް އަފީފް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޕެޑްރޯ މިގޭލް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.

30 Nov 02:47

'87 - ނެދަލެންޑްސް އިން ބަދަލެއް. ޑި ޔޮންގްގެ ބަދަލުގައި ކުޅެން ނުކުތީ ޓެއިލާ.

30 Nov 02:44

'85 - ގަތަރުން ވެސް ދެ ބަދަލު. އަބްދުލްއަޒީޒް ހާތިމް އާއި އިސްމާއިލް މުހައްމަދުގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު އަލާ އާއި މުސާބް ކިދީރް.

30 Nov 02:42

'83 - ނެދަލެންޑްސް އިން އިތުރު ދެ ބަދަލު. ގަކްޕޯގެ ބަދަލުގައި ވޫޓް ވެގްހޯސްޓް، އަދި ޑި ރޫންގެ ބަދަލުގައި ކުޅެން ނުކުތީ ޓެއުން ކޫޕްމައިނާސް.

30 Nov 02:33

'73 - ނެދަލެންޑްސްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ގަކްޕޯ ފޮނުވާލި ހަމަލާ، ގަތަރު ޑިފެންޑަރު އަބްދުލްކާރިމް ހަސަން ވަނީ ދިފާއުކޮށްފައި. އެ އަބްދުލްކާރިމް ހަސަން ފައިގައި ޖެހި ގޯލާ ދިމާއަށް ދިޔަ ބޯޅަ، ގަތަރުގެ ކީޕަރު މެޝާލް ބާޝަމް ވަނީ މަތަކޮށްފައި.

30 Nov 02:29

'68 - ކްލާސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ނެދަލެންޑްސްގެ ބާގްހައުސް، ގަތަރުގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށް. އެ ގޯލު ބަލައިގެންފައި ނުވަނީ އޭގެ ކުރިން ނެދަލެންޑްސް ގަކްޕޯގެ އަތުގައި ބޯޅަ ޖެހުމުން.

30 Nov 02:25

'66 - ނެދަލެންޑްސް އިން ދެ ބަދަލެއް. ކްލާސަން އާއި ޑިޕާއީގެ ބަދަލުގައި ކުޅެން ނުކުތީ ސްޓީވަން ބާގްހައުސް އާއި ވިންސެންޓް ޖެންސެން.

30 Nov 02:23

'65 - ގަތަރުން ތިން ބަދަލެއް. އާސިމް މަޑިބޯ އާއި އަލްމޮއެޒް އަލީ އާއި ހަސަން އަލް ހޭޑޯސްގެ ބަދަލުގައި ކުޅެން ނުކުތީ ކަރީމް ބުޑިއާފް އާއި މުހައްމަދު މުންތާރީ އަދި އަލީ އަސާދް.

30 Nov 02:09

'50 - ނެދަލެންޑްސް އިން އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފި. ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފްރެންކީ ޑި ޔޮންގް. އޭނާ އެ ގޯލު ޖެހީ ޑޭވީ ކްލާސަން ނަގައިދިން ހުރަހަކުން މެމްފިސް ޑިޕާއީ ފޮނުވާލި ހަމަލާ، ގަތަރުގެ ކީޕަރު ބާޝަމް މަތަކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ރީބައުންސް ބޯޅައިން

30 Nov 02:07

'49 - އިސްމާއިލް މުހައްމަދު ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ގަތަރު ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ނެދަލެންޑްސް ޑިފެންޑަރު ނޭތަން އަކޭ ދިފާއުކޮށްފި.

30 Nov 02:03

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

30 Nov 01:49

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާކޮށް ފެނުނީ ނެދަލެންޑްސް
  • މެޗުގެ ކުރީކޮޅުގައި ނެދަލެންޑްސްގެ ބްލިންޑާއި މެމްފިސް ޑިޕާއީއަށް ރަނގަޅު ފުރުސަތެއް ލިބުނު
  • ބްލިންޑް ފޮނުވާލި ހަމަލާ ގަތަރު ކީޕަރު ބާޝަމް މަތަކުރި އިރު، ޑިޕާއީގެ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ
  • ނެދަލެންޑްސްގެ ގޯލު ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯ
  • ގަތަރަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ
30 Nov 01:48

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނެދަލެންޑްސް ކުރީގައި އޮވެގެން.

30 Nov 01:47
30 Nov 01:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

30 Nov 01:45

'44 - ގަތަރުން އަންނަނީ ފުރުސަތުތަކެއް ތަނަވަސްކުރުމަށް މަސައްކަތްކުރަމުން. ނުރައްކާތެރި ހުރަސްތަކެއް ފެނުނު ނަމަވެސް ރަނގަޅު ފުރުސަތެއް އަދި ލިބިފައެއް ނުވޭ.

30 Nov 01:39
30 Nov 01:37
30 Nov 01:31

'29 - ގަތަރުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އިސްމާއިލް މުހައްމަދު ފޮނުވާލި ހަމަލާ އަމާޒުވީ ނެދަލެންޑްސް ކީޕަރު ނޮޕާޓްއާ ދިމާއަށް.

30 Nov 01:27

'26 - ނެދަލެންޑްސް އިން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޑޭވީ ކްލާސަން ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯ. އޭނާގެ ހަމަލާ އަމާޒުވީ ގަތަރު ގޯލުގެ ތިރީ ކަނަކަށް. އެ ގޯލަކީ މި ވޯލްޑް ކަޕްގައި އޭނާ ކާމިޔާބުކުރި ތިންވަނަ ގޯލު.

30 Nov 01:25
30 Nov 01:24

'24 - އަކްރަމް އަފީފް ނަގައިދިން ހުރަސް، ގަތަރުގެ ޕެޑްރޯ މިގޭލްއަށް ލިބުމުގެ ކުރިން ޕެނަލްޓީ އޭރިއާ ތެރެއިން ނެދަލެންޑްސް ކެޕްޓަން ވާޖިލް ވެން ޑައިކް ދިފާއުކޮށްފި.

30 Nov 01:18
30 Nov 01:16

'15 - ނެދަލެންޑްސްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ފްރޭންކީ ޑި ޔޮންގް ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ޑޭވީ ކްލާސަންގެ ފައިގައި ޖެހި ވަނީ ބްލޮކްވެފައި. އެ ބޯޅަ އަނބުރާ ލިބިފައިވަނީ ނެދަލެންޑްސް ފޯވަޑް މެމްފިސް ޑިޕާއީއަށް. ނަމަވެސް ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ، ގަތަރުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

30 Nov 01:12

'12 - ބްލިންޑް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ނެދަލެންޑްސްގެ ޑަމްފްރީސްއަށް ލިބުމުގެ ކުރިން ގަތަރުގެ ޑިފެންޑަރުން ދިފާއުކޮށްފި.

30 Nov 01:04

'4 - ނެދަލެންޑްސްއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޑެލީ ބްލިންޑް ފޮނުވާލި ހަމަލާ، ގަތަރުގެ ކީޕަރު މެޝާލް ބާޝަމް ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅައިން ބްލިންޑް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

30 Nov 01:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ނެދަލެންޑްސް އިން.

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭގެ ފަސްވަނަ މެޗުގައި ޕޯޗުގަލާއި އުރުގުއާއީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މެޗަށް ނުކުންނަ އިރު ގަތަރަށް އޮތީ ދެ މެޗުން ބަލިވެ، ގްރޫޕް ސްޓޭޖުން ކަޓާނެކަން ޔަގީންވެފައި. އަނެއްކޮޅުން ނުކުންނަ ނެދަލޭންޑްސްއަށް ކޮލިފިކޭޝަން ޔަގީންކުރަން ބޭނުންވަނީ ޕޮއިންޓެއް. ބަލިވެއްޖެނަމަ، ގަދަ 16 އަށް ދާން އޮތީ ހަނި ފުރުސަތެއް.

ނެދަލޭންޑްސްއިން ފުރަތަމަ ކުޅުނު މެޗުގައި ސެނެގާލް ބަލިކުރީ 2-0 ގެ ނަތީޖާއަކުން. ދެވަނަ މެޗުގައި އެކުއެޑޯއާ އެއްވަރުވީ 1-1 އިން. ގަތަރުން ފުރަތަމަ މެޗުގައި 2-0 އިން އެކުއެޑޯ ކައިރިން ބަލިވި އިރު، ދެވަނަ މެޗުގައި ސެނެގާލް އަތްދަށުވީ 3-1 ގެ ނަތީޖާއަކުން.

ނެދަލޭންޑްސް އާއި ގަތަރުގެ ބައެއް ތަފާސްހިސާބުތައް

  • މީގެ ކުރިން ގަތަރާއި ނެދަލޭންޑްސް އެއްވެސް މުބާރާތެއްގައި ވާދަކޮށްފައެއް ނުވޭ
  • ނެދަލޭންޑްސްއިން ވޯލްޑް ކަޕްގައި އޭޝިއާގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ހަތަރު މެޗުންވެސް ވަނީ މޮޅުވެފައި
  • މިއީ ނެދަލޭންޑްސްއިން ހޯސްޓް ގައުމަކާ ކުޅެން ޖެހޭ ހަތަރުވަނަ ފަހަރު، ކުރިން ކުުޅުނު ތިން މެޗުގެ ތެރެއިން ދެމެޗަކީ ފައިނަލްތައް
  • 1974 ވަނަ އަހަރު ފައިނަލްގައި ޖަރުމަނު އަތުން އެގައުމުގައި ބަލިވި އިރު، 1978 ވަނަ އަހަރު އާޖެންޓީނާ ކައިރިންވެސްވީ ބަލި
  • 2014 ވަނަ އަހަރު ހޯސްޓް ބްރެޒިލް ބަލިކޮށް ނެދަލޭންޑްސް ތިންވަނަ ހޯދި